Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމުގެ މައްސަލަ

އެފްއައިވީބީން ގޮތެއް ނިންމައިފި، އިންތިޚާބުގައި ވޯޓުލެވޭނީ ނުވަ ކުލަބަށް

17 މާރިޗު 2021 | ބުދަ 05:23

އޭޕްރީލް މަހުގެ އެއްވަނަ ދުވަހު އިންތިޚާބީ ކޮންގްރެސް ބޭއްވުމަށް އެދިފައިވޭ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 17 މާރިޗު 2021 | ބުދަ 05:23
2018 ވަނަ އަހަރުގެ ޤައުމީ މުބާރާތުގެ ތައްޓާއެކު ޕޮލިސް ކުލަބު

2018 ވަނަ އަހަރުގެ ޤައުމީ މުބާރާތުގެ ތައްޓާއެކު ޕޮލިސް ކުލަބު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުޢިއްޔާ (އެފްއައިވީބީ) އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ، އުފައްދާފައިވާ "އެޑްހޮކް ކޮމިޝަން" އިން ވީއޭއެމުގެ މައްސަލަ ނިންމައި، އައު އިންތިޚާބަކަށް ދިޔުމަށް ގައިޑްލައިނެއް އެކުލަވާލައިފިއެވެ.

ވީއޭއެމުގެ އެންމެފަހުގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފަށްވެސް އެޑްރެސްކޮށް އަންގާފައިވާ އެންގުމުގައި ވަނީ މައްސަލަ ބޮޑުވެފައިވާ ވީއޭއެމުގެ އިންތިޚާބުގައި ވޯޓުލެވޭނީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދުގެ ތެރެއިން، މަދުވެގެން ތިން އަހަރު ކޮންމެވެސް އެއް މުބާރާތެއްގައި ވާދަކޮށްފައިވާ ކުލަބުތަކަށް ކަމަށެވެ. އެ ގޮތުން ތިން އަހަރުގައި ގަވާއިދުން އެއް މުބާރާތެއް ކުޅެފައިވަނީ ޖުމްލަ ނުވަ ކުލަބެއް ކަމަށާއި، އެހެންކަމުން އައު އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންދާނީ އެ ނުވަ ކުލަބަށް ކަމަށްވެސް ވަނީ އަންގާފައެވެ.

އެ ކުލަބުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބު، ޕޮލިސް ކުލަބު، އައްޑޫ ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ހޯކްސް، ގުޑީސް ސްޕޯޓްސް ކުލަބު، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޔޫތު ނިއު ޖަނަރޭޝަން އަދި ކުލަބު ހާފް ލައިން ލިންކޭޖެވެ.

އެފްއައިވީބީގެ ނިންމުމާއެކު ވީއޭއެމުގެ އިންތިޚާބު ބޭއްވުމަށް ދެ ކޮންގްރެސް އެއް ބޭއްވިގެންދާނެއެވެ. އޭގެ ތެރޭއިން އިންތިޚާބީ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ކޮންގްރެސް މި ހިނގާ މާޗު މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް އެފްއައިވީބީން ވަނީ އަންގާފައެވެ. އެ ކޮންގްރެސްގައި ވީއޭއެމުގެ އިންތިޚާބުގައި ވޯޓުލެވޭނެ ކުލަބުތައް ފައިނަލް ކުރުމާއި، އިންތިޚާބާ ގުޅޭ އެެންމެހާ ކަންކަން ނިންމަން ޖެހޭނެއެވެ. އަދި ދެވަނަ ކޮންގްރެސްގައި ވީއޭއެމުގެ އިންތިޚާބު ބާއްވަން ޖެހޭއިރު، އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު އެ ކޮންގްރެސް ބޭއްވުމަށް އެފްއައިވީބީން ވަނީ އެދިފައެވެ. އެއާއެކު އަންނަ ހަފުތާގެ ބުދަ ދުވަހު ފުރަތަމަ ކޮންގްރެސް ބޭއްވުމަށް ވީއޭއެމުން މިހާރު ވަނީ ތާވަލުކޮށްފައެވެ. އަދި އެ ކޮންގްރެސްގައި އިންތިޚާބު ބާއްވާ ދުވަސް ފައިނަލް ކުރާނެއެވެ.

ވީއޭއެމުގެ އިންތިޚާބު ބާއްވަން އެފްއައިވީބިން އެންގިއިރު، މައްސަލަތައް ބޮޑުވެ ވީއޭއެމުގެ އިންތިޚާބީ ހިންގާ ކޮމިޓީ އުވާލައި، ނޯމަލައިޒިންގ ކޮމިޓީއާ އެ އެސޯސިއޭޝަން ހިންގުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ) ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ފުރަތަމަ ފަސް މެންބަރުންގެ ކޮމިޓީއަކުން ވީއޭއެމް ހިންގާފައިވާއިރު، އެފްއައިވީބީގެ އިންޒާރާއެކު ފަހުން އެ ކޮމިޓީ އުވާލިއެވެ.

އެކަމަކު އެއަށްފަހު 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ވީއޭއެމްގެ މެންބަރު ކުލަބުތަކުން އިސްވެ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ ލަތީފުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގާފައެވެ. އެއާއެކު އެ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް ވަނީ ވީއޭއެމުގެ އިންތިޚާބު ބޭއްވެންދެން ކުރަންޖެހޭ ކަންކަން ކުރުމަށާއި، ވީއޭއެމުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ނޯމަލައިޒިންގ ކޮމިޓީއެއް އެކުލަވާލާފައެވެ.

ކުރިއަށް އޮތް ވީއޭއެމުގެ އިންތިޚާބުގައި ވާދަނުކުރައްވަން ލަތީފް ނިންމާފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ލަތީފުގެ ދައުރު ވަނީ ހަމަވެފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް