Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަގޭ ރިޕޯޓް

ރައީސް މައުމޫނުގެ އާދޭސް! ސަރުކާރު ކެނޑިޑޭޓުންނަށް ވޯޓު ނުދޭތި!

ރައީސް މައުމޫންގެ ބޭފުޅުންވެސް މަސައްކަތް ކުރައްވަނީ ގުޅިފައިވާ ޕާޓީތަކާއެކު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 4 މެއި 2017 | ބުރާސްފަތި 17:34
ރައީސް މައުމޫނާއި ރައީސް ނަޝީދު: ޤައުމަށްޓަކައި އެކުގައި

ރައީސް މައުމޫނާއި ރައީސް ނަޝީދު: ޤައުމަށްޓަކައި އެކުގައި

ޤާނޫން އަސާސީގައި ބުނާ މުއްދަތު ފަހަނައަޅާ ދިޔަފަހުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގެ ވަގުތު މިވަނީ ކުޑަތަންވެފައެވެ. އެއިންތިޚާބު ބޯމަތިވެގެން އައިއިރު އެހެން އިންތިޚާބު ތަކާ ޚިލާފަށް ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރުތަކެކެވެ. އެހެން އިންތިޚާބުތަކާ ޚިލާފަށް ކެމްޕެއިން ފޯރި ކުޑަކަމެވެ. އިދިކޮޅު އެމްޑީޕީން ރޭވުންތެރިކަމާއެކު ރަށްރަށުގައި ކެމްޕޭން ހަރަކާތްތައް ހިންގިނަމަވެސް ސަރުކާރުން ބަލަމުން ދިޔައީ މުޅިން އެހެން ކަމެއް ކުރެވޭތޯއެވެ. އިދިކޮޅު ފަރާތްތައް ފަހާ ދުމެވެ. ޚާއްޞަކޮށް ހަމަވިކަމަށް ބުނާ 42 އާއެކު އެކަން ވަނީ މެކުހަށް ޖަހާފައެވެ. ހިސާބަކަށް ޖަލްސާތައް ބާއްވާ ހެދިނަމަވެސް ސަރުކާރުގެ އެއްކަމަކަށް ވެފައި އޮތީ އިދިކޮޅު ކެނޑިޑޭޓުންގެ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި އެފަރާތްތަކުގެ ތާއީދު ސަރުކާރަށް އަނބުރާލުމަށެވެ. އިދިކޮޅު ފަރާތްތައް މާޔޫސްކޮށްލުމަށެވެ. މުޅިން އެހެން ސްޓްރެޓެޖީއެއްގެ ގޮތުގައެވެ. ކެމްޕެއިން ބެނާތަކާއި ކެމްޕެއިން ޕޯސްޓަރުތަކުން ފެންނަމުން ދިޔައީ ކެނޑިޑޭޓަށްވުރެ ބޮޑުކޮށް ރައީސް ޔާމީންގެ ފޮޓޯފުޅެވެ. އެމަނިކުފާނު 2018 އަށް ހޮއްވެވުމުގެ ވާހަކައެވެ.

އިންތިޚާބާ ކއިރިވީވީހެން ފެނުނު އެހެން ކަމެއްވެސް އޮތެވެ. ކައުންސިލްތަކުގެ ބާރު ކަނޑުވާލުމެވެ. ކައުންސިލްތަކުގެ ފުރިހަމަ ކޮންޓްރޯލް ސީދާ ސަރުކާރަށް ނެގުމެވެ. ކުރު ގަޮތަކަށް ބުނެ ނިންމާލާނަމަ ލާމަރުކަޒީ ނިޒާމް މިހާރު އެވަނީ ކުރީގެ އެޓޮލްސް މިނިސްޓްރީގެ ނިޒާމަށް ބަދަލުވެފައެވެ. ގާތްގަނޑަކަށް ކައުންސިލްތަކުގެ ބާރު އެވަނީ ކެނޑިފައެވެ.

Advertisement - newsAdvertisement

އިންތިޚާބަށް ދޮންވެގެން އައިއިރު މުޅި ޤައުމުން އިވެނީ އެހެން ކަމެކެވެ. ޒަރޫރީ ކާޑުކޮޅުން ޑަބަލް އަގުބަޮޑުވެ ރައްޔިތުންގެ ކަންބޮޑުވުމެވެ. ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާގެ އަޑެވެ. ވަކި ޕާޓީއަކަށް ސޮއި ނުކޮށްގެން އެތައް އަހަރަކު އުޅުނު ވަޒީފާއިން ވަކިވާން ޖެހޭތީ އެކަމުގެ އާހެވެ. އަނިޔާވެރި ލާއިންސާނީ އަނިޔާތަކުގައި މީހުން މެރުމުގެ ބިރުވެރިކަމާއި ނާމާންކަމެވެ. ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ ވާހަކައެވެ. ވެރިކަން ދެމެހެއްޓުމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ މުޅިން އެހެން ކަންކަމެއްގެ ވާހަކައެވެ. ވާދަވެރިން ނައްތާލުމުގެ ވާހަކައެވެ. ވާދަވެރި ލީޑަރުންނަށް ދައުވާތައް އުފުލި ނިޒާމުން ގެއްލުވާލާ ވާހަކައެވެ.

މިކަންކަމާ ހުރެ ޤައުމު އިސްލާހު ކުރަން ރާއްޖޭގެ އެންމެ ތާއީދު ބޮޑު ލީޑަރުން ނުކުމެ އެއްގަލަށް އެރި ވަގުތު އިއްތިފާގުން ދިމާވީ ކައުންސިލް އިންތިޚާބުގެ ދުވަސްވަރާއެވެ. އެލީޑަރުންގެ ސިޔާސީ ވިސްނުން ދޫކުރައްވާ މުޅިން އެކައްޗެއް ވިދާޅުވެ ކަށިން ހިތްވަރު ނެރުއްވައިގެން މެކުހަށް ޖެހި ވަގުތު ދިމާވީ އިންތިޚާބުގެ ދުވަސްވަރެވެ.

އެހެންކަމުން އެހަތަރު ލީޑަރުން ޤައުމަށްޓަކައި އެދޭ ބޮޑު އެދުމެއް އެބައޮތެވެ. ސަރުކާރު ރަނގަޅު ނޫންކަމާ ސަރުކާރު ހަމަމަގަށް އަޅުވަން ޖެހޭކަން ރައްޔިތުންގެ ޢަމަލުން ބުނުމެވެ. އިންތިޚާބުގައި ނަގާ ވޯޓުން ސަރުކާރަށް ނޫނެކޭ ބުނެމެވެ.

ރައީސް ނަޝީދުއާއި ޖޭޕީ ލީޑަރ ޤާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އެކަމަށް އާދޭސް ކުރައްވާއިރު ރައީސް މައުމޫންގެ އާދޭސް މާބޮޑަށް ފާހަގަ ވަނީ އެމަނިކުފާނުގެ ބުރަ މަސައްކަތުން ގެންނެވި ސަރުކާރާ ދެކޮޅަށް އެމަނިކުފާނު ކުރައްވާ އާދޭހުންނެވެ. ކޮއްކޯފުޅު ހިންގަވަމުންދާ ވެރިކަން އެއްގޮތަކަށްވެސް ކަމުނުދާކަމަށް ވިދާޅުވެ އެކޮއްކޯފުޅަށް ދެއްވި ތާއީދު ގެންނެވިފަދައިން ރައީސް މައުމޫން އެވަނީ ލޯކަލްކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ވޯޓު ނުދެއްވުމަށް ގޮވާލައްވާފައެވެ. އަދި އެކަމަކީ ޤައުމު ހަމަމަގަށް އެޅުވުމަށް މަޖްބޫރު ކަމެއްގެ ގޮތުގައި އެވަނީ އެމަނިކުފާނު ވިދާޅުވެފައެވެ.

ގއ. ވިލިނގިލީގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ، ގައުމުގައި މިއަދު ފެނިގެންދަނީ ގާނޫނު އަސާސީ އާއި ހިލާފަށް ގާނޫނުތަކަށް ބަދަލު ގެންނަމުންދާ މަންޒަރު ކަމަށާއި ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި އަމަލުތައް ހިންގަމުންދާ މަންޒަރު ކަމަށެވެ.

ޔުމްނާ ވިދާޅުވީ، ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންމެ ފުރަތަމަ މަސައްކަތް ކުރީ، އެމަނިކުފާނު ނިސްބަތްވާ، ޕީޕީއެމްގެ ތެރެއިން ސަރުކާރުން ހިންގާ ކަންކަން އިސްލާހު ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް، އެމަސައްކަތް ކުރަން ފެށުމުން ރައީސް މައުމޫނަށް ކުރިމަތިވި ދަތިތައް ގައުމުގެ ހުރިހާ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ޔުމްނާ ވިދާޅުވި އެވެ. އެގޮތުން ރައީސް މައުމޫން ޕާޓީގެ ތެރެއިން އިސްލާހީ މަސައްކަތް ފެށުމުން އަމިއްލަ ޕާޓީ އެމަނިކުފާނު އަތުން އަތުލެއްވި ކަމަށް ޔުމްނާ ވިދާޅުވި އެވެ.

މިވަގުތު ޤައުމުން ބޭރުގައި ހުންނެވުމުން ދަރިކަނަބަލުން މެދުވެރި ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ. ސަރުކާރަށް ނޫނެކޭ ބުނުމަށެވެ.

ރައީސް މައުމޫންއަކީ އާދައިގެ ބޭފުޅެއް ނޫނެވެ. މިޤައުމުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި އަދި އެންމެ މީހަކަށް އެންމެ ގިނަ ބަޔަކު ތާއީދު ކުރާ އެއްބޭފުޅެވެ. އެމަނިިކުފާނު އެފަދަ ކަމަކަށް ގޮވާލާނީ ލައްކަވަރު ވީމައެވެ. ރައީސް މައުމޫންގެ އިޝާރާތަކަށް ބަލަބަލާތިބި ފަރާތްތަކަށް އެލިބުނީ ވަރުގަދަ މެސެޖެކެވެ. ރައީސް މައުމޫން ވިދާޅު ނުވާތީ އިންތިޚާބުގައި ވޯޓުލާން ނުނިކުންނަންތިބި ފަރާތްތަކަށް އެވަނީ މުޅިން ކްލެއަރވެފައެވެ. މިހާރަކު ސުވާލެއް ނެތެވެ. ޝައްކުކުރާނެ ޖާގައެއް ނެތެވެ. ރައީސް މައުމޫންގެ ސަޕޯޓަރުން ކަންކުރަންވީގޮތް މިހާރު އެވަނީ ސާފުވެފައެވެ.

ދެންއޮތީ އިދިކޮޅު ފަރާތްތަކުން އެބުނާހެން ސަރުކާރު ކަމުނުދެޔޭ ބުނުމުގެ ގޮތުން ސަރުކާރާ ދެކޮޅަށް ގުޅިފައިވާ ޕާޓީތަކަށް ވޯޓު އަޅާ ފުރާލުމެވެ. ރައްޔިތުންގެ ހިތްވަރެއް ހުރިއްޔާ މިފަހަރު އެނގިދާނެއެވެ. ސަރުކާރު ކަމުނުގޮސްގެން ތިޔަ ދަމާ ކުސަޔަކީ ކިހާވަރެއްގެ އެއްޗެއްކަން ފެންނާނީ ހަމަ ވޯޓުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު