Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިއެނާ ކޮންވެންޝަންގައި ބައިވެރިވުން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

މުއާހަދާގެ މަގުސަދަކީ ރޯޑް ޓްރެފިކްގެ ރައްކާތެރިކަން ކަށަވަރުކޮށް ކުރިއެރުވުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 30 މާރިޗު 2021 | އަންގާރަ 10:58
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

 ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ޓްރެފިކް 1968 އާއި ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސް 1968 ގައި ބައިވެރިވުމުން، ރާއްޖޭގެ ލައިސަންސް ބޭނުން ކޮށްގެން ކޮންވެންޝަންގައި ބައިވެރިވެފައިވާ އެހެން ގައުމުތަކުގައި އެއްގަމު އުޅަނދު ދުއްވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވީ، ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ޓްރެފިކް 1968 އާއި ވިއެނާ ކޮންވެންޝަންސް އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސް 1968 ގައި ރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ.

މިނިސްޓަރު ވިދާޅުވީ، މި މުއާހަދާގައި ބައިވެރިވުމަށް ނިންމީ، އަވައްޓެރި ގައުމުތަކުގައި އުޅޭ ދިވެހީންނާއި، ޚާއްސަކޮށް ކިޔަވާ ކުދިންނަށް، ވެހިކަލް ދުއްވާއިރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން އާންމުކޮށް ދިވެހި ކިޔަވާ ކުދިން ދިރިއުޅޭ އެއްގައުމު ކަމުގައިވާ މެލޭޝިއާއަކީ ވެސް މި މުއާހަދާގެ މެންބަރެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މުއާހަދާގައި ރާއްޖެއިން ސޮއި ކުރާއިރު، މުއާހަދާގެ މާއްދާއަކަށް އަމަލު ނުކުރުމަށް ނިންމާފައިވާ ކަން ފާހަގަ ކުރައްވާ، މިނިސްޓަރ ވިދާޅުވީ، އެހެން ގައުމުތަކުގެ ވެހިކަލް ގެނެސް ރާއްޖޭގައި ދުއްވޭ ގޮތަށް އޮންނަ މާއްދާއަށް ރާއްޖެއިން  އަމަލުކުރުމަށް ނިންމައިފިނަމަ، މިހާރަށްވުރެ ބޮޑަށް މާލޭގައި ތޮއްޖެހުން އިތުރުވެގެން ދާނެ ކަމަށެވެ. އެހެންކަމުން، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރިއިރު ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ތާއީދާއެކު، އެ މާއްދާ ރިޒަވޭޝަނަށް ލުމަށް ނިންމާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މުއާހަދާގެ މަގުސަދަކީ، ރޯޑް ޓްރެފިކްގެ ރައްކާތެރިކަން ކަށަވަރުކޮށް ކުރިއެރުވުމަށްޓަކައި، އަދި ހަމަހަމަ އިޖުރާއަތްތަކެއް އެކުލަވާލުމަށްޓަކައި، އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާ އުޅަނދުތަކާ ގުޅިގެން އެފަދަ ގައުމުތަކުގެ މަގުތަކާ ޓްރެފިކް ނިޝާންތަކާ ގުޅޭ އެހެން އުސޫލުތައް އެއްގޮތް ކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
10 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
18 އޯގަސްޓު 2025

އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ

18 އޯގަސްޓު 2025
އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ
07 ޖުލައި 2025

ޖުލައި 13 ން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅނަދު ފިޔަވާ ހުރިހާ އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގަން ޖެހޭނެ: ޓްރާންސްޕޯޓް

07 ޖުލައި 2025
ޖުލައި 13 ން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅނަދު ފިޔަވާ ހުރިހާ އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގަން ޖެހޭނެ: ޓްރާންސްޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު