Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

އާދިއްތަ ދުވަހުވެސް ކޮވިޑް ނަންބަރު ހުރީ 100ން ދަށުގައި

މާލެ ސަރަހައްދުން ޕޮޒިޓިވްވީ 50 މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 އެޕްރީލު 2021 | އާދީއްތަ 18:58
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ

ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 93 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޕޮޒިޓިވްވި 93 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 50 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 21 މީހުންނެވެ. އަދި ހިނގަމުންދާ ރިސޯޓްތަކުން 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ ފާއިތުވި 24 ގަޑިއިރު 3514 ސާމްޕަލެއް ޓެސްޓްކޮށްފައިވާ ކަމަށެވެ. 93 މީހުން ކޮވިޑަށް ޕޮޒިޓިވްވިގެން ރިޕޯޓްކުރިއިރު އޭގެ ކުރީ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ 88 މީހުންނެވެ. މިއީ މިފަހުން ޖެހިޖެހިގެން ދެ ދުވަހު ކޮވިޑްގެ ނަންބަރުތައް 100ން ދަށުން ރިކޯޑްކުރަމުން އަންނަ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭހުގެ ގޮތުގައި 2990 ކޭހެއް އަންނަނީ ރިޕޯޓްކުރަމުންނެވެ. މީގެ ތެރެއިން 72 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. މިހާތަނަށް ރާއްޖެއިން 25،617 މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު 22،551 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 67 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޮވިޑްގެ ތިން ވަނަ ރާޅާއެކު ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހިގެން އާންމުގޮތެއްގައި ދުވާލަކު ރިޕޯޓްކުރަމުން އަންނަނީ 100ން މަތިންނެވެ. އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އެއަދަދު 300ށް ވެސް އަރާފައިވެއެވެ. ނަމަވެސް މިފަހުން ރާއްޖޭގައި ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއްދީފައެވެ. ލުއިތައް ދެމުން ދިޔަނަމަވެސް ކޭސްތައް ފެންނަމިންވަރު ނިސްބަތުން މަދެއް ނުވެއެވެ. ވަކިން ޚާއްސަކޮށް އަތޮޅުތެރެއިން ފެންނަ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ވެސް ހޯމަ ދުވަހު މަދު!

27 މާރިޗު 2017
ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ވެސް ހޯމަ ދުވަހު މަދު!
25 މާރިޗު 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!

25 މާރިޗު 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!
23 މާރިޗު 2017

ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

23 މާރިޗު 2017
ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ
22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު