Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަރބަން ފާމިންގެ މަޝްރޫއު

އަރބަން ފާމިންގެ މަޝްރޫއުގެ ތަމްރީން ޕްރޮގްރާމް ފަށައިފި

6 އެޕްރީލު 2021 | އަންގާރަ 14:23

ދަނޑުވެރިކަމާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 6 އެޕްރީލު 2021 | އަންގާރަ 14:23
ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގެ ތެރެއިން

ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގެ ތެރެއިން

އަރބަން ފާމިންގެ މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި ދަނޑުވެރިކަން ކުރުމަށް 48 މީހަކަށް ބިން ހަވާލުކުރެވި ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ.

ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަަން (އެޗްޑީސީ)އިން ބުނީ އަރބަން ފާމިންގގެ ގޮތުގައި ހުޅުމާލޭގައި ހުސްކޮށް ދޫކޮށްލައިފައިވާ ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަތަކަށް ހުޅުވާލި ފުރުސަތުގައި ހޮވާލެވުނު 48 މީހަކަށް ބިން ހަވާލުކުރެވިފައިވާ ކަމަށާއި، އަމަލީ މަސައްކަތް ފެށުމަށް ދެވޭ ޚާއްސަ ޓްރޭނިންގ ސެޝަންތައް އަންގާރަ ދުވަހު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޮންލައިން ވެބިނައަރއެއްގެ ގޮތުގައި ބޭއްވުނު މި ސެޝަންގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނައި އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އަކިކޯ ފުޖީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ސެޝަންގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހްމަދު އާތިފު ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކަށްވެސް ގަސް އިންދާ ބެލެހެއްޓުމުގައި ދިމާވާ ދަތިތަކާއި އިތުރު ގިނަ މައުލޫމާތުތައް ދަސްވެ ދަނޑުވެރިކަމުގެ ރޫހު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާވެގެން ދާނެ ކަމަށެވެ.

މީގެއިތުރުން ވެސް، މި ސެޝަންގެ ބައިވެރިންނާއި މުހާތަބުކުރައްވާ މިނިސްޓަރު ޒަހާ ވަނީ މިފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުންކޮށް ހުޅުމާލޭގައި ފެށިގެން މިދިޔަ މަޝްރޫއުއަކީ ކާމިޔާބު ނަމޫނާ މަޝްރޫއުއަކަށް ހެދުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

ޖަޕާންގެ ހިލޭ އެހީގައި ޔޫ.އެން.ޑީ.ޕީއާއި އެޗްޑީސީއާ ގުޅިގެން ހިންގާ "ކޮމިއުނިޓީ އަރބަން ފާމިންގ" މަޝްރޫއުއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި މި ފެށި ޕްރޮގްރާމްގެ އެންމެ ބޮޑު އެއްބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން، މުޖްތަމައުގައި އުޅޭ މީހުންގެ ތެރެއިން އަޅާލުން އެންމެ ބޮޑަށް ބޭނުންވާ "ނާޒުކު" ފަރާތްތަކާއި، ކޮވިޑް-19 އާލަމީވަބާގެ ސަބަބުން މާލީގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މިމަޝްރޫއު މެދުވެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުންކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މާސްޓަރ ޕްލޭނެއްގެ ދަށުން ހުޅުމާލެ ތަރައްގީ ކުރެވެމުން ދާއިރު، މީހުން ދިރިއުޅޭ ސަރަހައްދުތައް ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް ނެއިބަރހުޑްތަކުގައި ގަސް ހެއްދުމަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މިއީ އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އަރބަން ފާމިންގެ ގޮތުގައި ހުޅުމާލޭއިން ދޫކުރަން ކަނޑައަޅާފައިވާ 16 ޕްލޮޓްގައި ފުރަތަމަ ތިންމަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސްއެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ޖޫން 2017

ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފި

30 ޖޫން 2017
ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފި
18 ޖޫން 2017

މައުމޫން ފައުންޑޭޝަންގެ އިހްޔާ ޕްރޮގްރާމް ރޯދަމަހުގެ 27 ވަނަ ވިލޭރޭ ބާއްވަނީ

18 ޖޫން 2017
މައުމޫން ފައުންޑޭޝަންގެ އިހްޔާ ޕްރޮގްރާމް ރޯދަމަހުގެ 27 ވަނަ ވިލޭރޭ ބާއްވަނީ
30 މެއި 2017

އެމްޑީޕީ ސަރުކާރުން ފެށި ރުއް އާލާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔަނަމަ 1 މިލިއަން ރުއް ހުރީސް: ރައީސް ނަޝީދު

30 މެއި 2017
އެމްޑީޕީ ސަރުކާރުން ފެށި ރުއް އާލާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔަނަމަ 1 މިލިއަން ރުއް ހުރީސް: ރައީސް ނަޝީދު
30 މެއި 2017

ހީލަމާ ޕްރޮގްރާމް މިފަހަރު ވެސް ހުށަހަޅައިދޭނީ މަހްލޫފު!

30 މެއި 2017
ހީލަމާ ޕްރޮގްރާމް މިފަހަރު ވެސް ހުށަހަޅައިދޭނީ މަހްލޫފު!
29 މެއި 2017

މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރޮގްރާމް މިއަހަރު ނުބާއްވާނެ

29 މެއި 2017
މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރޮގްރާމް މިއަހަރު ނުބާއްވާނެ
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް