Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފައިޒަރ ވެކްސިން ޖެހުން

ފައިޒަރ ވެކްސިންގެ ދެ ޑޯޒް ޖަހާތާ 12 މަސް ފަހުން 3 ވަނަ ޑޯޒް ޖަހަން ޖެހިދާނެ: ފައިޒަރ ސީއީއޯ

މިއީ އީޔޫގެ ޤައުމުތަކުންވެސް އެންމެ އަގުބޮޑުކަމަށް ފާހަގަކުރާ އެއް ވެކްސިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 އެޕްރީލު 2021 | ހޮނިހިރު 03:54
ފައިޒަރ ވެކްސިން- ފައިޒަރ ކުންފުނިން ވަނީ އެ ކުންފުނީގެ ވެކްސިން ޖެހުމުން ކޮވިޑް ޖެހުން 91 އިންސައްތައަށް ދުރުކޮށްދޭ ކަމަށް ބުނެފައި

ފައިޒަރ ވެކްސިން- ފައިޒަރ ކުންފުނިން ވަނީ އެ ކުންފުނީގެ ވެކްސިން ޖެހުމުން ކޮވިޑް ޖެހުން 91 އިންސައްތައަށް ދުރުކޮށްދޭ ކަމަށް ބުނެފައި

ފައިޒަރ ކުންފުނިން ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ އަހަރެއް ފަހުން ވެކްސިންގެ 3 ވަނަ ޑޯޒް ޖަހަން ޖެހިދާނެކަމަށް އެ ކުންފުނީގެ ސީއީއޯ ވިދާޅުވެއްޖެއެވެ.

ފައިޒަރ ކުންފުނީގެ ސީއީއޯ އަލްބަރޓް ބޯރލާ ވިދާޅުވީ، ފައިޒަރ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ 12 މަސް ފަހުން 3 ވަނަ ޑޯޒްއެއް ޖަހަން ޖެހިދާނެކަމަށާއި، އެއަށްފަހު ކޮންމެ އަހަރަކު އެއްފަހަރު ވެކްސިން ޖަހަން ޖެހުން އެކަށީގެންވާ ކަމަށެވެ. ބުރާސްފަތި ދުވަހު ސީއެންބީސީއަށް ދެއްވި އިންޓަރވިއުއެއްގައި އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލްބަރޓް ވިދާޅުވީ، އެކަމާ ގުޅޭ އިތުރު ހޯދުންތައް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމަށްފަހު އިތުރު މައުލޫމާތު ހާމަ ކުރައްވާނެކަމަށް އަލްބަރޓް ވިދާޅުވިއެވެ.

އަލްބަރޓް ވިދާޅުވީ، ކޮވިޑް-19 ގެ އެކި ވޭރިއަންޓުތައް ފެންނަމުން ދިއުމަކީ އެކަމުގެ ސަބަބަކަށްވުން އެކަށީގެންވާ ކަމަށެވެ. އޭގެ އިތުރުން، އެމެރިކާ ފަދަ ޤައުމުތަކަށް ވެކްސިން ވިއްކަނީ ބޮޑު އަގެއްގައިކަން އަލްބަރޓްވެސް ޤަބޫލު ކުރައްވައެވެ. އަލްބަރޓް ވިދާޅުވީ، މެދުމިނުގެ އާމްދަނީ ލިބޭ ޤައުމުތަކަށް ވެކްސިން ވިއްކަނީ އޭގެ ދެބައިކުޅަ އެއްބައި ހެޔޮ އަގުގައި ކަމަށެވެ. އަދި ފަޤީރު ޤައުމުތަކަށް ވެކްސިން ވިއްކާނީ އެކަށީގެންވާ ރަނގަޅު އަގެއްގައިކަން ފާހަގަ ކުރައްވައި އަލްބަރޓް ވިދާޅުވީ، ވެކްސިންގެ ސަބަބުން އެތަކެއް ފުރާނަތަކެއް ސަލާމަތްވަމުންދާ ކަމަށާއި، ފަޤީރު ޤައުމުތަކަށް ވެކްސިން ވިއްކައިގެން މަންފާ ހޯދުމަށް ނުވިސްނާ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ފައިޒަރ ވެކްސިނަކީ ޔޫރޮޕިއަން ޔޫނިއަންގެ ޤައުމުތަކުންވެސް އެންމެ އަގުބޮޑުކަމަށް ފާހަގަކުރާ އެއް ވެކްސިނެވެ. ފައިޒަރ ވެކްސިންގެ އިތުރުން މޮޑަރނާ ވެކްސިނަކީވެސް އަގުބޮޑު ވެކްސިނެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުން ބަލި ޖެހުމުން މުޅިން ރައްކާތެރިކޮށްދޭ މިންވަރު ސައިންސްވެރިން އަދިވެސް ދަނީ ދިރާސާ ކުރަމުންނެވެ. ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ފައިޒަރ ކުންފުނިން ވަނީ އެ ކުންފުނީގެ ވެކްސިން ޖެހުމުން ކޮވިޑް ޖެހުން 91 އިންސައްތައަށް ދުރުކޮށްދޭ ކަމަށް ބުނެފައެވެ. އަދި ބަލި ޖެހިގެން ޙާލަތު ބޮޑުވާ މިންވަރުވެސް 95 އިންސައްތައަށް ދަށް ކޮށްދޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް ވެކްސިން ޑޯޒް ފުރިހަމަ ކުރާތާ 6 މަސް ފަހުންވެސް ވެކްސިންގެ އަސަރު މި މިންވަރަށް ހުންނަކަން ނުވަތަ ނޫންކަން ސައިންސްވެރިން ދަނީ އިތުރަށް ބަލައި ދިރާސާ ކުރަމުންނެވެ.

ފައިޒަރކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
17 އޯގަސްޓު 2022

އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

17 އޯގަސްޓު 2022
އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު
17 އޯގަސްޓު 2022

ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

17 އޯގަސްޓު 2022
ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި
16 އޯގަސްޓު 2022

ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

16 އޯގަސްޓު 2022
ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު