Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހާލަންޑް ވިއްކާލަން ދެކޮޅުހެދުން

ހާލަންޑް ވިއްކާލަން ޑޯޓްމުންޑުން ބޭނުމެއް ނުވޭ: އޭޖެންޓް

މި ވަގުތު ހާލަންޑް ގަތުމުގެ ފެންވަރު ހުރީ 10 ކުލަބެއްގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 އެޕްރީލު 2021 | އަންގާރަ 12:26
ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް

ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވިއްކާލަން ބޮރޫޝިއާ ޑޯޓްމުންޑުން ބޭނުންނުވާ ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފިއެވެ.

ދާދި ފަހުން ހާލަންޑުގެ އޭޖެންޓާއި ހާލަންޑުގެ ބައްޕަ ވަނީ ސްޕެއިނަށް ދަތުރެއް ކޮށްފައެވެ. އަދި މި ދަތުރުގައި ބާސާގެ ރައީސް ޖޮއާން ލަޕޯޓާ އާއި ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއެކު އެ ދެ މީހުން ބައްދަލުކޮށް، ހާލަންޑުގެ ޓްރާންސްފާއާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކާއެކުވެސް ހާލަންޑުގެ އޭޖެންޓް މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ހާލަންޑް ގަތުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރަމުން އަންނައިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާރްބީ ސާލްޒްބާގް ދޫކޮށް، އުމުރުން 20 އަހަރުގެ ހާލަންޑް ޑޯޓްމުންޑަށް ބަދަލުވީ ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން، 20 މިލިޔަން ޔޫރޯއަށެވެ. އެހެންކަމުން ހާލަންޑުގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ހާލަންޑުގެ އޭޖެންޓް މިނޯ ރައިއޯލާ ބުނީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ހާލަންޑް ވިއްކާލަން ޑޯޓްމުންޑުން ބޭނުންނުވާކަން އެ ޓީމުގެ ސްޕޯޓިންގ ޑިރެކްޓަރު މައިކަލް ޒޯކް ހާމަކޮށްފައިވާ ކަމަށެވެ. އަދި އެ ނިންމުމަށް އިޙުތިރާމުކުރާ ކަމަށްވެސް ބުންޏެވެ. ރައިއޯލާ ބުނީ ހާލަންޑް ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރަމުން އައި ނަމަވެސް، ހާލަންޑާއި ޑޯޓްމުންޑުގެ ވެރިންނާ ދެމެދު އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށާއި، އެގޮތުން ހާލަންޑުގެ ޓްރާންސްފާއާ ގުޅޭގޮތުން އެއްވެސް ހަނގުރާމައެއް ނެތް ކަމަށެވެ.

ކުރިއަށް ހޫނު މޫސުމުގެ ޓްރާންސްފާގައި ހާލަންޑް ގަތުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރަމުން އަންނައިރު، އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލާއި، މެންޗެސްޓާ ސިޓީ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީވެސް ހިމެނެއެވެ. އަދި އޭނާއަށް ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުންވެސް އަންނަނީ ފާރަލަމުންނެވެ.

ހާލަންޑް ގަތުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރި ނަމަވެސް، ކުރިއަށް އޮތް ހޫނު މޫސުމުގައި ހާލަންޑް ވިއްކާނަމަ، އޭނާ ވިއްކަން ޑޯޓްމުންޑުން ކަނޑައަޅާފައިވާ އަގަކީ 180 މިލިޔަން ޔޫރޯ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި ދަނޑިވަޅުގައި ހާލަންޑް ގަތުމުގެ ފެންވަރު ހުރީ 10 ކުލަބެއްގައި ކަމަށާއި، އޭގެ ތެރެއިން ހަތަރު ކުލަބަކީ ޕްރިމިއާ ލީގުގެ ކުލަބުތައް ކަމަށް ރައިއޯލާ މީގެ ކުރިން ވަނީ ބުނެފައެވެ.

ޑޯޓްމުންޑާއެކު ތަފާތު މޮޅު ކުޅުމެއް ހާލަންޑް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ޑޯޓްމުންޑަށް ކުޅެދިން 52 މެޗުގައި 49 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އިޓަލީގެ ކުޅިވަރު ނޫސް "ތުއްތޮސްޕޯޓް" އިން ހޮވާ ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑް، މިދިޔަ އަހަރު ހޯދާފައެވެ.

އާލިން ބްރައުޓް ހާލަންޑްބޮރޫޝިއާ ޑޯޓްމަންޑް

އިތުރަށް ކިޔާލަން

02 ޖުލައި 2025

ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

02 ޖުލައި 2025
ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް
12 ޑިސެމްބަރު 2024

ޑޯޓްމަންޑު ބަލިކޮށް ބާސެލޯނާ ދެ ވަނައިގައި

12 ޑިސެމްބަރު 2024
ޑޯޓްމަންޑު ބަލިކޮށް ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2024

އޮގްސްބާގް އަތުން ޑޯޓްމަންޑު ބަލިވެއްޖެ

27 އޮކްޓޯބަރު 2024
އޮގްސްބާގް އަތުން ޑޯޓްމަންޑު ބަލިވެއްޖެ
27 އޮކްޓޯބަރު 2024

ހާލަންޑުގެ ލަނޑުން މޮޅުވެ ސިޓީ އެއް ވަނަ އަށް

27 އޮކްޓޯބަރު 2024
ހާލަންޑުގެ ލަނޑުން މޮޅުވެ ސިޓީ އެއް ވަނަ އަށް
23 އޮކްޓޯބަރު 2024

ފަހަތުން އަރައި ރެއާލް އިން ޑޯޓްމަންޑު ބަލިކުރިއިރު، ވިނީޝިއުސް ހެޓްރިކް ހަދައިފި

23 އޮކްޓޯބަރު 2024
ފަހަތުން އަރައި ރެއާލް އިން ޑޯޓްމަންޑު ބަލިކުރިއިރު، ވިނީޝިއުސް ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު