Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް ގަވައިދު

އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް ގަވައިދު އާންމުކޮށްފި

17 މާރިޗު 2021 | ބުދަ 04:12

މީރާއާއެކު އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމަށް އެދި، "އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދުން" ފޯމު ފުރިހަމަކުރަން ޖެހޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 މާރިޗު 2021 | ބުދަ 04:12
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

ޓެެކްސް ދައްކާ ފަރާތަކުން ގުޅުންހުރި ފަރާތަކާއެކު ކުރުމަށް ގަސްތުކުރާ މުޢާމަލާތަކާ ގުޅިގެން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށް އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް ގަވައިދު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެޒެޓްކޮށްފިއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 1-53 ވަނަ މާއްދާގެ (ރ)ގެ ދަށުން މީރާގެ ބޯޑަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަދާފައިވާ މިގަވައިދުގެ ދަށުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 68 ވަނަ މާއްދާގެ (ރ) ރައްދުވާ ބައިނަލްއަގްވާމީ މުއާމަލާތެއް ކޮށްފައިވާ ނުވަތަ ކުރަން ގަސްތުކުރާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކާއި އެ މާއްދާ ރައްދުވާ ބައިނަލްއަގްވާމީ މުއާމަލާތެއް ކޮށްފައިވާ ނުވަތަ ކުރަން ގަސްދުކުރާ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިޔަފާރިކުރާ، އަދި ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމަށް އެދި ހުށަހެޅޭނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމަށް އެދޭ ފަރާތްތަކުން ޕްރީ-ފައިލިންގ ކޮންސަލްޓޭޝަނަކަށް އެދި، "ޕްރީ-ފައިލިންގ ކޮންސަލްޓޭޝަނަކަށް އެދުން" ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންޖެހެއެވެ. އަދި ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކާ ގުޅޭ ޕްރީ-ފައިލިންގ ކޮންސަލްޓޭޝަނެއްނަމަ، އެ ކޮންސަލްޓޭޝަނުގައި ރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީ، ނުވަތަ އެ ކޮމްޕިޓަންޓް އޮތޯރިޓީ ތަމްސީލުކުރާ ފަރާތް ބައިވެރިވާންޖެހެއެވެ.

މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ޕްރީ-ފައިލިންގ ކޮންސަލްޓޭޝަން ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މީރާއާއެކު އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމަށް އެދި، "އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދުން" ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑަޅާފައިވާ މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންޖެހެއެވެ. މިފޯމުގައި ހިމަނަންޖެހޭ ކަންކަމާއި މައުލޫމާތުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތުން ހިންގާ ވިޔަފާރި ހަރަކާތްތަކުގެ އަދި އެޑްވާންސް ޕްރައިސިންގ އެގްރީމަންޓުގައި ހިމެނުމަށް އެ ފަރާތުން ހުށަހަޅާ މުއާމަލާތްތައް ނުވަތަ އިންތިޒާމުތަކުގެ ތައާރަފަކާއި، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގެ ހުދޫދާއި މުއްދަތުގެ ގޮތުގައި ހުށަހަޅާ ހުށަހެޅުމާއި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ގެ 68 ވަނަ މާއްދާގެ (ށ)އެ މުއާމަލާތަށް ނުވަތަ އިންތިޒާމަށް ރައްދުވާ ގޮތުގެ ތަފްސީލާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްސް ލެންތުގެ އުސޫލުތަކާ އެއްގޮތަށް، އެޑްވާންސް ޕްރައިސިންގ އެއްބަސްވުން މެދުވެރިކޮށް، ޓްރާންސްފަރ ޕްރައިސް ކަނޑައަޅަން ހުށަހަޅާ ގޮތުގެ ތަފްސީލް ހިމެނެއެވެ.

މީގެ އިތުރުން ހުށަހަޅާ މުއާމަލާތުގައި ނުވަތަ އިންތިޒާމުގައި ބައިވެރިވާ ގުޅުންހުރި ފަރާތަކަކީކޮން ފަރާތެއްކަމާއި، ޓެކުހުގެ ބޭނުމަށް އެ ފަރާތް ވަޒަންވެރިވެފައިވަނީ ކޮން ތަނެއްގައިކަމުގެ އިތުރުން ޓެކްސް ދައްކާ ފަރާތުން އެ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ބައިވެރިކުރާން އެދޭ އެހެން ޖުރިސްޑިކްޝަން ނުވަތަ ޖުރިސްޑިކްޝަންތަކަކީ ކޮބައިކަން އަދި މިހާރު ބޭނުންކުރަމުންދާ ނުވަތަ ބޭނުންކުރަން ގަސްދުކުރާ ޓްރާންސްފަރ ޕްރައިސިންގ މެތަޑަށާއި، އެއްބަސްވުމުގެ ބައިވެރިއަކަށް ނިސްބަތްވާ އެއްވެސް މައުލޫމާތަކަށް އަސަރުކޮށްފާނެ މައުލޫމާތުތައް "އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދުން" ފޯމުގައި ހިމަނަންޖެހެއެވެ.

މި މާއްދާގެ ދަށުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމުގައި ކަމެއް އުނިވާނަމަ، ނުވަތަ ހުށަހަޅާންޖެހޭ ލިޔެކިޔުމެއް މަދުވާނަމަ، އެ ކަމެއް ފުރިހަމަކުރުމަށް 45 ދުވަހުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތަށް މީރާއިން އަންގަންޖެހެއެވެ. މާއްދާގެ (ނ)ގެ ދަށުން ހުށަހެޅުން ފުރިހަމަކުރުމަށް، ޓެކްސް ދައްކާ ފަރާތަށް، 30 ދުވަހަށްވުރެ ކުރުނޫން މުއްދަތެއް ދޭންޖެހޭއިރު، މި މާއްދާގެ (ރ)ގެ ދަށުން، ހުށަހެޅުން ފުރިހަމަކުރުމަށް ދެވޭ މުއްދަތުގައި އެ ހުށަހެޅުން ފުރިހަމަކޮށްފައި ނުވާނަމަ، އެ ގޮތަށް ޢަމަލުނުކުރެވުނު ސަބަބު ބަޔާންކުރުމަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ ހުށަހެޅުން އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނިންމުމުގެ އިޚްތިޔާރު، ޔުނިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ހަވާލުވެހުރި މީރާގެ އޮފިސަރަށް، އަދި ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ހުށަހެޅި ފަރާތަށް އަނބުރައި ގެންދެވޭއިރު، އެގޮތުން ހުށަހެޅުން އަނބުރައި ގެންދާނަމަ، ލިޔުމުން މީރާއަށް އެކަން އަންގަންޖެހެއެވެ. އަދި އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ހިމެނޭ ކޮންމެ ޓެކްސް އަހަރަކަށް، އަހަރީ ކޮމްޕްލައަންސް ރިޕޯޓެއް، އެ ޓެކްސް އަހަރަށް ހުށަހަޅާ އިންކަމް ޓެކްސް ބަޔާނާއެކު، ވިދިގެން އަންނަ ޓެކްސް އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަންޖެހެއެވެ.

މީގެ އިތުރުން މިގަވައިދުގައި އެއްބަސްވެފައިވާ ގޮތަށް އަމަލުނުކުރުން ނުވަތަ ހާލަތު ބަދަލުވުމުން އަމަލުކުރާނެ ގޮތާއި އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ބާތިލުކުރާނެ ގޮތުގެ އިތުރުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ނިމުމަކަށް ގެންނާނެ ގޮތް އަދި އެޑްވާންސް ޕްރައިސިންގ އެއްބަސްވުން އިސްލާހުކުރާނެ ގޮތް ވަނީ އަންގާފައެވެ. އަދި ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުންތަކުގެ މައުލޫމާތު މިގަވައިދުގައި ހިމެނެއެވެ.

މަރޗް 16 ވަނަ ދުވަހު ގަވައިދު ގެޒެޓްކޮށް، ގަވައިދަށް އަމަލުކުރަން ވަނީ ފަށާފައެވެ.

މީރާމޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
21 އޯގަސްޓު 2025

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ
06 އޯގަސްޓު 2025

ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

06 އޯގަސްޓު 2025
ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު
06 އޯގަސްޓު 2025

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު
05 އޯގަސްޓު 2025

ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

05 އޯގަސްޓު 2025
ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"
04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
04 އޯގަސްޓު 2025

މީރާގެ ބޯޑަށް އައްޔަންކުރައްވަން ރައީސް މުއިއްޒު އިސްކަންދެއްވީ ޕީއެންސީގެ މެންބަރު ސައުދުﷲ ގެ ދަރިކަލުންނަށް

04 އޯގަސްޓު 2025
މީރާގެ ބޯޑަށް އައްޔަންކުރައްވަން ރައީސް މުއިއްޒު އިސްކަންދެއްވީ ޕީއެންސީގެ މެންބަރު ސައުދުﷲ ގެ ދަރިކަލުންނަށް
13 ޖުލައި 2025

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

13 ޖުލައި 2025
މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި
12 ޖުލައި 2025

މުދަލު ޒަކާތް ދައްކަމުންދާ މިންވަރު ދެގުނަ އިތުރުވެއްޖެ

12 ޖުލައި 2025
މުދަލު ޒަކާތް ދައްކަމުންދާ މިންވަރު ދެގުނަ އިތުރުވެއްޖެ
04 އޮކްޓޯބަރު 2024

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

04 އޮކްޓޯބަރު 2024
ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް