Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުގެ ހިއްސާ ވިއްކުން

ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކޭނީ ރައީސްގެ ލަފައާ އެކު ފިނޭންސް މިނިސްޓަރަށް

ހިއްސާގެ އަގު އަދާކުރެވޭނެ އެންމެ ދިގު މުއްދަތަކީ 18 މަސް ދުވަސް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 23 މާރިޗު 2021 | އަންގާރަ 02:17
ކުރެއްދޫ އައިލެންޑް ރިސޯޓް

ކުރެއްދޫ އައިލެންޑް ރިސޯޓް

ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާ އެ ކުންފުންޏެއްގައި ހިމެނޭ އަމިއްލަ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރުންނަށް ވިއްކަން ނިންމޭނީ ރައީސުލްޖުމްހޫރިއްޔާގެ ލަފައާއި އެކު މިނިސްޓަރ އޮފް ފިނޭންސަށް ކަމަށް ބަޔާންކޮށް ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި، ރަށްރަށާއި ބިންބިމާއި ފަޅު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރުމަށްޓަކައި، ސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހަދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ދިވެހިސަރުކާރުގެ ހިއްސާ ވިއްކާލުމާބެހޭ ގަވާއިދު އާންމުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ގަވާއިދަށް ޢަމަލުކުރުން ލާޒިމުވާނީ ހަމައެކަނި ކުންފުނީގައި އެކުލެވިގެންވާ ސަރުކާރުގެ ހިއްސާ، ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ދެން ތިބި އަމިއްލަ ހިއްސާދާރުންނަށް ވިއްކާލެވޭ ހާލަތުގައި އެކަނިކަމަށް އާންމުކޮށްފައިވާ ގަވައިދުގައި ވާއިރު، ސަރުކާރުގެ ހިއްސާ އެކުލެވޭ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ، އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ އަމިއްލަ ހިއްސާދާރުން ފިޔަވައި އެނޫން އެއްވެސް ތިންވަނަ ފަރާތަކަށް ސަރުކާރުގެ ހިއްސާ ވިއްކާލެވޭ ހާލަތުގައި އެ ގަވާއިދަށް ޢަމަލުކުރަން ސަރުކާރުގެ މައްޗަށް ލާޒިމުނުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

Advertisement - newsAdvertisement

ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާ އެ ކުންފުންޏެއްގައި ހިމެނޭ އަމިއްލަ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރުންނަށް ވިއްކާލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން މިނިސްޓަރ އޮފް ފިނޭންސުން ނިންމައިފި ނަމަ އެ ނިންމުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާ ހިއްސާކުރަން ޖެހެއެވެ. އަދި ސަރުކާރުގެ ފަރާތުން ހިއްސާ ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ ފިނޭންސް މިނިސްޓަރު ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރުންނަށް ހިއްސާ ވިއްކާލުމަށް ނިންމާ ނިންމުމަށްފަހު، އެ މުއާމަލާތާ ގުޅޭ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކަމަށް ގަވައިދުގައިވެއެވެ.

މި ގަވާއިދުގެ ދެ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާލެވޭ އަގު ކަނޑައަޅާނީ، ރިޒޯޓު ތަރައްގީކުރުމުގެ ގޮތުން އެ ކުންފުންޏަކަށް ކުއްޔަށް ދޫކުރެވިފައިވާ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް، އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ، ކޮންމެ އިންސައްތައަކަށް ފަސް އެމެރިކާ ޑޮލަރުގެ މަގުން އަގު ކުރުމަށްފަހު ޖެހޭ އަދަދަށްވާ މިންވަރަށް ކަމަށް ގަވައިދުގައިވެއެވެ. އަދި މި ގަވައިދުގެ ދަށުން ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ މުއާމަލާތް ކުރިއަށް ގެންދަންވާނީ، ސަރުކާރާއި، ހިއްސާ ގަންނަ ހިއްސާދާރު ނުވަތަ ހިއްސާދާރުންގެ ދެމެދުގައި ލިޔުމުން ވެވޭ ހިއްސާ ވިއްކާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ހިއްސާ ވިއްކާލުމުގެ އެއްބަސްވުމުގައި ވިއްކާލެވޭ ހިއްސާގެ މިންވަރާއި ވިއްކާލެވޭ ހިއްސާގެ އަގު އަދާކުރާނޭ ގޮތުގެ ތަފުސީލުގެ އިތުރުން ވިއްކާލެވޭ ހިއްސާގެ އަގު އަދާކޮށް ނިންމުމަށް ކަނޑައެޅޭ މުއްދަތު ހިމެނެންޖެހެއެވެ.

ސަރުކާރުގެ ފަރާތުން ވިއްކާލާ ހިއްސާއަށް ކަނޑައެޅޭ އަގު، ހިއްސާ ގަންނަ ފަރާތުން އެއްފަހަރާ ދައްކައި އަގު އަދާކުރާ ގޮތަށް ނުވަތަ ހިއްސާ ވިއްކާލުމުގެ އެއްބަސްވުމުގައި ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ބައިބަޔަށް ބަހާލައިގެން ދައްކައި ޚަލާޞްކުރާގޮތަށް ކަނޑައެޅުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވާއިރު، އަގު އަދާކުރުމަށް ދެވޭނޭ އެންމެ ދިގު މުއްދަތަކީ 18 މަސް ދުވަސްކަމަށް ގަވައިދުގައި ވަނީ ކަނޑައަޅާފައެވެ. އަދި ސަރުކާރުގެ ފަރާތުން ވިއްކާލާ ހިއްސާއަށް ކަނޑައެޅޭ އަގު، ހިއްސާ ގަންނަ ފަރާތުން އަދާކޮށް ޚަލާޞްކުރާ ތާރީޚުން ފެށިގެން ގިނަވެގެން ސަރުކާރު ބަންދު ނޫން 15 ދުވަހުގެ ތެރޭގައި، ރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގައި، ހިއްސާ ބަދަލުކުރުމާ ގުޅޭގޮތުން ކުންފުނީގެ ފަރާތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށް ނިންމަން ޖެހޭނެ ކަމަށް ގަވައިދުގައިވެއެވެ.

ޓޫރިިޒަމާއި ބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ (ކ) ގެ ދަށުން ބާރު ލިބިގެން ހަދާފައިވާ މިގަވައިދުގެ ދަށުން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތައް، ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތައް ކަމަށް ބަލަނީ ޓޫރިޒަމާބެހޭ ގާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަންފެށުމުގެ ކުރިން އުފައްދާފައިވާ ކުންފުންޏާއި އެކުންފުނީގެ ހުއްދަ ކުރެވިފައިވާ ރައުސްމާލުގެ ތެރެއިން އަގު އަދާކޮށްފައިވާ ހިއްސާގެ އެއްވެސް މިންވަރެއް ދިވެހިސަރުކާރުގެ އިތުރުން، ތިންވަނަ އަމިއްލަ ހިއްސާދާރެއް ނުވާ ކުންފުނިތަކާއި ކުންފުނީގެ އަސާސީ ގަވާއިދާއި އަދި ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި އެ ކުންފުނި އުފެއްދުމުގެ މަގްސަދުގެ ގޮތުގައި ހަމައެކަނި ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުން ކަމަށް ބަޔާންކޮށްފައިވާ ކުންފުނިތަކެވެ.

ފިނޭންސް މިނިސްޓްރީމިނިސްޓްރީ އޮފް ޓުއަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު