Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެންޓިލޭޓަރ މައްސަލަ

ވެންޓިލޭޓަރު މައްސަލަ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ހުށަހަޅަނީ

ރައްޔިތުންނަށް ދިމާވި އެންމެ ނާޒުކު ޙާލަތުގައި މިފަދަ ކަމެއް ހިނގުމަކީ ހިތާމަކުރައްވާ ކަމެއްކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 31 މާރިޗު 2021 | ބުދަ 10:45
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް

ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތައް ގަތުމަށް ހޭދަކުރި ފައިސާ ހޯދުމަށް އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ހުށަހަޅަން ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި މައްސަލައަކީ މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. އެގޮތުން ރައްޔިތުންނަށް ދިމާވި އެންމެ ނާޒުކު ޙާލަތުގައި މިފަދަ ކަމެއް ހިނގުމަކީ ހިތާމަކުރައްވާ ކަމެއްކަމަށް ވިދާޅުވިއެވެ. ސަރުކާރުން ފިނޭންސް މިނިސްޓްރީއާއެކު ވެންޓިލޭޓަރުގެ ކަންކަން ހިނގި ގޮތް ކިޔާދެމުން އައިކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އޭރު ކުރި މަސައްކަތުން އެކި ޓައިމްލައިންތައް އެކުލަވާލިކަމުގައިވިޔަސް ނަތީޖާއެއް ލިބިފައިނުވާކަމަށެވެ. މި ސަބަބަށްޓަކައި އެޓާނީ ޖެނެރަލް ޖެނެރަލް މިހާރު ދަނީ އާބިޓްރޭޝަންއަށް މައްސަލަ ހުށަހެޅުމަށް މަސައްކަތް ކުރަމުންކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ޓްރޭޑް ލޯގެ ދަށުން އާބިޓްރޭޝަން ހިންގާނީ ރާއްޖޭގައި ކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލައަށް އައްޔަންކުރާނީ އިންޓަނޭޝަނަލް އާބިޓްރޭޓަރެއް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވަނީ މި މައްސަލައިގައި ވެންޓިލޭޓަރު ގަތުމަށް ހޭދަކުރި ފައިސާ ރާއްޖެއަށް ލިބޭނެކަމުގެ އުންމީދުކުރައްވާކަމަށެވެ. އަދި މިގޮތައް ކަންތައް ވެއްޖެނަމަ ފައިސާ ހޯދުމަށް ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުން މަދަދުވެރިވެދޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެގްޒެކިއުޓިވް ޓްރޭޑާސް ކުންފުންޏަކީ ޔޫއޭއީގެ ކުންފުންޏަކަށް ވާއިރު، ރާއްޖެއާއި ޔޫއޭއީއަކީ ނިއުޔޯކް ޓްރީޓީގެ ބައިވެރިންކަމުގައި ވުމުން މި މުއާހަދާއިންވެސް މަދަދުވެރިވެދޭނެކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ޖިނާއީ ތަޙުޤީޤް ދޭސީއަކަށް ބިދޭސީއަކަށް ބެލުމެއްނެތި ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް އޮތްތޯބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި ފުލުހުންނަށް އިސްވެ އެންގީ ސީދާ ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ވެންޓިލޭޓަރު މައްސަލާގައި ރައީސް އޮފީހުން ހޮނިހިރު ދުވަހުގެ ރޭ ވަނީ ނޫސްބަޔާނެއް ނެރުއްވާފައެވެ. މިނޫސްބަޔާނުގައި ވަނީ ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާކަމަށް ޞިއްޙީ މާހިރުން ލަފާދެއްވި ވެންޓިލޭޓަރތައް އަވަހަށް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ކުރިއަށްގެންދިޔަ މުޢާމަލާތްތަކާއި ގުޅޭގޮތުން "ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް- މިނިސްޓްރީ އޮފް ހެލްތް"ގެ ނަމުގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓް ގައި ބައެއް ކަންކަން ފާހަގަ ކުރައްވާފައިވާކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ ޢަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ އޭސީސީއަށާއި، ފުލުހުންނަށް އެމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް ސީދާ ސަރުކާރުން އަންގަވާފައިވާނެކަމަށެވެ.

އެގޮތުން، މިމައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ ބެއްލެވީ، ޤާނޫނު އަސާސީއިން އެކަން މަތިކޮށްފައިވާ މުސްތަޤިއްލު ކޮމިޝަން، "އެންޓި-ކޮރަޕްޝަން ކޮމިޝަން"އިންކަން ރައީސް އޮފީހުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެމުއައްސަސާއިން ކުރެއްވި ތަޙްޤީޤަށް ބޭނުންވި އެންމެހައި މަޢުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާފައިވާނެކަމަށްވެސް އެބަޔާނުގައި ވެއެވެ. އަދި ތަޙްޤީޤް ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއި އެކު މައްސަލަ ތަޙްޤީޤް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެމައްސަލައިގައި ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުވައްޒަފުން، ތަޙްޤީޤް ނިމެންދެން މަސައްކަތުން އެކަހެރި ކުރެއްވިކަންވެސް ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ހެލްތު މިނިސްޓްރީކޮވިޑް-19

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު