Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް ވެކްސިން ޖެހުން

ގަޑި އިތުރު ކުރި ނަމަވެސް ވެކްސިން ކިއުތަކަށް ބަދަލެއް ނާދޭ

16 އެޕްރީލު 2021 | ހުކުރު 04:22

ކިއު ދިގުވުމުގެ ސަބަބުން ކިއުގައި ހުރެ، ބައެއް ފަރާތްތަކަށް ވެކްސިންޖެހުމުގެ ފުރުސަތު ވަނީ ނުލިބިފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 އެޕްރީލު 2021 | ހުކުރު 04:22
މަޖްލިސް ސަރަހައްދުގައި ވެކްސިން ޖެހުމަށް ކިއުގައި ތިބި މީހުން

މަޖްލިސް ސަރަހައްދުގައި ވެކްސިން ޖެހުމަށް ކިއުގައި ތިބި މީހުން

ވެކްސިން ޖަހަން ކިއުގައި ޖެހޭ މީހުންގެ އަދަދު އިތުރުވެ ރަމަޟާން މަހު ވެކްސިން ޖަހާ ގަޑި އިތުރު ކުރި ނަމަވެސް ކިއުތަކަށް ބަދަލު އައިސްފައި ނުވާތީ އާންމުންގެ ޝަކުވާ އިތުރުވެއްޖެއެވެ.

ކޮވިޑް-19 ވެކްސިންގެ އެއް ވަނަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހާ މީހުންގެ އަދަދު އިތުރުވެ މާލެ ސަރަހައްދުން ވެކްސިން ޖެހުމަށް ކިއުގައި ޖެހެން ޖެހޭ މީހުންގެ އަދަދު އިތުރުވުން ރޯދަ މަހު ވެކްސިން ޖަހައިދޭ ގަޑި ވަނީ ރޭގަނޑު 09:00ން 11:45ށް އިތުރުކޮށްދީފައެވެ. ނަމަވެސް މިގޮތަށް ގަޑި އިތުރުކުރުމުން ވެސް ގިނަ އިރު ކިއުގައި ހުންނަން ޖެހުމާއި، ވެކްސިން ޖެހުމަށްޓަކައި ކިއު ދިގުވުމުގެ ސަބަބުން ކިއުގައި ހުރެ، ބައެއް ފަރާތްތަކަށް ވެކްސިންޖެހުމުގެ ފުރުސަތު ވަނީ ނުލިބިފައެވެ.

Advertisement - newsAdvertisement

އެގޮތުން ގިނަ އިރުތަކެއް ވަންދެން ކޮޅަށް ހުންނަން ޖެހުމުން އެކި ފަހަރުމަތިން ވެކްސިން ޖަހަން ދިއުމަށް ފަހު އަނބުރާދާ މީހުން ވެސް އިތުރުވެފައިިވެއެވެ. މިކަމުގެ ސަބަބުން މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ ގަޑި އިތުރުކުރުމުގެ އިތުުރުން، ވެކްސިން ޖެހުން ފަސޭހާވާނެ ގޮތްތައް ހަދައިދިނުމަށް އާންމުން އަންނަނީ އެޗްޕީއޭއަށް ގޮވާލަމުންނެވެ.

ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މިހާރު އަންނަނީ ދެވަނަ ޑޯޒް ދެމުންނެވެ. މާލެ ސަރަހައްދުގައި ދެވަނަ ޑޯޒް ދެމުން އަންނަނީ، ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ، ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުންނެވެ.

ފުރަތަމަ ޑޯޒް ޓްރީޓޮޕް ހޮސްޕިޓަލުން ޖަހައިދެމުން އަންނައިރު ފުރަތަމަ ޑޯޒްގެ ގޮތުގައި މިހާރު ދެމުން އަންނަނީ ޗައިނާގެ ސިނޮފާރމް ވެކްސިނެވެ. މި ވެކްސިން ޖަހަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. ޚާއްސަ ހާލަތުގައި ފައިޒަރ ވެކްސިން ދޭން ވެސް ވަނީ ފަށާފައެވެ. ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒަރ ވެކްސިން ޖަހަން ފަށާފައިވާއިރު ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެޕޮއިންޓްމެންޓް ހަމަޖައްސައި އެކަން އަންގާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ. ރާއްޖެއަށް ލިބިފައިވަނީ ފައިޒަރ ވެކްސިންގެ މަދު ސްޓޮކެއް ކަމުން ވެކްސިން ޖެހުމަށްޓަކައި ކަނޑައެޅިފައިވާ ކެޓަގަރީތަކުގައި ހިމެނޭ މީހުން އަވަހަށް ރަޖިސްޓަރީ ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2022

ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

21 ނޮވެމްބަރު 2022
ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި
07 ނޮވެމްބަރު 2022

1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

07 ނޮވެމްބަރު 2022
1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
24 އޮކްޓޯބަރު 2022

1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

24 އޮކްޓޯބަރު 2022
1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
10 އޮކްޓޯބަރު 2022

1345 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

10 އޮކްޓޯބަރު 2022
1345 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
26 ސެޕްޓެމްބަރު 2022

1338 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ފުރިހަމަކޮށްފި

26 ސެޕްޓެމްބަރު 2022
1338 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ފުރިހަމަކޮށްފި
19 ސެޕްޓެމްބަރު 2022

ކޮވިޑް ވެކްސިން ދިނުން، އައިޖީއެމްއެޗްގެ ނަރސިންގ އޯޕީޑީއަށް ބަދަލުކޮށްފި

19 ސެޕްޓެމްބަރު 2022
ކޮވިޑް ވެކްސިން ދިނުން، އައިޖީއެމްއެޗްގެ ނަރސިންގ އޯޕީޑީއަށް ބަދަލުކޮށްފި
19 ސެޕްޓެމްބަރު 2022

1277 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި

19 ސެޕްޓެމްބަރު 2022
1277 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި
12 ސެޕްޓެމްބަރު 2022

ވެކްސިންގެ ދެ ޑޯޒް 1226 މީހުން ފުރިހަމަކޮށްފި

12 ސެޕްޓެމްބަރު 2022
ވެކްސިންގެ ދެ ޑޯޒް 1226 މީހުން ފުރިހަމަކޮށްފި
26 މާރިޗު 2022

ކޮވިޑް ވެކްސިނޭޝަން ސެޓްފިކެޓް އިންޑިޔާގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

26 މާރިޗު 2022
ކޮވިޑް ވެކްސިނޭޝަން ސެޓްފިކެޓް އިންޑިޔާގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި
10 މާރިޗު 2022

އިތުރު 646 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި

10 މާރިޗު 2022
އިތުރު 646 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް