Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހާލަންޑް ވިއްކާނެ އަގު ކަނޑައެޅުން

ޑޯޓްމުންޑުން ހާލަންޑް ވިއްކާނީ 180 މިލިޔަން ޔޫރޯއަށް

ހާލަންޑް ގަތުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 27 މާރިޗު 2021 | ހޮނިހިރު 12:38
ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް

މި ފަހަރުގެ ޓްރާންސްފާގައި ބޮރޫޝިއާ ޑޯޓްމުންޑުން ނޯވޭގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ވިއްކާނީ 180 މިލިޔަން ޔޫރޯއަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާރްބީ ސާލްޒްބާގް ދޫކޮށް އުމުރުން 20 އަހަރުގެ ހާލަންޑް ޑޯޓްމުންޑަށް ބަދަލުވީ ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން، 20 މިލިޔަން ޔޫރޯއަށެވެ. އެހެންކަމުން ހާލަންޑުގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އަންނަނީ ކުރިއަށް ހޫނު މޫސުމުގެ ޓްރާންސްފާގައި ހާލަނޑް ގަތުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލާއި، މެންޗެސްޓާ ސިޓީ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީވެސް ހިމެނެއެވެ. އަދި އޭނާއަށް ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުންވެސް އަންނަނީ ފާރަލަމުންނެވެ. މީގެ ތެރެއިން ކެރިއަރުގައި ހާލަންޑް އެންމެ ކުޅެން ބޭނުންވާ ކުލަބަކީ ރެއާލް ކަމަށް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ހާލަންޑް ގަތުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރި ނަމަވެސް، އޭނާ ވިއްކާލަން ޑޯޓްމުންޑުން ބޭނުންނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ކުރިއަށް އޮތް ހޫނު މޫސުމުގައި ހާލަންޑް ވިއްކާނަމަ، އޭނާ ވިއްކަން ޑޯޓްމުންޑުން ކަނޑައަޅާފައިވާ އަގަކީ 180 މިލިޔަން ޔޫރޯ ކަމަށް ދާދި ފަހުން "އީއެސްޕީއެން" އިން ވަނީ ރިޕޯޓުކޮށްފައެވެ.

ޓްރާންސްފާ ބާޒާރުގައި ހާލަންޑުގެ އަގު ބޮޑުވެފައިވާއިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނީ މުސްތަގުބަލުގައި ހާލަންޑަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން އޭނާއަށް ހުރިހާ ކުލަބަކުންވެސް ފާރަލަމުން އަންނަ ކަމަށެވެ. އެކަމަކު މި ދަނޑިވަޅުގައި ހާލަންޑް ގަތުމުގެ ފެންވަރު ހުރީ 10 ކުލަބެއްގައި ކަމަށާއި، އޭގެ ތެރެއިން ހަތަރު ކުލަބަކީ ޕްރިމިއާ ލީގުގެ ކުލަބުތައް ކަމަށްވެސް ރައިއޯލާ ވަނީ ބުނެފައެވެ.

ޑޯޓްމުންޑާއެކު ތަފާތު މޮޅު ކުޅުމެއް ހާލަންޑް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ޑޯޓްމުންޑަށް ކުޅެދިން 49 މެޗުގައި 49 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އިޓަލީގެ ކުޅިވަރު ނޫސް "ތުއްތޮސްޕޯޓް" އިން ހޮވާ ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑް، މިދިޔަ އަހަރު ހޯދާފައެވެ.

އާލިން ބްރައުޓް ހާލަންޑްބޮރޫޝިއާ ޑޯޓްމަންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

02 ޖުލައި 2025
ޑޯޓްމަންޑު ބަލިކޮށް ބާސެލޯނާ ދެ ވަނައިގައި

ޑޯޓްމަންޑު ބަލިކޮށް ބާސެލޯނާ ދެ ވަނައިގައި

12 ޑިސެމްބަރު 2024
އޮގްސްބާގް އަތުން ޑޯޓްމަންޑު ބަލިވެއްޖެ

އޮގްސްބާގް އަތުން ޑޯޓްމަންޑު ބަލިވެއްޖެ

27 އޮކްޓޯބަރު 2024
ހާލަންޑުގެ ލަނޑުން މޮޅުވެ ސިޓީ އެއް ވަނަ އަށް

ހާލަންޑުގެ ލަނޑުން މޮޅުވެ ސިޓީ އެއް ވަނަ އަށް

27 އޮކްޓޯބަރު 2024
ފަހަތުން އަރައި ރެއާލް އިން ޑޯޓްމަންޑު ބަލިކުރިއިރު، ވިނީޝިއުސް ހެޓްރިކް ހަދައިފި

ފަހަތުން އަރައި ރެއާލް އިން ޑޯޓްމަންޑު ބަލިކުރިއިރު، ވިނީޝިއުސް ހެޓްރިކް ހަދައިފި

23 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު