Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުންޏާ ބެހޭ ސްޓްރެޓެޖީ

ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމާ ގުޅޭ ޤައުމީ ސިޔާސަތުގެ ސްޓްރެޓެޖީއެއް އެކުލަވާލަނީ

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަކީ މި ސްޓްރެޓެޖީގެ އެއް ބޭނުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 މާރިޗު 2021 | ހޮނިހިރު 17:01
ވެމްކޯގެ މުވައްޒަފުން ކުނި ނަގަނީ

ވެމްކޯގެ މުވައްޒަފުން ކުނި ނަގަނީ

ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމާ ގުޅޭ ޤައުމީ ސިޔާސަތު މުރާޖާކޮށް، އަޕްޑޭޓްކުރުމާ ގުޅޭ ޤައުމީ ސްޓްރެޓެޖީ އެކުލަވާލަން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިކަމަށްޓަކައި ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަމުންދާ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ވޯރލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުގެ ހިލޭ އެހީގައި އެ މިނިސްޓްރީން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ދަށުން، ނޭޝަނަލް ވޭސްޓް އެންޑް ރިސޯރސް މެނޭޖުމެންޓް ޕޮލިސީ އަދި ސްޓްރެޓެޖީ އެކުލަވާލުމަށް ކޮންސަލްޓެންސީީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމާ ގުޅޭ ޤައުމީ ސިޔާސަތުތައް މުރާޖާކޮށް، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު، އެ ދާއިރާ އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށް ބޭނުންވާ ސްޓްރެޓެޖީ އާއި އިމްޕްލިމެންޓެންޝަން ޕްލޭނެއް (ކުރު ރާސްތާ، މެދު ރާސްތާ އަދި ދުރު ރާސްތާއަށް އަމާޒުކޮށް) އެކުލަވާލުން ކަމަށެވެ. އަދި މިހާރު އެކުލަވާލެވިފައިވާ ކުނި މެނޭޖުކުރުމާ ބެހޭ ޤާނޫނުގެ ބިލުގެ ދެލިކޮޕީއަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، އެ ބިލު އަޕްޑޭޓްކުރުމަކީވެސް މަގުސަދެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއުލާންވެސް ކޮށްފައެވެ. އަދި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ، އެ ދާއިރާގެ ތަޖުރިބާހުރި، ކޮންސަލްޓެންސީ ފާރމްތަކުން ޝައުޤުވެރިކަން ފާޅުކޮށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ޝައުގުވެރިވާ ފާރމްތަކުން، މި މަސައްކަތް ފުރިހަމަކުުރުމަށް އެ ފަރާތްތަކުގެ ޤާބިލިއްޔަތާއި، ކަމާ ގުޅޭ ތަޖުރިބާ ހުރިކަން އަންގައިދޭކަން ސާބިތުކޮށްދިނުމާއެކު ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތުގެ / ފާރމްގެ ޕްރޮފައިލް، ކުރީގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިއުންތަކާއި، އޭގެ ތަފުޞީލު އަދި ހުށަހަޅާ ޓީމުގައި ހިމެނޭ މެންބަރުން (ކީ އެކްސްޕާޓުން) ގެ ވަނަވަރާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހެޅުމަށް ވަނީ އަންގާފައެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝައުގުވެރިވާ އަދި ޝަރުތުހަމަވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއެންވަޔަރަމަންޓް މިނިސްޓްރީތިމާވެށި

ކޮމެންޓް

އިތުރަށް ކިޔާލަން

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު