Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖިނާއީ މައްސަލަތައް

އެއްކުށަކަށް ދެ އަދަބު ދެވިދާނެތަ؟

އެއްކުށަކަށް ދެ އަދަބު ނުދެވޭނެ ގާނޫނީ ހަަމައެއް ނެތް

މުހައްްމަދު ނިޝާން އިބްރާހިމް
މުހައްްމަދު ނިޝާން އިބްރާހިމް, ރާއްޖެ އެމްވީ | 1 އެޕްރީލު 2021 | ބުރާސްފަތި 11:20
ޑްރަގް ކޯޓް

ޑްރަގް ކޯޓް

ވަރަށް ގިނަ ބަޔަކު އެކިއެކި ތަންތަނުގައި ދައްކަމުން އަންނަ ވާހަކައަކީ އެއްކުށަކަށް ދެ އަދަބު ނުދެވޭނެ ވާހަކަ އާއި ދައުލަތުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން އެއްކުށަކަށް ދެ އަދަބު ދެމުން އަންނަ ވާހަކައެވެ.

އަދަބަކީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނެއްގައި ކުރުމަށް އަމުރުވެވިގެންވާ ކަމެއް ނުކޮށް ދޫކޮށްލުމުން ނުވަތަ ނުކުރުމަށް އަމުރުވެވިފައިވާ ކަމެއް ކުރުމުން އެކަމުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އެމީހަކު އިސްލާހުވުމަށް ނުވަތަ އެފަދަ ކަމެއް ތަކުރާރުކުރުމުގެ ދޮރު ބަންދުކުރުމުގެ މަގުސަދުގައި ދެވޭ އެއްޗެކެވެ.

މިގޮތަށް މީހަކަށް އަދަބެއް ދިނުމުން، މުޖުތަމައުގައި ދިރިއުޅޭ އެހެން މީހުންވެސް އެކަމުން އިބުރަތް ހާސިލުކުރުމަށް ދެވޭ އެއްޗެއް ގޮތުގައި އަދަބު ވެގެން ދެއެވެ. އަދަބުގެ ތަފާތު ވައްތަރުތައް ހުރެއެވެ. ދިވެހިރާއްޖޭގައި ދެވޭ އަދަބުތައް ގާނޫނުލްއުގޫބާތުގައި ވަރަށް ސާފުކޮށް ލިޔެފައިވެއެވެ. އެގޮތުން އެގާނޫނުގެ 1005 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ އަދަބުތަކުގެ ތާވަލެއް ތިރީގައި ހިމަނާލާނަމެވެ. މިއިން ކޮންމެ އަދަބެއް ދިނުމުގެ އިޚުތިޔާރުވެސް ފަނޑިޔާރަށް ލިބިފައިވެއެވެ.

އެއްކުށަކަށް ދެ އަދަބު ނުދެވޭނެކަމަށް ބަޔާންވެގެންވާ އެއްވެސް ގާނޫނެއް މިރާއްޖޭގައި ނެތްކަން ފާހަގަކުރަމެވެ. އެހެންނަމަވެސް އެކަމާއި ގުޅިގެން މީހުންގެ ހިތްތަކުގައި ސުވާލު އުފެދިފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) ގައި ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ހުކުމްކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެކުށުގެ ނުވަތަ އެކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެ މީހެއްގެ މައްޗަށް ނުއުފުލޭނެކަމަށާއި، ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެ މީހެއްގެ މައްޗަށް ނުފުލޭނެކަމަށް އޮވެފައި،

މި މާއްދާގެ އަރިމަތީ ސުރުޚީގައި ''އެއްކުށަކަށް ދެ ފަހަރަށް އަދަބު ދިނުން'' މިހެން އޮތުމުންނެވެ. މިއީ އެއްކުށަކަށް ދެ އަދަބު ނުދެވޭނެ ސަބަބެއް ނޫނެވެ. އެއްކުށަކަށް ދެ އަދަބު ދިނުމާއި އެއްކުށަކަށް ދެ ފަހަރަށް އަދަބު ދިނުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. އެހެންކަމުން މި ރާއްޖޭގައި އެއްކުށައް ދެ އަދަބު ދިނުން ގާނޫނު މަނާނުކުރެއެވެ. ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ކުރި ދައުވާގައިވެސް ޖަލު ހުކުމަކާއިއެކު ޖޫރިމަނާއެއް އައިސްފައިވެއެވެ. އަދި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައިވެސް މަސްތުވާތަކެތި ޓްރެފިކުކުރާ މީހުންނާއި ޕެޑެލްކުރާ މީހުންނަށް ޖަލު ހުކުމާއިއެކު ޖޫރިމަނާގެ އަދަބުތައް ގާނޫނުގައި ލިޔެފައިވާކަން ފާހަގަކުރަމެވެ.

އަދިވެސް އެހެން ގާނޫނުތަކުގައި އެގޮތަށް އަދަބު ދެވޭނެކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ދިވެހިންގެ ތެރެއިން ގިނަބަޔަކަށް އެކަން ގޯސްކޮށް މާނަކުރެވޭކަމަށް ގަބޫލުކުރެވެނީ މަތީގައި ބަޔާންވެގެންވާ އަރިމަތީ ސުރުޚީގައި އެހެން އޮތުމުން އެކަމުގައި އަރާފައިވާ އޮޅުމެއްގެ ތެރެއިން ކަމަށް ދެކެމެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ގާނޫނުއަސާސީގެ އަރިމަތީ ސުރުޚީތަކަކީ ގާނޫނުގެ ބައެއް ނޫނެވެ. އެކަން ގާނޫނުއަސާސީގެ 273 ވަނަ މާއްދާއިންވެސް ޔަގީންކޮށްދެއެވެ. އެމާއްދާގައި ބަޔާންވެގެންވެއެވެ. މި ގާނޫނުއަސާސީގައި ހިމަނާފައިވާ އެއްވެސް ސުރުޚީއަކީ އަދި އަރިމަތީ ސުރުޚީއަކީ އަދި ފިހުރިސްތަކީ ގާނޫނުއަސާސީގެ ބައެއް ނޫނެވެ. މިގޮތަށް ހިމަނާފައިވަނީ ހަވާލާދިނުމަށް ފަސޭހަކަށެވެ. ދިވެހިރާއްޖޭގައި އެއްކުށަކަށް ދެ އަދަބު ދިނުމަކީ ގާނޫނީ ރޫހުގެ ތެރެއިން ކުރެވޭނެކަމެކެވެ. އަދި އިސްލާމީ ޝަރީއަތުގައި ވެސް މަނާވެފައިވާ ކަމެއް ނޫނެވެ.

ކްރިމިނަލް ކޯޓްހައި ކޯޓުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުމަސްތުވާތަކެތިރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު