Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް މައުމޫން

ރާއްޖެ ކުރިއަށްދާނީ ގައުމީ އަދި އިސްލާމީ ވިސްނުމުގައި: މައުމޫން

ވޭރުވެދިޔަ ދިގު މުއްދަތުގައި ރާއްޖެ ކުރިއަށް ދިޔައީ ގައުމީ އަދި އިސްލާމީ ވިސްނުމުގައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 13 މާރިޗު 2021 | ހޮނިހިރު 13:36
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ފޮޓޯ : ޔޫސުފް ސޮފްވާން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ފޮޓޯ : ޔޫސުފް ސޮފްވާން

ވޭތުވެދިޔަ ދިގު މުއްދަތުގައި ރާއްޖެ ކުރިއަށް ދިޔައީ ގައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށާއި، ދެން ވެސް ކުރިއަށްދާނީ އެގޮތަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޭރުވެދިޔަ ދިގު މުއްދަތުގައި ރާއްޖެ ކުރިއަށް ދިޔައީ ގައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށާއި، އަދި އިރާދަކުރެއްވިޔާ ދެން ވެސް ރާއްޖެ ކުރިއަށްދާނީ ހަމަ ގައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށެވެ. ރައީސް މައުމޫން މިހެން ވިދާޅުވި ނަމަވެސް އެއީ އެމަނިކުފާނު ކޮންކަމަކާ ގުޅުވައިގެން ވިދާޅުވި އެއްޗެއް ކަމެއް ސާފުކޮށްދެއްވާފައެއް ނުވެއެވެ.

Advertisement - newsAdvertisement

ރައީސް މައުމޫން މިހެން ވިދާޅުވި އިރު، އެމަނިކުފާނުގެ ވެސް ހިމެނިވަޑައިގަންނަވާ ކޯލިޝަން ސަރުކާރަށް އަންނަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އެގޮތުން މި ސަރުކާރަކީ ދީނާ ހިލާފަށް ކަންކަން ކުރާ ސަރުކާރެއް ކަމަށް އިދިކޮޅުން ބުނާއިރު، އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސަރަ ކުރި ޖަމިއްޔާތަކަކާއި އެ ނޫން ވެސް ބައެއްގެ މައްސަލަތަކެއް ފާއިތުވި ދެތިން އަހަރެއްގެ ތެރޭގައި ފެންމަތިވެފައިވެއެވެ.

އެ ފަރާތްތަކުގެ މައްޗަށް އެދެވޭ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި، އެމީހުންގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ އިސްވެރިން ހިމެނޭ ކަމަށް އިދިކޮޅުން ތުހުމަތުކުރާއިރު، އިދިކޮޅުން އެކި ފަހަރު އެކި ނަމުގައި ބާއްވަމުން އަންނަ ސިލްސިލާ އެއްވުންތައް ވެސް ބާއްވަނީ ގައުމު ސަލާމަތްކުރަން ކުރާ ގައުމީ މަސައްކަތެއްގެ ނަމުގައެވެ.

ދާދި ފަހުން ރައީސް މައުމޫން އިދިކޮޅު ކޯލިޝަނާ ގުޅެން އުޅޭ ކަމުގެ ވާހަކަތައް ފެތުރި އެމަނިކުފާނުގެ އެމްއާރްއެމް އަށް ނިސްބަތްވާ މެމްބަރުން އިދިކޮޅު އެއްވުންތަކުގައި ބައިވެރިވާ ކަމުގެ ވާހަކަތައް ވެސް ފެތުރިފައިވެއެވެ. އެކަމަކު އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި، އެކަހަލަ މަޝްވަރާއެއް ވެސް ނެތް ކަމަށް ބުނެ އެމްއާރްއެމްއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

03 ނޮވެމްބަރު 2024
ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

03 ނޮވެމްބަރު 2024
ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

25 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު