Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެވަނަ ޑޯޒްގެ ވެކްސިންޖެހުން

ދެވަނަ ޑޯޒް ފުރަތަމަ ދޭނީ ފެބްރުއަރީ އެކަކުން ހަތަރަކަށް ވެކްސިން ޖެހި މީހުންނަށް

ދެވަނަ ޑޯޒް ދިނުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝެނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2021 | ހުކުރު 13:44
އައްޑޫ ސިޓީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން

އައްޑޫ ސިޓީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން

ދެވަނަ ޑޯޒް އެންމެ ފުރަތަމަ ޖަހާނީ ފެބްރުއަރީ 1 އާއި 4 ދެމެދު ވެކްސިން ޖެހި މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފަށާފައިވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. ވެކްސިންގެ ދެވަނަ ޑޯޒް ދިނުމުގެ ކަންކަމާއި ގުޅޭގޮތުން އެޗްޕީއޭއިން ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ހޮނިހިރު ދުވަހު ފަށާއިރު، ދެވަނަ ޑޯޒް ދެނީ ފެބްރުއަރީ 4-1 އާއި ދެމެދު ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ކަމަށެވެ. ދެވަނަ ޑޯޒް ދިނުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝެނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން އަންނައިރު ވެކްސިން ކާޑާއެކު އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑު ގެންނަން ވާނެކަމަށް ބުނެފައެވެ.

އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާނެ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާރސަން މަބްރޫކް އަބްދުލްއަޒީޒް މާރޗް 31 ވަނަ ދުވަހު ވަނީ ހާމަކުރައްވާފައެވެ. ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، އެޕްރީލް މަހުގެ 3 ވަނަ ދުވަހު ދެވަނަ ޑޯޒް ޖަހަންފަށާ، މެއި މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދެވަނަ ޑޯޒް ޖެހުމަށްފަހު ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ ކަމަށާއި ބައިނަލްއަގްވާމީ ގޮތުން ވެސް އެކަން އެގޮތަށް ހިނގާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ވެސް އަތޮޅުތެރެއަށް ދަތުރުކުރެވޭނެ ގޮތް ހެދިގެންދާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް ވަކި ތާރީޚެއް އަދި ދެންނެވެން ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިކަމުގެ މަޝްވަރާތައް ސަރުކާރުގެ ތެރޭގައި މިހާރުވެސް ކުރެވެމުންދާކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ.

ކޮވިޑް-19 ވެކްސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

17 އޯގަސްޓު 2022
ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

17 އޯގަސްޓު 2022
ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

16 އޯގަސްޓު 2022

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު