Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުނގޫފާރުން ކޮވިޑް-19ގެ ކޭސްތައް ފެނުން

އުނގޫފާރުން މިހާތަނަށް ހަ މީހަކު ޕޮޒިޓިވްވެ، 200 އަށްވުރެ ގިނަ މީހުން ކަރަންޓީނަށް!

ފާއިތުވި ދެ ދުވަހުގެ ތެރޭގައި 200 އަށް ވުރެ ގިނަ ސާމްޕަލް ނަގާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 މާރިޗު 2021 | ބުރާސްފަތި 08:02
ރ. އުނގޫފާރު، ބަލިން ރައްކާތެރިވުމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި

ރ. އުނގޫފާރު، ބަލިން ރައްކާތެރިވުމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި

ރ. އުނގޫފާރުން މިހާތަނަށް ހަ މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެ، 200 އަށްވުރެ ގިނަ މީހުން ކަރަންޓީން ވެއްޖެއެވެ.

އުނގޫފާރު ކައުންސިލް މެމްބަރު ހުސެއިން އާސިފް ރާއްޖެއެމްވީއަށް ވިދާޅުވީ ކޮވިޑް-19ގެ ކޭސްތައް ފެނުމާ ގުޅިގެން މިހާރު ވެސް ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އަލާމަތްތައް ހުންނަ މީހުން ފުލޫ ކްލިނަކަށް ގޮސްގެން ވެސް ޓެސްޓު ހަދަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، މީގެ ތެރޭގައި ކުޑަ ދެ ކުދިން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ކަރަންޓީން ވެފައިވާ ކަމަށެވެ.

އާސިފް ވިދާޅުވީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި 200 އަށްވުރެ ގިނަ ސާމްޕަލް ނެގިފައިވާ ކަމަށެވެ.

އާސިފް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށެވެ. އަދި އާއްމު ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށް އާސިފް ވިދާޅުވިއެވެ.

މީގެ އިތުރުން އާސިފް ވިދާޅުވީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު ވެސް އުމްރާނީ ތަރައްގީއަށް ކުރިއަށްދާ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މަގު ހެދުމުގެ މަސައްކަތާއި ކަރަންޓްގެ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ކުރާކަން ފާހަގަކުރެއްވިއެވެ. އާސިފް ވިދާޅުވީ ކުރިއަށް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އާއްމުން ގިނަ މަސައްކަތްތައް ކުރަމުންދާއިރު، އެފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ކައުންސިލް ދެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ރަށް މޮނިޓަރިންގެ ހާލުގައި އޮތް ނަމަވެސް މަސްވެރިކަމަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ހުއްދަ ދެމުންދާ ކަމަށެވެ. ނަމަވެސް މަހަށް ނުކުންނަ ފަރާތްތަކުން އެހެން ރަށަކަށް ނުވަތަ އެހެން މަސްދޯންޏެއް ކައިރިއަށް ނުދާނެ ކަމަށާއި، މަސްވެރިކަމަށްފަހު އަނބުރާ އަންނަނީ ވެސް ރަށަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އާއްމުން ރައްޔިތުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.

ގާތްގަނޑަށް 2500 އެއްހާ މީހުން ދިރިއުޅެމުންދާ އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލަކުން މީހަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 19 ވީ ހުކުރު ދުވަހުއެވެ. އުނގޫފާރު މޮނީޓަރިންގގެ ހާލަތަށް ގެނެސްފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައިވެސް ނެގި ރެންޑަމް ސާމްޕަލަކުން މީހަކު ޕޮޒިޓިވްވެ އެ ރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

އުނގޫފާރު

އިތުރަށް ކިޔާލަން

18 އޯގަސްޓު 2022

އުނގޫފާރުގައި ބިން ހިއްކަން ފަށާނީ އަންނަ އަހަރުގެ ޖޫންގައި – މިނިސްޓަރު އަސްލަމް

18 އޯގަސްޓު 2022
އުނގޫފާރުގައި ބިން ހިއްކަން ފަށާނީ އަންނަ އަހަރުގެ ޖޫންގައި – މިނިސްޓަރު އަސްލަމް
13 ޖެނުއަރީ 2022

އުނގޫފާރު ނެރު ބަދަލުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

13 ޖެނުއަރީ 2022
އުނގޫފާރު ނެރު ބަދަލުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
06 ޖެނުއަރީ 2022

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޑިޕާޓްމެންޓްތަކުގެ މެދުގައި ވޮލީ މުބާރާތެއް ފެށިއްޖެ

06 ޖެނުއަރީ 2022
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޑިޕާޓްމެންޓްތަކުގެ މެދުގައި ވޮލީ މުބާރާތެއް ފެށިއްޖެ
10 އޮކްޓޯބަރު 2021

އުނގޫފާރުގެ މަގުތަކުގައި ތާރު އަޅައި ނިންމާލައިފި

10 އޮކްޓޯބަރު 2021
އުނގޫފާރުގެ މަގުތަކުގައި ތާރު އަޅައި ނިންމާލައިފި
09 މެއި 2021

އުނގޫފާރުގައި މަގު ހެދުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމިއްޖެ

09 މެއި 2021
އުނގޫފާރުގައި މަގު ހެދުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު