Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމުގެ އިންތިޚާބު

ވީއޭއެމުގެ އިންތިޚާބު ބޭއްވުމަށް ލަތީފަށް ފުރިހަމައަށް އެއްބާރުލުން ދޭނަން: ހީނާ

އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް އެކަށީގެންވާ ވަގުތު ވަނީ ލިބިފައި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 18 މާރިޗު 2021 | ބުރާސްފަތި 10:14
ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ)

ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ)

މައްސަލަ ބޮޑުވެފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބު ބޭއްވުމަށް ފުރިހަމައަށް ވީއޭއެމުގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފަށް އެއްބާރުލުން ދޭނެ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ) ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުޢިއްޔާ އެފްއައިވީބީ އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ، އުފައްދާފައިވާ "އެޑްހޮކް ކޮމިޝަން" އިން ވަނީ ވީއޭއެމުގެ މައްސަލަ ނިންމައި، އަންނަ އޭޕްރީލް މަހު އައު އިންތިޚާބު ބޭއްވުމަށް އަންގާފައެވެ. އެގޮތުން އެފްއައިވީބީގެ އެންގުމުގައި ވަނީ މައްސަލަ ބޮޑުވެފައިވާ ވީއޭއެމުގެ އިންތިޚާބުގައި ވޯޓުލެވޭނީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދުގެ ތެރެއިން، މަދުވެގެން ތިން އަހަރު ކޮންމެވެސް އެއް މުބާރާތެއްގައި ވާދަކޮށްފައިވާ ކުލަބުތަކަށް ކަމަށެވެ. އެ ގޮތުން ތިން އަހަރުގައި ގަވާއިދުން އެއް މުބާރާތެއް ކުޅެފައިވަނީ ޖުމްލަ ނުވަ ކުލަބެއް ކަމަށާއި، އެހެންކަމުން އައު އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންދާނީ އެ ނުވަ ކުލަބަށް ކަމަށްވެސް ވަނީ އަންގާފައެވެ.

މީގެ ކުރިން ވީއޭއެމުގެ އިންތިޚާބީ ހިންގާ ކޮމިޓީ އުވާލީ ހީނާއެވެ. އެގޮތުން ވީއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ފުރަތަމަ ފަސް މެންބަރުންގެ ކޮމިޓީއަކުން ވީއޭއެމް ހިންގާފައިވާއިރު، އެފްއައިވީބީގެ އިންޒާރާއެކު ފަހުން އެ ކޮމިޓީ އުވާލިއެވެ.

އެކަމަކު އެއަށްފަހު 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ވީއޭއެމްގެ މެންބަރު ކުލަބުތަކުން އިސްވެ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ ލަތީފުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގާފައެވެ. އެއާއެކު އެ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް ވަނީ ވީއޭއެމުގެ އިންތިޚާބު ބޭއްވެންދެން ކުރަންޖެހޭ ކަންކަން ކުރުމަށާއި، ވީއޭއެމުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ނޯމަލައިޒިންގ ކޮމިޓީއެއް އެކުލަވާލާފައެވެ.

ވީއޭއެމުގެ މައްޗަށް ބަސްބުނެ ވާހަކަދެއްކުމުގެ އެއްވެސް ޙައްޤެއް ލަތީފަށް ލިބިގެންނުވާ ކަމަށާއި ވޮލީބޯޅައިގެ ކުލަބުތާއި، ސިވިލް ކޯޓުންވެސް އެގޮތަށް ނިންމާފައިވާ ކަމަށް މީގެ ކުރިން ހީނާ ވިދާޅުވެފައިވާތީ، އިންތިޚާބު ބޭއްވުމަށް ލަތީފަށް ފުރުސަތު ދޭނެތޯ ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ހިނާ ވިދާޅުވީ އެފްއައިވީބީން އެންގި އެންގުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ ހައިސިއްޔަތުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

މި ހިނގާ މާޗު މަހުގެ 24 ވަނަ ދުވަހު ފުރަތަމަ ކޮންގްރެސް ބޭއްވުމަށްފަހު އަންނަ އެޕްރީލް މަހުގެ އެއްވަނަ ދުވަހު ވީއޭއެމުގެ އިންތިޚާބު ބޭއްވުމަށް އެފްއައިވީބީން އަންގާފައިވާއިރު، ހީނާ ވިދާޅުވީ އެ ތާރީޚުތަކަށް އެކަންކޮށް ނިންމަން ޖެހޭ ކަމަށާއި، އިންތިޚާބުގައި ކުރިމަތިލާ ކެންޑިޑޭޓުންނަށް އިންތިޚާބަށް ތައްޔާރުވުމަށް ފުރިހަމަ ވަގުތު ލިބުނު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހީނާ ވިދާޅުވީ އެފްއައިވީބިން ވީއޭއެމުގެ އިންތިޚާބުގައި ވޯޓުލެވޭނެ ކަމަށް ބުނެފައިވާ ނުވަ ކުލަބުގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެ ކުލަބުތަކަކީ ކޮމިޝަނާ އޮފް ސްޕޯޓްސްއިން ލިޔުންދީފައިވާ ކުލަބުތައް ކަމަށެވެ. އަދި އެ ކުލަބުތަކުގެ ސައްޙަކަން އެފްއައިވީބީއަށްވެސް މީގެ ކުރިން ފޮނުވާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ވީއޭއެމުގެ އިންތިޚާބުގައި ނުވަ ކުލަބަށް ވޯޓުލެވޭއިރު، އެ ކުލަބުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބު، ޕޮލިސް ކުލަބު، އައްޑޫ ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ހޯކްސް، ގުޑީސް ސްޕޯޓްސް ކުލަބު، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޔޫތު ނިއު ޖަނަރޭޝަން އަދި ކުލަބު ހާފް ލައިން ލިންކޭޖެވެ.

އެފްއައިވީބީގެ ނިންމުމާއެކު ވީއޭއެމުގެ އިންތިޚާބު ބޭއްވުމަށް ދެ ކޮންގްރެސް އެއް ބޭއްވިގެންދާނެއެވެ. އޭގެ ތެރޭއިން އިންތިޚާބީ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ކޮންގްރެސް މި މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް އެފްއައިވީބީން ވަނީ އަންގާފައެވެ. އެ ކޮންގްރެސްގައި ވީއޭއެމުގެ އިންތިޚާބުގައި ވޯޓުލެވޭނެ ކުލަބުތައް ފައިނަލް ކުރުމާއި، އިންތިޚާބާ ގުޅޭ އެންމެހާ ކަންކަން ނިންމަން ޖެހޭނެއެވެ. އަދި ދެވަނަ ކޮންގްރެސްގައި ވީއޭއެމުގެ އިންތިޚާބު ބާއްވަން ޖެހޭއިރު، އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު އެ ކޮންގްރެސް ބޭއްވުމަށް އެފްއައިވީބީން ވަނީ އެދިފައެވެ. އެއާއެކު އަންނަ ހަފުތާގެ ބުދަ ދުވަހު ފުރަތަމަ ކޮންގްރެސް ބޭއްވުމަށް ވީއޭއެމުން މިހާރު ނިންމާފައިވާއިރު އެކަމުގެ ލިޔުންތައް ކުލަބުތަކަށާއި ކޮމިޝަނާއަށް މިހާރު ވަނީ ފޮނުވާފައެވެ.

ހީނާ އަޙްމަދު ސަލީމްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު