Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ސްޕެޝަލް އެކްސްޓެންޝަން" ގެ ޚިދުމަތް ހުއްޓާލަން

"ސްޕެޝަލް އެކްސްޓެންޝަން" ގެ ޚިދުމަތް ހުއްޓާލަން ނިންމައިފި

ބިދޭސީން ރާއްޖެ އެތެރެވާ ދުވަހުން ފެށިގެން، ވަރކް ޕަރމިޓް ހޯދަން ކަނޑައެޅިފައިވާ މުއްދަތު ހަމަވަންދެން ކޮންމެ ދުވަހަކުވެސް ވެރިފިކޭޝަންގެ ޚިދުމަތް ހޯދޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 31 މާރިޗު 2021 | ބުދަ 04:33
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން

އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ "ސްޕެޝަލް އެކްސްޓެންޝަން" ގެ ޚިދުމަތް ހުއްޓާލުމަށް އެ މިނިސްޓްރީން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އޭޕްރިލް އެއް ވަނަ ދުވަހުން ފެށިގެން "ސްޕެޝަލް އެކްސްޓެންޝަން" ގެ ޚިދުމަތް ފޯރުކޮށްދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ކުރިމަތިވި ދަތިތަކާ ގުޅިގެން، ރާއްޖޭގެ ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީންނަށް، ރާއްޖެ އެތެރެވުމަށް ދޫކުރެވޭ ހުއްދަ އަދި ކުރިން އަމަލުކުރަމުން ދިޔަ ގަވާއިދުގެ ދަށުން ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ރާއްޖެ އެތެރެވުމަށް ދެވޭ 90 ދުވަހުގެ ތެރޭގައި ރާއްޖެ އެތެރުވުމުގައި ކުރިމަތިވި ދަތިތަކަށް ލުއި ދިނުމުގެ ގޮތުން މިނިސްޓްރީން ފޯރުކޮށްދެމުން ދާ "ސްޕެޝަލް އެކްސްޓެންޝަން" ގެ ޚިދުމަތް، ހުއްޓާލަން ނިންމާފައިވާ ކަމަށެެވެ.

ބިދޭސީންނަށް ވަރކް ޕަރމިޓް ދޫކުރެވޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ބަދަލުތަކެއް ގެނަސްފައިވާ އިރު، އެމިނިސްޓްރީން ވަނީ ވަރކް ޕަރމިޓަށް އެދި ހުށައަޅާ ލިޔެކިއުންތަކުގެ ތެރޭގައި އެހެން ބަހަކުން އޮތް ލިޔެމުއް ވާނަމަ، އެލިޔުމެއްގެ އިނގިރޭސި ތަރުޖަމާ، އަސްލާއެއްގޮތް ކަމަށް ބަޔާންކޮށް ހުށައެޅުމަށް އަންގާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބިދޭސީ މަސައްކަތްތެރިންގެ ވަރކް ޕަރމިޓް ދޫކުރަން ފަށާފައި ވަނީ ފެބްރުއަރީ 15 ވަނަ ދުވަހުއެވެ. އެގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވައިދުގައި ބަޔާންކުރާ ގޮތަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، އިކޮނޮމިކް މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަނެއް ފުރިހަމަ ކުރުމަށް ފަހުކަމަށާއި، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވެރިފިކޭޝަން ފުރިހަމަ ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ވެރިފިކޭޝަން ފުރިހަމަ ކުރުމަށް އެޕޮއިންޓްމެންޓެއް ހެދުމަށްފަހު، ވަޒީފާދޭ ފަރާތުން ނުވަތަ އެ ފަރާތުން އައްޔަންކުރާ އެހެން ފަރާތަކުން، ހުރަވީ ބިލްޑިންގެ 3 ވަނަ ފަންގިފިލާގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އެމްޕްލޯއިމަންޓް ރަޖިސްޓްރޭޝަން ސެކްޝަންގެ ކައުންޓަރަށް ބިދޭސީން ގެންދަން ޖެހެއެވެ.

ބިދޭސީން ރާއްޖެ އެތެރެވާ ދުވަހުން ފެށިގެން، ވަރކް ޕަރމިޓް ހޯދަން ކަނޑައެޅިފައިވާ މުއްދަތު ހަމަވަންދެން ކޮންމެ ދުވަހަކުވެސް ވެރިފިކޭޝަންގެ ޚިދުމަތް ހޯދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީބިދޭސީން

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
30 އޯގަސްޓު 2025

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!
12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
03 ޖުލައި 2025

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި
30 ޖޫން 2025

"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން

30 ޖޫން 2025
"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން
25 ޖޫން 2025

މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި

25 ޖޫން 2025
މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި
01 މެއި 2025

އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު

01 މެއި 2025
އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު
18 ފެބުރުއަރީ 2025

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު