Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޞިއްޙީ ޚިދުމަތްދޭ ތަންތަން ރަޖިސްޓަރީކުރުން

ޞިއްޙީ ޚިދުމަތްދޭ ތަންތަން އަލުން ރަޖިސްޓަރީކޮށް ލައިސަންސް ހޯދުމަށް އަންގައިފި

ލައިސަންސް ހޯދުމަށްޓަކައި 31 މެއި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އަންގާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 25 މާރިޗު 2021 | ބުރާސްފަތި 06:18
އައިޖީއެމްއެޗް ލެބޯޓްރީގެ މަސައްކަތްތައް --- ފޮޓޯ: ޔޫސުފް ސޮފްވާން

އައިޖީއެމްއެޗް ލެބޯޓްރީގެ މަސައްކަތްތައް --- ފޮޓޯ: ޔޫސުފް ސޮފްވާން

ޞިއްޙީ ޚިދުމަތްދޭ ތަންތަން އަލުން ރަޖިސްޓަރީކޮށް ލައިސަންސްއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޞިއްޙީ ޚިދުމަތްދޭ ތަންތަން އަލުން ރަޖިސްޓަރީކުރުމަށް އަންގާފައިވަނީ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވައިދަށް އަމަލުކުރަން ފެށުމުންނެވެ. ހެލްތު މިނިސްޓްރީން ވަނީ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދުގެ 49 ވަނަ މާއްދާގައިވާގޮތުގެ މަތިން އެގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 180 ދުވަހުގެ ތެރޭގައި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެދަށުން ރަޖިސްޓްރީވުމަށާއި، ލައިސަންސް ހޯދުމަށް ހެލްތު މިނިސްޓްރީއަށް ހުށަހަޅަންވާނެކަމަށް ބުނެފައެވެ. އެގޮތުން މި ގަވާއިދުގެ ދަށުން ހެލްތު މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ހުރިހާ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަން އަދި ލައިސަންސް ހޯދުމަށްޓަކައި 31 މެއި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ހެލްތު މިނިސްޓްރީން މިހާރު ވަނީ ހުޅުވާލައްވާފައެވެ.

މިޤާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަނާއި ލައިސަންސް ދިނުމަށް ހުށަހެޅުއްވުމަށްފަހު އެތަނެއް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމަށް 30 ދުވަހުގެ މުއްދަތެއް ނަގާނެކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ޞިއްޙީ ޚިދުމަތްދޭ ތަންތަން ރަޖިސްޓަރީކޮށް ލައިސަންސް ހޯދުމަށް ބޭނުންވާ ފޯމް ހެލްތު މިނިސްޓްރީގެ ވެބްސައިޓުންނާއި އެ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެކަމަށާއި، މިކަމާގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ qa@health.gov.mv އަށް މެއިލްކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ.

މިދިޔަ ފެބްރުއަރީމަހުގެ 25 ވަނަ ދުވަހު ޢަމަލުކުރަން ފެށި ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދަކީ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ގިންތިކުރުމާއި، ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި، ލައިސަންސް ދިނުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި، ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން، ޞިއްޙީ ޚިދުމަތް ދޭ ތަންތަން ބަލައި ފާސްކުރުމުގެ އުޞޫލުތައް ވަނީ ކަނޑައަޅާފައެވެ. އަދި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން، ޞިއްޙީ ޚިދުމަތް ދޭ ތަންތަނުން ޤާއިމުކުރަންޖެހޭ އުޞޫލުތަކާއި، ޤާނޫނުގެ ދަށުން ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި ހުރުން ލާޒިމްކުރާ ކަންތައްތަކާ ގުޅޭ އުސޫލުތައް ވެސް ވަނީ ކަނޑައަޅާފައެވެ.

ޞިއްޙީ ޚިދުމަތްދޭ ތަންތަން ގަވައިދަށް އަމަލުކުރަން ފަށާތާ 180 ދުވަހުގެ ތެރޭގައި، ރަޖިސްޓަރީވެ ލައިސަންސް ހޯދުމަށް އެދިފައިވާއިރު، އެ މުއްދަތު ހަމަވުމަށްފަހު ރަޖިސްޓަރީނުކޮށް އަދި ލައިސަންސް ނުހޯދައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމަކީ ކުށެއްކަމަށް މި ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ. މި ގަވާއިދުގެ ދަށުން ރަޖިސްޓަރީނުކޮށް ޞިއްޙީ ޚިދުމަތް ދޭ ތަނެއް ހިންގާނަމަ، ނުވަތަ ޞިއްޙީ ޚިދުމަތެއްދޭނަމަ، އެ ތަނެއް ހިންގާ ފަރާތެއް، 50،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ހެލްތު މިނިސްޓްރީއަށް ވަނީ ދީފައެވެ.

ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
07 އޯގަސްޓު 2025

ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް

07 އޯގަސްޓު 2025
ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް
07 އޯގަސްޓު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

07 އޯގަސްޓު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ

17 އެޕްރީލު 2025
ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު