Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބްރެޒިލްގައި ވެކްސިން ޖެހުމާ ދެކޮޅު ހެދުން

ބްރެޒިލްގައި ކޮވިޑު ވެކްސިން ޖެހުން ލާޒިމު ނުކުރެވޭ ގޮތް ހެދުމަށް ބިލު ހުށައެޅުއްވި އޮފިޝަލަކު ކޮވިޑު ޖެހިގެން މަރުވެއްޖެ

ބިލުގެ ބޭނުމަކީ ކޮވިޑު ވެކްސިން ޖެހުން ލާޒިމު ނުކުރެވޭ ގޮތް ހެދުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 މާރިޗު 2021 | ހޯމަ 17:34
ބްރެޒިލްގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ- އެ ޤައުމުން 11 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވޭ

ބްރެޒިލްގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ- އެ ޤައުމުން 11 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވޭ

ބްރެޒިލްގައި ވެކްސިން ޖެހުން ލާޒިމު ކުރުމާ ދެކޮޅަށް ބިލެއް ހުށައެޅުއްވި އޮފިޝަލަކު ކޮވިޑު ޖެހިގެން މަރުވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން ކޮވިޑު ޖެހިގެން މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ސިލްވިއޯ އެންޓޯނިއޯ ފަވޭރޯއެވެ. ސިލްވިއޯގެ އާއިލާއާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުން އޭނާ މަރުވެފައިވަނީ ކޮވިޑު ޖެހިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ފެބްރުއަރީ މަސް ތެރޭގައި އޭނާ ވަނީ ކޮވިޑު ވެކްސިން ޖެހުން ލާޒިމު ނުކުރެވޭ ގޮތް ހެދުމަށް ސްޓޭޓް ލެޖިސްލޭޗަރއަށް ބިލެއް ހުށައަޅުއްވާފައެވެ.

ރިޕޯޓުތައް ބުނާގޮތުން ސިލްވިއޯއަކީވެސް ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ފަދައިން ކޮވިޑް ވެކްސިން ޖެހުމަކީ ބޭނުންތެރި ކަމެއް ނޫންކަމަށް ދޭހަވާ ބީދައިން ވާހަކަ ދައްކަވަމުން ގެންދަވާ ފަރާތެކެވެ. އެހެންނަމަވެސް، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައި ބްރެޒިލްގެ ސުޕްރީމް ކޯޓުންވަނީ ކޮވިޑު ވެކްސިން ނުޖަހާ ފަރާތްތަކާމެދު ބައެއް ކަހަލަ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ދީފައެވެ. އެކަމުގެ ސަބަބުން ބައެއް ކަހަލަ އާންމު ޚިދުމަތްތައް ލިބިގަތުމުގައިވެސް ވެކްސިން ނުޖަހާ ފަރާތްތަކަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ. ޚުދު ބްރެޒިލްގެ ރައީސް ބޮލްސޮނާރޯވެސް ވަނީ ސުޕްރީމް ކޯޓުގެ މި ނިންމުމާ ދެކޮޅަށް ސިލްވިއޯ ހުށައެޅުއްވި ބިލަށް ތާއީދު ކުރައްވާފައެވެ.

ބްރެޒިލްއިން މިހާތަނަށް 11 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 278،000ށް ވުރެ ގިނަ މީހުން ވަނީ މި ވައިރަސް ޖެހިގެން މަރުވެފައެވެ. އެ ޤައުމުގައި ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ކޮވިޑް ޖެހިގެން މަރުވަމުން ދިޔައިރުވެސް ބޮލްސޮނާރޯ ގެންދެވީ މާސްކް އެޅުއްވުމެއް، އަދި އިޖުތިމާއީ ގައިދުރުކަމެއް ނެތި އެއްވުންތައް ބާއްވައި، ރެލީތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. ދާދި ފަހުންވެސް އެ ޤައުމުން ރެކޯޑު އަދަދުތަކަށް މީހުން މަރުވަމުން ދިއުމާ ގުޅިގެންވެސް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، "މާބޮޑަށް ޝަކުވާ ނުކޮށް ހަމަޖެހިލުމަށެވެ".

ބްރެޒިލްކޮވިޑް-19ކޮވިޑް-19 ވެކްސިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު