Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެކްސިން

ވެކްސިންގެ ދެވަނަ ޑޯޒް ހާއްސަ ހާލަތްތަކުގައި ޖަހައިދޭނެ: އެޗްއީއޯސީ

17 މާރިޗު 2021 | ބުދަ 07:39

ދެ ވަނަ ޑޯޒް އަދި ދޭން ނުފަށާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 މާރިޗު 2021 | ބުދަ 07:39
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކޮވިޑް ވެކްސިން ޖައްސަވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކޮވިޑް ވެކްސިން ޖައްސަވަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް އަދި ދޭން ނުފަށާ ކަމަށާއި އެހެންނަމަވެސް ހާއްސަ ހާލަތްތަކުގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭނެ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

އެޗްއީއޯސީ އިން ބުނީ ދެ ވަނަ ޑޯޒް ދެނީ، އިމަޖެންސީ ހާލަތްތަކުގައި ނުވަތަ ދަތުރެއް ކުރަން ޖެހިފައި އޮތުމުން، ވެކްސިން ޖަހަން 08 ހަފުތާ ފަހުން ނާދެވޭ މީހުންނަށް ކަމަށާއި މި ހާލަތްތަކުގައި ވެކްސިން ދޭނީ، އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅުމުން ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ދިނުން މާރޗް 15 ވަނަ ދުވަހު މެދުކަނޑާލާފައިވާއިރު ހާއްސަ ކެޓެގަރީގެ މީހުންނަށް ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ދިނުން، އަންނަ ހޮނިހިރު ދުވަހު (މާރޗް 20) ގައި ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ޚާއްސަ ކެޓަގަރީގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނާއި، ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުންނެވެ. އަދި ވެކްސިން ދިނުން މެދުކަނޑާލިއިރު ކަރަންޓީނުގައި ތިބި މީހުންނާއި، ރާއްޖެއިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނާއި، މާލެއިން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނާއި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަމަ ޑޯޒް ދޭން ފެށީ ފެބުރުއަރީ މަހުގެ 1 ގައެވެ. މިހާތަނަށް މާލެ ސަރަޙައްދުން ވެސް 121،630 މީހަކު ވެކްސިން ޖަހާފައިވާއިރު، މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 214،486ށް އަރާފައެވެ.

ރާއްޖޭގައި މިހާތަނަށް ވެކްސިން ދެވިފައިވަނީ އާބާދީގެ ގާތްގަނޑަކަށް 46 އިންސައްތައަށް ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވަނީ ބުނެފައެވެ. ރާއްޖޭގައި އަދި މިހާތަނަށް ދެމުން ގެންދަނީ ކޮވިޝީލްޑް ވެކްސިނެވެ. އެހެންނަމަވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އެމެރިކާގެ ފައިޒަރ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިނާއި ޗައިނާގެ ސިނޯފާމް ވެކްސިން ޖެހުމުގެ ހުއްދަ ދީފައެވެ. އެގޮތުން ސިނޯފާމް ވެކްސިން ޖަހާނީ 18-60 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ. އަދި ފައިޒަރ ވެކްސިން މިހާރު ވެސް ވެކްސިން ދޭން ނިންމާފައިވަނީ މިހާރު ވެސް ވެކްސިން ދޭ އުމުރުފުރާތަކުގެ މީހުންނަށެވެ.

ސިނޯފާމްގެ 18،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ވަނީ ލިބިފައެވެ. ފައިޒަރ ވެކްސިންގެ 58،050 ޑޯޒް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިވެކްސިން ލިބޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އިތުރު ވެކްސިންތައް ގެނައުމުގެ މަސައްކަތްތައް އެޗްއީއޯސީން ކުރަމުންދާއިރު، ސީރަމް އިންޓިއުޓާއެއްކޮށް ކޮވިޝީލްޑްގެ އިތުރު 300،000 ޑޯޒެއް ގަތުމަށް އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 200،000 ޑޯޒް ވެކްސިން ލިބޭނެކަން އެޗްއީއޯސީން ހާމަކޮށްފައިވާއިރު، ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 108،000 ޑޯޒްގެ ވެކްސިންގެ 12،000 ޑޯޒް މިހާތަނަށް ލިބިފައިވާ ކަމަށާއި, އޭގެ ބާކީ ބައި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި  އެސްޓްރާޒެނެކާގެ 700،000 ޑޯޒް ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި ވެކްސިން ވެސް މި މަހު ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅު ލިބޭނެ ކަމަށް ބެލެވެއެވެ.

ކޮވިޑް-19 ވެކްސިން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
17 އޯގަސްޓު 2022

އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

17 އޯގަސްޓު 2022
އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު
17 އޯގަސްޓު 2022

ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

17 އޯގަސްޓު 2022
ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި
16 އޯގަސްޓު 2022

ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

16 އޯގަސްޓު 2022
ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ
15 އޯގަސްޓު 2022

ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް

15 އޯގަސްޓު 2022
ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް
01 އޯގަސްޓު 2022

ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން

01 އޯގަސްޓު 2022
ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން
07 ޖުލައި 2022

އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ

07 ޖުލައި 2022
އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ
04 ޖޫން 2022

އެމެރިކާއިން ރާއްޖެއަށް 100،000އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފި

04 ޖޫން 2022
އެމެރިކާއިން ރާއްޖެއަށް 100،000އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފި
25 އެޕްރީލު 2022

ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު

25 އެޕްރީލު 2022
ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް