Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައުލީމީ ދާއިރާ

މުދައްރިސުންނަށް އިތުރު އިނާޔަތްތައް ދީ، މުދައްރިސުންނާމެދު މުޖުތަމައު ދެކޭ ގޮތް ބަދަލު ކުރަން ޖެހޭ: އެޑިއުކޭޝަން މިނިސްޓަރ

31 މާރިޗު 2021 | ބުދަ 05:59

މިހާރު ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކުދިން މަދު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 މާރިޗު 2021 | ބުދަ 05:59
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވާހަކަ ދައްކަވަނީ

މުދައްރިސުންނަށް އިތުރު އިނާޔަތްތައް ދީ، މުދައްރިސުންނާމެދު މުޖުތަމައު ދެކޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކުދިން މަދުކަން ފާހަގަކުރެވޭ ކަަމަށެވެ. އެންމެ ކުރީގައި މުދައްރިސް ކަމަކީ ވަރަށް ގަދަރުވެރި ވަޒީފާއެއް ކަމަށާއި އެހާމެ މުސާރަ ވެސް ބޮޑު ވަޒީފާއެއް ކަމަށެވެ. އެހެންނަމަވެސް މިހާރު މުދައްރިސުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަ ކަމަށާއި މުދައްރިސުންނާމެދު މުޖުތަމައު ދެކޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭޕްރިލް އެއްވަނަ ދުވަހު އެލްކޭޖީ އިން ފެށިގެން ހުރިހާ ގްރޭޑެއްގެ ކުދިންނަށް ސްކޫލްތައް ހުޅުވާއިރު އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ތިބި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ސްކޫލްގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއަށް އެއްވެސް ބާރެއް އޮތް ނަމަ، ދުވަހަކުވެސް ސްކޫލު ބަންދުނުކުރާނެ ކަމަށެވެ. ނަމަވެސް މިފަދަ ސިއްހީ ކާރިސާއެއްގެ ތެރޭގައި އުޅޭއިރު، އަޑުއަހަން ޖެހޭނީ ސިއްހީ މާހިރުންނާއި އެޗްޕީއޭގެ ލަފާ ކަމަށެވެ.

ސްކޫލުތައް ބަންދުކޮށްފައި ހުރި ނަމަވެސް، ދަރިވަރުންގެ ކިޔެވުން ހުއްޓުމަކަށް ނާންނާނެ ގޮތަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެންމެ ފުރަތަމަ ހުޅުވަނީ ސްކޫލުތައް ކަމަށާއި، އެއީ ސްކޫލެއް ބަންދުކޮށްފައި ހުރުމުން ދަރިވަރުންނަށް ލިބޭ ގެއްލުން ބޮޑު ކަމުން ކަމަށެވެ.

މީގެ ދެ ދުވަސް ކުރިން ބޭއްވި ޔުނެސްކޯގެ މިނިސްޓީރިއަލް މީޓިންގައި ގިނަ ގައުމުތަކެއްގެ އެޑިއުކޭޝަން މިނިސްޓަރުންނާ އެކު ބައިވެރިވެވަޑައިގެންނެވި ކަމަށާއި، މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ގޭގައި ތިބެގެން ކިޔަވަން ޖެހުމުން ދަރިވަރުންނަށް ލިބޭ ގެއްލުން އެ ހުރިހާ ބޭފުޅުންވެސް ފާހަގަކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔައިވައި ދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ދަނޑިވަޅުގައި ކޭސްތައް އިތުރުވެފައިވާއިރު ސްކޫލްތައް ހުޅުވުމަށް ނިންމުމުން ބައެއް މީހުން އެކަމާއި ކަންބޮޑުވާނެ ކަަމަށެވެ. އެހެންނަމަވެސް 95 އިންސައްތަ ޓީޗަރުން ވެކްސިން ޖެހުމުން ކުދިން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށް އެޗްޕީއޭ އިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ. އަދި މިހާރު 95 އިންސައްތައަށް ވުރެ ގިނަ ޓީޗަރުން ވެކްސިން ޖަހާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ކުރަމުން ގެންދާ މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވީ މިހާރު 13 ޕީއެސްއައިޕީ ޕްރޮޖެކްޓް ނިމިފައިވާ ކަމަށާއި 30 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ވަރަށް ގިނަ ކްލާސްރޫމްތައް، އޭވީ ރޫމް، މަލްޓިޕާޕަސް ހޯލްތައް ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި ކުދިންނަށް ޓެސްޓުތައް ދީގެން، ފޮތުގައި އޮންނަ އެއްޗެއް ކިޔަވައިދިނުން ނޫން ކަމަށާއި ކިޔެވުމުގެ އިތުރުން ދިރިއުޅުމުގެ ހުނަރުތައް ވެސް ކުދިންނަށް ދަސްކޮށްދިނުމަށްވެސް ސަރުކާރުން ބޮޑު އިސްކަމެއް ދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް