Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމް އިތުރަށް ހަރުދަނާކުރުން

ވީއޭއެމުގެ އައު ރައީސްގެ އަމާޒު ތިން ކަމަކަށް

އަތޮޅުތެރެއަށް ވޮލީބޯޅަ ފުޅާކުރަން މަސައްކަތްކުރުން ހިމެނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 އެޕްރީލު 2021 | ބުރާސްފަތި 14:34
ވީއޭއެމުގެ އައު ރައީސަކަށް އިންތިޚާބުވި މުޙައްމަދު ރަނޭޝް (ރަނޭ)

ވީއޭއެމުގެ އައު ރައީސަކަށް އިންތިޚާބުވި މުޙައްމަދު ރަނޭޝް (ރަނޭ)

ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް ތިން ކަމެއް ކުރުމަށް އަމާޒުހިފާފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސްގެ މަޤާމަށް އިންތިޚާބުވި މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ.

މައްސަލަ ގަނޑެއްގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ވީއޭއެމުގެ އިންތިޚާބު ބުރާސްފަތި ދުވަހު ބޭއްވިއިރު، މި އިންތިޚާބު ރަނޭ ކާމިޔާބުކުރެއްވީ ހަ ކުލަބުގެ ތާއީދާއެކުއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ނުވަ ކުލަބަކަށް ލިބުނު ނަމަވެސް، ވޯޓުލުން ފެށުމުގެ ކުރިން ރައީސްގެ މަޤާމަށް ދެން ވާދަކުރެއްވި އިލްޔާސް ވަހީދު (އިއްލަ) އާއެކު ތިން ކުލަބަކުން ވަނީ ކޮންގްރެސް ދޫކޮށް ނުކުމެފައެވެ. އެހެންކަމުން އިންތިޚާބުގައި އިއްލައަށް ވޯޓެއް ލިބިފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރަނޭ ވިދާޅުވީ ވީއޭއެމާ ހަވާލުވީ ވޮލީބޯޅަ އިތުރަށް ހަރުދަނާކުރުމަށް ތިން ކަމެއް ކުރުމަށް އަމާޒުހިފައިގެން ކަމަށެވެ. އެގޮތުން އެ ތިން ކަމަކީ ވީއޭއެމުގެ ހިންގުމުގައި ހުރި މައްސަލަތައް ޙައްލުކުރުމާއި، ޤައުމީ ވޮލީބޯޅަ ޓީމުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން އަތޮޅުތެރެއަށް ވޮލީބޯޅަ ފުޅާކުރުން ކަމަށެވެ.

ރަނޭ ވިދާޅުވީ އަތޮޅުތެރެއަށް ވޮލީބޯޅަ ފުޅާކުރުން ވިސްނާއިރު، މިހާރުވެސް ޤައުމީ ޓީމުގައި ގިނައީ އަތޮޅުތެރޭގެ ކުޅުންތެރިން ކަމަށާއި، ދިމާވާ ދަތިތަކަކީ އަތޮޅުތަކުގައި ވޮލީބޯޅައިގެ ވަޞީލަތްތައް ނެތުން ކަމަށެވެ. އެހެންކަމުން ކުޅިވަރާ ބެހޭ ވުޒާރާއެކު މަސައްކަތްކޮށް، އަތޮޅުތަކުގައި ގިނަ ކޯޓުތަކެއް އެޅުމަކީ އެއް އަމާޒުކަމަށްވެސް ވިދާޅުވިއެވެ.

އަދި ވީއޭއެމުގެ ހިންގުމުގައި ހުރި މައްސަލަތައް ޙައްލުކުރަން ޖެހޭއިރު، އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުވެސް އިޞްލާޙުކުރަން ޖެހޭ ކަމަށާއި، އަދި އެކަންކަން ކުރާނީ ކުލަބުތަކުގެ މަޝްވަރާގެ ދަށުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ވީއޭއެމުގެ އައު ހިންގާ ކޮމިޓީން އެންމެ އިސްކަމެއްދޭނީ ކުލަބުތަކާއެކު މަސައްކަތްކުރުމަށް ކަމަށްވެސް ރަނޭ ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް ވީއޭއެމުގެ ރައީސްގެ މަޤާމަށް ރަނޭ އިންތިޚާބުވެވަޑައިގެންނެވިއިރު، މީގެ ކުރިން 2016 ވަނަ އަހަރު ބޭއްވި ވީއޭއެމުގެ އިންތިޚާބުގައި ރައީސަކަށް އިންތިޚާބުވެވަޑައިގަތް މުޙައްމަދު ލަތީފުގެ ޓީމުގައިވެސް ރަނޭ ހިމެނުނެވެ. އެގޮތުން އެ ފަހަރު ރަނޭ އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ޚަޒާންދާރެއްގެ ގޮތުގައެވެ. އެކަމަކު ފަހުން ސީނިއާ ނައިބު ރައީސަކަށް ރަނޭ ހަމަޖެއްސި ނަމަވެސް، 2018 ވަނަ އަހަރު ރަނޭ ވަނީ އިސްތިއުފާދެއްވާފައެވެ.

ގިނަ ދުވަސްތަކަކަށްފަހު ވީއޭއެމުގެ އިންތިޚާބު ބޭއްވި، ވޮލީބޯޅައިގެ އުއްމީދުތައް އާވެގެންދިޔައިރު، 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވޮލީއަށް އެކި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ވީއޭއެމުގެ މައްސަލަ ގޯސްވީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ވީއޭއެމުގެ އޭރުގެ އިންތިޚާބީ ހިންގާ ކޮމިޓީ އުވާލައި، ނޯމަލައިޒިން ކޮމިޓީއާ އެ އެސޯސިއޭޝަން ހިންގުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ) ހަވާލުކުރި ހިސާބުންނެނެވެ. އޭގެ ފަހުން ނޯމަލައިޒިން ކޮމިޓީއަކުން ވީއޭއެމް ހިންގި ނަމަވެސް، ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުޢިއްޔާ (އެފްއައިވީބީ) އިން މީގެ ކުރިން ވަނީ އެ ކޮމިޓީ ބަލައިނުގަންނަން ނިންމާފައެވެ. އެއާއެކު ވީއޭއެމުގެ މައްސަލަ ނިންމާފައިވަނީ އެފްއައިވީބީ އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ އުފެއްދި "އެޑްހޮކް ކޮމިޝަން" އިންނެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)މުޙައްމަދު ރަނޭޝް (ރަނޭ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު