Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޯދަމަހު ދެވަނަ ޑޯޒް ދޭ ގަޑި

ރަމަޟާން މަހު ވެކްސިނުގެ ދެވަނަ ޑޯޒް ޖެހުން ދެ ގަޑި އިރަށް

13 އެޕްރީލު 2021 | އަންގާރަ 06:19

ދެވަނަ ޑޯޒް ޖަހައިދޭނީ ރޭގަނޑު 09:00ން ފެށިގެން 11:00ށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 އެޕްރީލު 2021 | އަންގާރަ 06:19
ރަމަޟާން މަހު ވެކްސިން ދެވަނަ ޑޯޒް ދޭނީ ރޭގަނޑު

ރަމަޟާން މަހު ވެކްސިން ދެވަނަ ޑޯޒް ދޭނީ ރޭގަނޑު

ރަމަޟާން މަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދޭނީ ރޭގަނޑު ދެ ގަޑިއިރު ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ރަމަޟާން މަހު މާލެ ސަރަހައްދުގެ ހުރިހާ ވެކްސިން ސެންޓަރަކުންވެސް ވެކްސިން ދެވަނަ ޑޯޒް ޖަހައިދޭނީ ރޭގަނޑު 09:00ން ފެށިގެން 11:00ށް ކަމަށެވެ. އަދި ފުރަތަމަ ޑޯޒް ޖަހައިދޭނީ ހަމައެކަނި ޓްރީޓޮޕް ހޮސްޕިޓަލުން ކަމަށެވެ.

Advertisement - newsAdvertisement

ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މިހާރު އަންނަނީ ދެވަނަ ޑޯޒް ދެމުންނެވެ. މާލެ ސަރަހައްދުގައި ދެވަނަ ޑޯޒް ދެމުން އަންނަނީ، ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ، ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުންނެވެ.

ފުރަތަމަ ޑޯޒްގެ ގޮތުގައި މިހާރު ދެމުން އަންނަނީ ޗައިނާގެ ސިނޮފާރމް ވެކްސިނެވެ. މި ވެކްސިން ޖަހަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. ޚާއްސަ ހާލަތުގައި ފައިޒަރ ވެކްސިން ދޭންވެސް ވަނީ ފަށާފައެވެ. ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒަރ ވެކްސިން ޖަހަން ފަށާފައިވާއިރު ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެޕޮއިންޓްމެންޓް ހަމަޖައްސައި އެކަން އަންގާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ. ރާއްޖެއަށް ލިބިފައިވަނީ ފައިޒަރ ވެކްސިންގެ މަދު ސްޓޮކެއް ކަމުން ވެކްސިން ޖެހުމަށްޓަކައި ކަނޑައެޅިފައިވާ ކެޓަގަރީތަކުގައި ހިމެނޭ މީހުން އަވަހަށް ރަޖިސްޓަރީ ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން ދިވެހިރާއްޖެއަށް ލިބިފައިވަނީ ފައިޒަރގެ 5500 ޑޯޒް ވެކްސިނެވެ. ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށްވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

ކޮވިޑް-19 ވެކްސިން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
17 އޯގަސްޓު 2022

އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

17 އޯގަސްޓު 2022
އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު
17 އޯގަސްޓު 2022

ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

17 އޯގަސްޓު 2022
ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި
16 އޯގަސްޓު 2022

ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

16 އޯގަސްޓު 2022
ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ
15 އޯގަސްޓު 2022

ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް

15 އޯގަސްޓު 2022
ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް
01 އޯގަސްޓު 2022

ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން

01 އޯގަސްޓު 2022
ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން
07 ޖުލައި 2022

އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ

07 ޖުލައި 2022
އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ
04 ޖޫން 2022

އެމެރިކާއިން ރާއްޖެއަށް 100،000އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފި

04 ޖޫން 2022
އެމެރިކާއިން ރާއްޖެއަށް 100،000އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފި
25 އެޕްރީލު 2022

ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު

25 އެޕްރީލު 2022
ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް