Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ ޅޮހި މޮނިޓަރިންގ އަށް ލުން

ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ޅޮހި މޮނިޓަރިންގ އަށް

ހޮނިިހިރު ދުވަހު ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 މާރިޗު 2021 | ހޮނިހިރު 00:10
ނ ޅޮހި - ޅޮހީން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ނެގި ސާމްޕަލްތަކެއް

ނ ޅޮހި - ޅޮހީން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ނެގި ސާމްޕަލްތަކެއް

ނ ޅޮހީގައި ހޯމް ކަރަންޓީނުގައިވާ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފިއެވެ.

ޅޮހި މޮނިޓަރިންގ އަށް ލީކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މަރޗް މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 14:32ން ފެށިގެން ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރާކަމަށެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ޅޮހީގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ހޮނިިހިރު ދުވަހު ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްކުރާނެ ކަމަށެވެ. ޅޮހީން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ނެގި ސާމްޕަލްތަކެކެވެ. އެއަށްފަހު ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ތިބިއިރު ކޮންޓެކްޓްވި އާއިލާ ބައެއްކަމަށް މައުލޫމާތު ލިބެއެވެ.

ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ޅޮހި މޮނިޓަރިންގ އަށް ލާފައިވާއިރު ޅޮހީ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައި ހޮޓާ ރެސްޓޯރެންޓްތަކުން ޑެލިވަރީ އަދި ޓޭކްއަވޭގެ ޚިދުމަތް ދިނުމާއި ފިހާރަތައް ރޭގަނޑު 10:00 އިރު ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ކަސްރަތު ކުލާސްތަކާއި ހުރިހާ ކުޅިވަރު ކުޅޭތަންތަން ބަންދުކުރަން ނިންމާފައިވާއިރު ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީ އަދި ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކުލާސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން މަގުމަތީގައި ޖޯލިފަދަ ތަކެތި ބަހައްޓައިގެން ނުތިބުމަށްވެސް ޅޮހީގެ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އަންގާފައެވެ.

ޅޮހި މޮނިޓަރިންގ އަށް ގެނެސްފައިވާއިރު އދ. ފެންފުށިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ އެ ރަށް ވެސް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.

ކޮވިޑް-19މޮނިޓަރިންގ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު