Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑްގެ ހާލަތަށް ލުއިދިނުން

ފިޔަވަޅުތަކަށް ލުއިދޭތީ ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

މާލެ ސަރަހައްދުގައި ރޭގަނޑު ހިންގާ ކާފިއު ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 އެޕްރީލު 2021 | ހޮނިހިރު 02:02
ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުން ގެންދާތީ އެކަމުގެ ކަންބޮޑުވުން ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމް ފާޅުކުރައްވައިފިއެވެ.

ކަންބޮޑުވުން ފާޅުކުރައްވާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ ކަންބޮޑުވާ މިންވަރަށްކަމަށެވެ. އެހެންކަމުން މާބޮޑަށް ލަސްނުވަނީސް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާކަމަށް ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

އެޗްޕީއޭ ޓެގް ކުރައްވައި، މައުމޫން ޓުވީޓްކުރެއްވިއިރު މައުމޫން ވަނީ މީގެކުރިން ވެސް އެކި ފަހަރުމަތިން އެ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަވާފައެވެ.

ރައީސް މައުމޫން މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންނަނީ ލުއިތައް ދެމުންނެވެ. އެގޮތުން މީގެ ދެމަހެއްހާ ކުރިން ހިންގަމުން އައި ކާފިއު އުވާލާ ގިނަ ފިޔަވަޅުތަކަށް ލުއިތައް ދީފައިވާކަން އެޗްޕީއޭއިން ވަނީ ބުރާސްފަތި ދުވަހު ހާމަކޮށްފައެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް، ޖިމްތަކާއި ކަސްރަތު ކްލާސްތަކުގެ އިތުރަށް ދުވާ ޓްރެކްތައް ވެސް ހުޅުވާލަން ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ސްކޫލްތަކާއި ޔުނިވަރސިޓީ ކޮލެޖުތަކުގައި ވެސް ކަމާ ބެހޭ މިނިސްޓްރީތަކުން ކަނޑައަޅާފައިވާ ވަކި އުސޫލެއްގެ ދަށުން ދަރިވަރުން ކްލާހަށް ހާޒިރުކޮށް ކިޔަވައިދެވޭ ގޮތަށް ހުޅުވާލާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ވެސް ކަމާ ބެހޭ އިދާރާއަކުން ކަނޑައަޅާ އުސޫލުގެ މަތިން ހިދުމަތް ދެވޭ ގޮތަށް ހުޅުވޭނެ ކަމަށާއި ޑޭކެއާ ސެންޓަރުތައް ވެސް ހުޅުވާ ހިދުމަތް ދެވޭނެ ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން ޖަމާއަތުގައި ނަމާދުކުރާއިރު ގައިދުރުކަން ގެންގުޅުމަށް ކުރިން އެންގި އެންގުންވެސް މިހާރު ވަނީ އުވާލާފައެވެ.

ބޮޑެތި ލުއިތަކެއް ދިން ނަމަވެސް އެއް ފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން އެއް ތަނަކަށް އެއްވެ އުޅުމާއި، އެކަނި ކުރާ ކަސްރަތު ފިޔަވައި ކުޅިވަރުގެ ހަރަކާތްތައް ވެސް ނުބޭއްވޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ޕާޓީތަކާއި، ހަފްލާތައް ބޭއްވުން އަދިވެސް މަނާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ޒަރޫރީ ބޭނުންތަކުގައި ދަތުރުކުރުމުގައި 72 ގަޑިއިރުގެ ނެގެޓިވް ޕީސީއާރު ޓެސްޓް އޮތުމާއި ޓޫރިސްޓުން ފިޔަވައި ރާއްޖެ އިން ބޭރުން އަންނަ މީހުން 10 ދުވަހަށް ކަރަންޓީން ވާން އަދިވެސް ޖެހޭނެ އެވެ.

ފިޔަވަޅުތަކަށް ލުއިތައް ދެމުން އައި ނަމަވެސް ރާއްޖެއިން ފެންނަ ކޮވިޑްގެ ކޭސްތަކުގެ އަދަދު މަދެއްނުވެއެވެ. އެގޮތުން ބުރާސްފަތި ދުވަހު ވަނީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް އެއް ދުވަހާ ކޮވިޑް ޖެހިގެން ރިކޯޑް އަދަދެއް ގާއިމުކޮށްފައެވެ. އެއީ 300 މީހުންނެވެ. މާލޭގެ އިތުރުން އަތޮޅުތަކުން ފެންނަ ކޭސްތަކުގެ އަދަދު މިފަހުން އަންނަނީ ރިކޯޑް މިންވަރަކަށް އިތުރުވަމުންނެވެ.

ފާއިތުވި ހަތް ދުވަހު ކޮވިޑް ކޭސްތައް ރާއްޖޭގައި ރިޕޯޓްކުރަމުން އައި ގޮތަށް ބަލާއިރު މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުކަމުގައިވާ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ޖެހިގެން ރިޕޯޓްކުރީ 166 މީހުންނެވެ. އޭގެތެރެއިން މާލެއިން ޕޮޒިޓިވްވެފައިވަނީ 91 މީހުންނެވެ. އަތޮޅުތަކުން 52 މީހުން އެދުވަހު ޕޮޒިޓިވްވެގެން ރިޕޯޓްކުރިއެވެ.

މާޗް މަހުގެ 28 ވީ އާދިއްތަ ދުވަހު 121 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އޭގެތެރެއިން 49 މީހުން މާލެއިން ޕޮޒިޓިވްވިއިރު 46 މީހުންނަކީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ. މަރޗް މަހުގެ 29 ވަނަ ދުވަހު 147 މީހަކު ޕޮޒިޓިވްވިއިރު 65 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އެދުވަހު އަތޮޅުތެރެއިން ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ 69 މީހުންނެވެ. މަރޗް މަހުގެ 30 ވަނަ ދުވަހު 167 މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރިއެވެ. އޭގެތެރެއިން 86 މީހުން މާލެއިން ޕޮޒިޓިވްވިއިރު އަތޮޅުތަކުން ޕޮޒިޓިވްވީ 59 މީހުންނެވެ. މަރޗް މަހުގެ 31 ވަނަ ދުވަހު 241 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު އެދުވަހު މާލެއިން ޕޮޒިޓިވްވީ 73 މީހުންނެވެ. އަތޮޅުތެރެއިން 74 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭޕްރީލް މަހުގެ 1 ވަނަ ދުވަހު 300 މީހުން ޕޮޒިޓިވްވިއިރު މާލެއިން ޕޮޒިޓިވްވެފައިވަނީ 94 މީހުންނެވެ. އަތޮޅު ތެރެއިން 96 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ޖެނުއަރީ މަހުގެ 24ން ފެށިގެން ކޮވިޑްގެ ކޭސްތައް ދުވާލަކު ފެންނަ މިންވަރު 100ން ދަށުގައި ހުރީ މަދު ދުވަހެއްގައެވެ. މިއީ ކޮވިޑްގެ އެންމެ ނުރައްކާތެރި ރާޅުކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެކަމާއި ގުޅިގެން މާލެ ސަރަހައްދުގައި މިފަހަކާ ޖެހެންދެންވެސް އައީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

ބަލިފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ކުއްލި ގޮތަކަށް ލުއިތައް ދެމުންދާތީ އާންމުންގެ ތެރެއިންވެސް ބައެއް މީހުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮވިޑް-19ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު