Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމުގެ އިންތިޚާބު

ލަތީފުގެ ހުށަހެޅުން ގަބޫލުނުކޮށް، ވީއޭއެމުގެ އިންތިޚާބު އަންނަ މަހުގެ އެއްވަނަ ދުވަހު

އަންނަ މަހުގެ 12 ވަނަ ދުވަހަށް އިންތިޚާބު ފަސްކޮށްދިނުމަށް ލަތީފް އެދުނު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 މާރިޗު 2021 | ބުދަ 14:47
ވީއޭއެމުގެ އެންމެ ފަހުގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް

ވީއޭއެމުގެ އެންމެ ފަހުގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހަށް ފަސްކުރަން އެ އެސޯސިއޭޝަނުގެ އެންމެ ފަހުގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް ހުށަހެޅި ނަމަވެސް، އެ ގޮތަށް ކުރިއަށްދާން ކުލަބުތަކުން ބޭނުންނުވުމުން، އެފްއައިވީބީން އަންގާފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށް ނިންމައިފިއެވެ.

ދާދި ފަހުން ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުޢިއްޔާ (އެފްއައިވީބީ) އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ އުފައްދާފައިވާ "އެޑްހޮކް ކޮމިޝަން" އިން ވަނީ ވީއޭއެމުގެ މައްސަލަ ނިންމައި، އައު އިންތިޚާބަކަށް ދިޔުމަށް ގައިޑްލައިނެއް އެކުލަވާލާފައެވެ. އެގޮތުން އެފްއައިވީބީގެ ނިންމުމާއެކު ވީއޭއެމުގެ އިންތިޚާބީ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބުދަ ދުވަހު ބޭއްވިއިރު، އިންތިޚާބީ ކޮންގްރެސް އަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް އެފްއައިވީބީން ވަނީ އެދިފައެވެ.

އަދި މީގެ އިތުރުން އެފްއައިވީބީން ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުލެވޭނީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދުގެ ތެރެއިން، މަދުވެގެން ތިން އަހަރު ކޮންމެވެސް އެއް މުބާރާތެއްގައި ވާދަކޮށްފައިވާ ކުލަބުތަކަށް ކަމަށާއި، އެ ގޮތުން ތިން އަހަރުގައި ގަވާއިދުން އެއް މުބާރާތެއް ކުޅެފައިވަނީ ޖުމްލަ ނުވަ ކުލަބެއް ކަމަށް ނިންމާފައެވެ. އެ ކުލަބުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބު، ޕޮލިސް ކުލަބު، އައްޑޫ ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ހޯކްސް، ގުޑީސް ސްޕޯޓްސް ކުލަބު، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޔޫތު ނިއު ޖަނަރޭޝަން އަދި ކުލަބު ހާފް ލައިން ލިންކޭޖެވެ.

އެގޮތުން ބުދަ ދުވަހުގެ ހަވީރު ޒޫމް މެދުވެރިކޮށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވިއިރު، މި ކޮންގްރެސްގައި ވީއޭއެމުގެ ހިންގާ ކޮމިޓީ އާއި، އެފްއައިވީބީން އެކުލަވާލި އެޑްހޮކް ކޮމިޝަނުގެ މެންބަރުންނާއި، އޭވީސީ އާއި ވީއޭއެމުގެ މެންބަރު ކުލަބުތަކުގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ ބައިވެރިވެފައެވެ.

މި ކޮންގްރެސް ޗެއާކުރެއްވި ލަތީފް ވަނީ ވީއޭއެމުގެ އިންތިޚާބުގެ ކަންތައްތައް ކުރިއަށްގެންދާނީ 2015 ވަަނަ އަހަރުގެ އަސާސީ ގަވާއިދުގައިވާ ގޮތަށް، ނޫނީ 2017 ވަނަ އަހަރު ގެނެވުނު ބަދަލުތަކާއެކު އޮތް އަސާސީ ގަވާއިދުގައިވާ ގޮތަށް ތޯ މެންބަރު ކުލަބުކުގެ މެދުގައި ވޯޓެއް ނަގާފައެވެ. އެހެންކަމުން ނުވަ ކުލަބުގެ މެދުގައި ބޭއްވި ވޯޓުން ހަ ކުލަބުގެ ތާއީދާއެކު ވަނީ 2015 ވަނަ އަހަރުގެ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިޚާބު ކުރިއަށްގެންދަން ފާސްކޮށްފައެވެ.

ވީއޭއެމުގެ އިންތިޚާބީ ކޮންގްރެސް އަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް އެފްއައިވީބީން އެދުނު ނަމަވެސް، ބުދަ ދުވަހު ކުރިއަށްދިޔަ ކޮންގްރެސްގައި ލަތީފް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އޭނާ ވާދަކުރައްވާތީ، ވީއޭއެމުގެ އިންތިޚާބު އަންނަ މަހުގެ 12 ވަނަ ދުވަހަށް ފަސްކޮށްދިނުމަށް އެދެފައެވެ. އެކަމަކު ވީއޭއެމުގެ މައްސަލަ އިތުރަށް ދިގުލައިގެންދާން ބޭނުނުން ނުވާތީ ކުލަބުތަކުން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.

އެހެންކަމުން އެފްއައިވީބީން އަންގާފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށް މި ކޮންގްރެސްގައި ވަނީ ނިންމާފައެވެ. އެކަމަކު ވީއޭއެމްގެ އިންތިޚާބުގައި ވޯޓުލުން ސިއްރުކުރަން ޖެހޭތީ، އިންތިޚާބު ބާއްވާނެ ގޮތަކާ މެދު ވަކި ގޮތެއް ނިންމާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ލަފާގެ މަތިން ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.

ވީއޭއެމުގެ އައު އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ކުރިއަށް އޮތް އިންތިޚާބުގައި ވާދަނުކުރައްވަން ލަތީފް މީގެ ކުރިން ވަނީ ނިންމަވާފައެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ލަތީފުގެ ދައުރު ވަނީ ހަމަވެފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)މުޙައްމަދު ލަތީފް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު