Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ފަތުރުވެރިކަން

250،000ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި

ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ހިދުމަތްދިނުމަށް އޮޕަރޭޓްކުރަމުން ދަނީ 45,527 އެނދު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 21 މާރިޗު 2021 | އާދީއްތަ 20:40
ރާއްޖެ އައިސްފައިވާ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި

ރާއްޖެ އައިސްފައިވާ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި

އަހަރުގެ މިހާތަނަށް 250,000ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މަރޗް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 255,903 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. 2020 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 382,075 ފަތުރުވެރިންނެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޖެނުއަރީ މަހު ރާއްޖެއަށް 92,103 ފަތުރުވެރިން އައިސްފައިވާއިރު، ފެބްރުއަރީ މަހު އައިސްފައި ވަނީ 96,881 ފަތުރުވެރިންނެވެ. އަދި މަރޗް މަހުގެ ފުރަތަމަ 20 ދުވަހު 66,918 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މަރޗް 20ގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއައި ފަތުރުވެރިންގެ 23.9 އިންސައްތަ ހިއްސާކުރާއިރު، ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ރަޝިއާއިން ހިއްސާކުރަނީ 21.7 އިންސައްތައެވެ. ޔޫކްރެއިނުން އައި ފަތުރުވެރިން 6.4 އިންސައްތަ ހިއްސާކުރާއިރު، ކަޒަކިސްތާނުން އައި ފަތުރުވެރިން 4.4 އިންސައްތަ ހިއްސާކުރާއިރު، ޖަރުމަނުން އައި ފަތުރުވެރިން ހިއްސާކުރަނީ 4.2 އިންސައްތައެވެ.

ރޫމޭނިއާއިން އައި ފަތުރުވެރިން 3.3 އިންސައްތަ ހިއްސާކުރާއިރު، ޗެކްރިޕަބްލިކުން އައި ފަތުރުވެރިން ހިއްސާކުރަނީ 2.7 އިންސައްތައެވެ. އެމެރިކާއިން އައި ފަތުރުވެރިން 2.5 އިންސައްތަ ހިއްސާކުރާއިރު، ފްރާންސުން އައި ފަތުރުވެރިންވެސް ހިއްސާކުރަނީ 2.5 އިންސައްތައެވެ. އަދި ސްވިޒަލޭންޑުން އައި ފަތުރުވެރިން ހިއްސާކުރަނީ 2.4 އިންސައްތައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މަރޗް 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 682 ޓޫރިސްޓު ފެސިލިޓީއެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 45,527 އެނދު ދަނީ މިހާރު އޮޕަރޭޓްކުރަމުންނެވެ.

އެގޮތުން މިހާތަނަށް 149 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 34,344 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 11 ހޮޓަލެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ހޮޓާތަކުގައި މިވަގުތު އޮޕަރޭޓްކުރަމުން ދަނީ 1,458 އެނދެވެ. އަދި 137 ސަފާރީއެއްގައި 2,699 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ 18 އަތޮޅެއްގެ 56 ރަށެއްގައި މިހާރު 385 ގެސްޓް ހައުސް ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ގެސްޓް ހައުސްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިވަގުތު އޮޕަރޭޓްކުރަމުންދަނީ 7,026 އެނދެވެ.

ފާއިތުވި އަހަރުގެ މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމުގެ ހުއްދަ ލިބިގެންދިޔައީ ހަމަ އެކަނި ރިސޯޓްތަކަށާއި ސަފާރީތަކަށެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ފުރުސަތު 2020ގެ އޮކްޓޫބަރ 15 ވަނަ ދުވަހު ދީފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާފައިވަނީ އެއަހަރުގެ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު ނަމަވެސް 2020 ވަނަ އަހަރު ވެގެން ގޮސްފައި ވަނީ ބައިނަލްއަގްވާމީ މަޝްރަހުގައި ރާއްޖޭގެ ކާމިޔާބު އަހަރަކަށެވެ. އެގޮތުން އަހަރު ނިމުނުއިރު ރާއްޖެއަށް 555,494 ފަތުރުވެރިން އައިސްފައިވާއިރު، ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމަށްވާ ވޯލްޑް ޓްރެވަލްސް އެވޯޑްގެ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އަހަރު ނިމުނުއިރު ރާއްޖޭގެ ފަތުރުވެރިކަމަށް އައު ގިނަ މާކެޓްތަކެއްވެސް ވަނީ ތައާރަފްވެފައެވެ.

ޓޫރިޒަމް މިނިސްޓްރީޓޫރިސްޓް އެނދުޓޫރިސްޓް ފެސިލިޓީފަތުރުވެނިން

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު

ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު

29 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

8 ފެބުރުއަރީ
"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"
20251 އަހަރު ކުރިން
ރިޕޯޓު

"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި
20233 އަހަރު ކުރިން
ރާއްޖެ

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި
20224 އަހަރު ކުރިން
ރާއްޖެ

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!
20215 އަހަރު ކުރިން
ރާއްޖެ

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު