Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތަފާސްހިސާބު

މާރޗް މަހު އެއްމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިން

2 އެޕްރީލު 2021 | ހުކުރު 04:53

ދެވަނައަށް އެއްމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 2 އެޕްރީލު 2021 | ހުކުރު 04:53
އެއް ލައްކަވަނަ ފަތުރުވެރިޔާ ރާއްޖެއައުން

އެއް ލައްކަވަނަ ފަތުރުވެރިޔާ ރާއްޖެއައުން

މާރޗް މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފއިވަނީ އިންޑިއާއިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ މާރޗް މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާއިން 25،690 ( ފަންސަވީސްހާސް ހަސަތޭކަ ނުވަދިހަ) ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ. ދެވަނައަށް އެއްމެ ގިނަފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެއީ، 22،826 ( ބާވީސްހާސް އަށްސަތޭކަ ސައްބީސް) ފަތުރުވެރިންނެވެ.

Advertisement - newsAdvertisement

މާރޗް މަހު ޖުމުލަ 109،585 (އެއްލައްކަ ނުވަހާސް ފައްސަތޭކަ އައްޑިހަ ފަހެއް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަށްކުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ 13 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މިހާރު ދުވާލަކު ގާތްގަނޑަކަށް 3،535 ( ތިންހާސް ފައްސަތޭކަ ތިރީސް ފަސް) ފަތުރުވެރިންނެވެ.

ޖެނުއަރީ މަހު ރާއްޖެ އައިސްފައި ވަނީ 92,103 ފަތުުރުވެރިންނެވެ. އަދި ފެބްރުއަރީ މަހު ރާއްޖެ އައިސްފައި ވަނީ 96,882 ފަތުރުވެރިންނެވެ.

ރާއްޖޭގެ 692 ޓޫރިސްޓު ފެސިލިޓީއެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 46,011 އެނދު ދަނީ މިހާރު އޮޕަރޭޓްކުރަމުންނެވެ.

އެގޮތުން މިހާތަނަށް 150 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 34,656 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 11 ހޮޓަލެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ހޮޓާތަކުގައި މިވަގުތު އޮޕަރޭޓްކުރަމުން ދަނީ 1,458 އެނދެވެ. އަދި 137 ސަފާރީއެއްގައި 2,699 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ 18 އަތޮޅެއްގެ 57 ރަށެއްގައި މިހާރު 394 ގެސްޓް ހައުސް ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ގެސްޓް ހައުސްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިވަގުތު އޮޕަރޭޓްކުރަމުންދަނީ 7,198 އެނދެވެ.

ފާއިތުވި އަހަރުގެ މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމުގެ ހުއްދަ ލިބިގެންދިޔައީ ހަމަ އެކަނި ރިސޯޓްތަކަށާއި ސަފާރީތަކަށެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ފުރުސަތު 2020ގެ އޮކްޓޫބަރ 15 ވަނަ ދުވަހު ދީފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާފައިވަނީ އެއަހަރުގެ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު ނަމަވެސް 2020 ވަނަ އަހަރު ވެގެން ގޮސްފައި ވަނީ ބައިނަލްއަގްވާމީ މަޝްރަހުގައި ރާއްޖޭގެ ކާމިޔާބު އަހަރަކަށެވެ. އެގޮތުން އަހަރު ނިމުނުއިރު ރާއްޖެއަށް 555,494 ފަތުރުވެރިން އައިސްފައިވާއިރު، ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމަށްވާ ވޯލްޑް ޓްރެވަލްސް އެވޯޑްގެ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. 

ޓޫރިޒަމް މިނިސްޓްރީފަތުރުވެނިން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
13 މެއި 2024

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
06 މެއި 2024

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
29 ޑިސެމްބަރު 2023

ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު

29 ޑިސެމްބަރު 2023
ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
05 ޑިސެމްބަރު 2023

ފަތުރުވެރިކަން: ޓާގެޓު ހާސިލްކުރުމަށް ބާކީ ބޭނުންވަނީ ދެ ލައްކަ ފަތުރުވެރިން

05 ޑިސެމްބަރު 2023
ފަތުރުވެރިކަން: ޓާގެޓު ހާސިލްކުރުމަށް ބާކީ ބޭނުންވަނީ ދެ ލައްކަ ފަތުރުވެރިން
02 ޑިސެމްބަރު 2023

އިގްތިސާދަށް ކުރިއެރުމެއް ނުލިބި، އިގްތިސާދީ ކުރިއެރުން 4 ޕަސެންޓަށް ސޮއްސާލައިފި

02 ޑިސެމްބަރު 2023
އިގްތިސާދަށް ކުރިއެރުމެއް ނުލިބި، އިގްތިސާދީ ކުރިއެރުން 4 ޕަސެންޓަށް ސޮއްސާލައިފި
30 ނޮވެމްބަރު 2023

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު %13 އިތުރުވެއްޖެ

30 ނޮވެމްބަރު 2023
ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު %13 އިތުރުވެއްޖެ
20 ނޮވެމްބަރު 2023

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް