Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ސަސް ބަލިކޮށް ވެލެންސިއާއިން ފަރަގު ކުޑަކޮށްފި

9 އެޕްރީލު 2021 | ހުކުރު 18:33

ތާވަލުގެ ދެވަނައިގައި ވެލެންސިއާ އޮތީ 21 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 އެޕްރީލު 2021 | ހުކުރު 18:33
ވެލެންސިއާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވެލެންސިއާ މޮޅުވީ 2-0 ން

ވެލެންސިއާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވެލެންސިއާ މޮޅުވީ 2-0 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ކުލަބު ވެލެންސިއާއިން ލީގުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށްފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ލަނޑެއް ޖަހަން ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވަނީ ވެލެންސިއާއިންނެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާއެއް، ސަސްގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އެކަމަކު މެޗުގެ 34 ވަނަ މިނެޓުގައި ސެންޓޭ ވަނީ ވެލެންސިއާއަށް ލީޑު ނަގައިދީފައެވެ. ސަސްގެ ގޯލްކީޕަރު ކުރިއަށް ޖެހުނު ވަގުތު ސެންޓޭ މި ލަނޑު ކާމިޔާބުކުރިއިރު، މެޗަށްފަހު ސެންޓޭ ވަނީ މި ލަނޑަކީ ހުރަސްކޮށްދޭން އުޅުމުގެ ތެރޭގައި ވަން ލަނޑެއް ކަމަށް ބުނެފައެވެ.

އޭގެ ފަހުންވެސް މި މެޗުގައި ވެލެންސިއާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގެ ފަހު ކޮޅު ލީޑު ފުޅާކުރަން ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް ވަނީ އޭރިއާ ތެރެއިން ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ސަސްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ސަސްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 75 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އެ ޓީމުގެ އަޙްމަދު އައިހަމަށް ވެލެންސިއާގެ ޑިފެންޑަރު އަކުރަމް އަބްދުލް ޣަނީ (އަކޫ) ކުރި ޓެކުލަކާ ގުޅިގެން ސަސްގެ ކުޅުންތެރިން ވަނީ ޕެނަލްޓީއަކަށް ވަރަށް ބޮޑަށް އެޕީލްކޮށްފައެވެ. އެކަމަކު އެއީ ފައުލެއް ނޫން ކަމަށް ނިންމައި، ރެފުރީ ސަސްއަށް ޕެނަލްޓީއެއް ދީފައެއް ނުވެއެވެ.

މި މެޗުގައި ވެލެންސިއާއިން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. ބޯހަސް މާޓިން ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސެންޓޭއެވެ. އަދި އިތުރު ވަގުތުގައި އޭރިއާ ބޭރުން ސެންޓޭ ފޮނުވާލި ބާރު ހަމަލާއެއް، ސަސްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ވެލެންސިއާއިން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން ކުޅުނު 11 މެޗުން ލިބުނު 25 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތްއިރު، ވެލެންސިއާ އޮތީ ތާވަލުގެ ދެވަނައިގައި 11 މެޗުން 21 ޕޮއިންޓާއެކުއެވެ. އަދި ވެލެންސިއާ އަތުން ބަލިވި ސަސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 12 މެޗުން 12 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް