Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުމަރު ސީރީޒް ރާއްޖެޓީވީން ދައްކަނީ

އުމަރު ސީރީޒްގެ ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ގަނެ މިފަހަރުގެ ރަމަޟާން މަހު ދައްކަނީ

31 އެޕިސޯޑް ހިމެނޭ މިސީރީޒް ދައްކާނީ ކޮންމެ ރެއެއްގެވެސް 10:30 ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 މާރިޗު 2021 | ބުރާސްފަތި 14:48
އުމަރު ސީރީޒް

އުމަރު ސީރީޒް

މުސްލިމުންގެ ދެ ވަނަ ޚަލީފާ އުމަރު ބިން ޚައްޠާބުގެ ހަޔާތްޕުޅުގެ މައްޗަށް ހަދާފައިވާ ސީރީޒްކަމުގައިވާ "އުމަރު ސީރީޒް"ގެ ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެ ޓީވީން ގަނެ މިއަހަރުގެ ރަމަޟާން މަހު ގެނެސްދިނުމަށް ހަމަޖެހިއްޖެއެވެ.

މިސީރީޒްގެ އެކްސްކްލޫސިވް ރައިޓްސް ގަނެ ދިވެހި ބަހުން ޑަބްކޮށްގެން މިއަހަރުގެ ރަމަޟާން މަހު ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. ކޮންމެ ރެއަކުވެސް މިސީރީޒް ގެނެސްދޭއިރު ކޮންމެ ދެ ރެއިން އެއް ރޭ އައު އެޕިސޯޑެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 31 އެޕިސޯޑް ހިމެނޭ މިސީރީޒް ދައްކާނީ ކޮންމެ ރެއެއްގެވެސް 10:30 ގައެވެ.

އުމަރު ސީރީޒްގެ ބްރޯޑްކާސްޓިން ރައިޓްސް ގަނެ މިސީރީޒް އާންމުންނާ ހަމައަށް މި ގެނެސްދެނީ ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުންނެވެ. އަދި މަޝްހޫރު ސީރީޒްއެއް ދިވެހި ބަހުން ޑަބްކޮށް ދިވެހި އޯޑިއަންސާ ހަމައަށް ގެނެސްދިނުމަކީވެސް މިކަމުގެ މަގްސަދެކެވެ.

އުމަރު ސީރީޒްއަކީ ގަތަރު ޓީވީގެ އުފެއްދުމެކެވެ. ގަތަރު މީޑިޔާ އެޖެންސީ (ގަތަރު ޓީވީ) އާއި މިޑްލް އީސްޓް ބްރޯޑްކާސްޓިން ސެންޓަރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އުފައްދާފައިވާ މިސީރީޒްއަކީ އަރަބް ޕްރޮޑަކްޝަނަކުން މިހާތަނަށް އުފެއްދި އެންމެ ބޮޑު ޕްރޮޑަކްޝަން ކަމަށް މިޑްލް އީސްޓް ބްރޯޑްކާސްޓިން ސެންޓަރުން ވަނީ ބުނެފައެވެ. މިސީރީޒްގައި 30،000 އެކްޓަރުން ހަރަކާތްތެރި ވެފައިވާއިރު 10 ގައުމަކުން ޓެކްނިކަލް ޓީމުތައް ވަނީ ބައިވެރިވެފައެވެ.

މިސީރީޒްގެ ޑައިރެކްޓަރ ބުނެފައިވަނީ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކުރިމަތިވިކަމަކީ މައްކާގެ އޭރުގެ މަންޒަރުތައް ގެނެސްދިނުން ކަމަށެވެ. އަދި އެންމެ ދުވަހެއްގެ ޝޫޓިންއަށް ވެސް 500 އެކްޓަރުން އެންމެ މަދުވެގެން ބޭނުންވި ކަމަށް ވަނީ ބުނެފައެވެ. އެދުވަސްވަރު ހިނގާފައިވާ ގިނަ ހަނގުރާމަތަކެއްވެސް މިސީރީޒްގައި ހިމެނެއެވެ.

އެންމެ ފުރަތަމަ މިސީރީޒް ދައްކާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އެއަހަރުގެ ރަމަޟާން މަހުއެވެ. 200 މިލިއަން ސައުދީ ރިޔާލުގެ ބަޖެޓަކުން ހަދާފައިވާ މިސީރީޒް ޝޫޓްކޮށްފައިވަނީ މޮރޮކޯގައެވެ.

މިސީރީޒް އެކި ބަހުން ޑަބްކޮށްގެން މިހާތަނަށް ގެނެސްދީފައިވާއިރު އިނގިރޭސި ބަހުން ސަބްޓައިޓަލް އަރުވައިގެން ޔޫޓިޔުބަށްވެސް މިސީރީޒް ވަނީ އަޕްލޯޑްކޮށްފައެވެ. މިހާތަނަށް އައިއިރު 10 ގައުމެއްގެ ޓީވީ ސްޓޭޝަންތަކުން އެގައުމުތަކުގެ ރަސްމީ ބަހުން ޑަބްކޮށްގެން މިސީރީޒް ގެނެސްދީފައިވެއެވެ. އޭގެތެރޭގައި ތުރުކީ، އިންޑޮނީޝިޔާ، އިރާން އަދި މިސްރު ހިމެނެއެވެ. މިއީ ދިވެހި ބަހުން ޑަބްކޮށްގެން މިސީރިޒް ގެނެސްދޭ ފުރަތަމަ ފަހަރެވެ.

ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މިސީރިޒްގައި އުމަރުގެފާނު އިސްލާމްވުމުގެ ކުރީގެ ހާދިސާތަކުން ފެށިގެން ޝަހީދުކޮށްލުމާ ހަމައަށް ގެނެސްދީފައިވެއެވެ.

އެގޮތުން އުމަރުގެފާނު މައްކާގައި ހޭދަކުރެއްވި ދުވަސްވަރާއި ރަސޫލާ(ޞ) ސުވަރުގެ ވަޑައިގެންނެވުމާއި މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ޚަލީފާކަމުގައި ހިނގާދިޔަ ކަންތައްތައްވެސް މިސީރީޒްގައި ގެނެސްދެއެވެ.

ރާއްޖެޓީވީން ވަނީ މިސީރީޒް ސްޕޮންސަރކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ. މިސީރީޒްގެ ދިވެހި ޓްރެއިލަރ ރާއްޖެޓީވީން ވަނީ އާންމުކޮށްފައެވެ.

އުމަރު ސީރީޒްރާއްޖެ ޓީވީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
21 އޮކްޓޯބަރު 2025

"އައްޑޫއަށް މޮޅީ ކޮންގޮތެއް؟" ރާއްޖެޓީވީގެ ޙާއްސަ ބަހުސް ބުދަ ދުވަހުގެ ރޭ!

21 އޮކްޓޯބަރު 2025
"އައްޑޫއަށް މޮޅީ ކޮންގޮތެއް؟" ރާއްޖެޓީވީގެ ޙާއްސަ ބަހުސް ބުދަ ދުވަހުގެ ރޭ!
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
03 އޮކްޓޯބަރު 2025

އެސެޓް ރިކަވަރީ ގާނޫނަކީ ރައްޔިތުންނަށް ދައްކާ ދަޅައެއް، އަޅުގަނޑު އަތުގައި ފައިސާއެއް މުދަލެއް ނެތް: ފައްޔާޒް

03 އޮކްޓޯބަރު 2025
އެސެޓް ރިކަވަރީ ގާނޫނަކީ ރައްޔިތުންނަށް ދައްކާ ދަޅައެއް، އަޅުގަނޑު އަތުގައި ފައިސާއެއް މުދަލެއް ނެތް: ފައްޔާޒް
30 ސެޕްޓެމްބަރު 2025

"އޮޅުމަކުން" ދޮރުވައްޓާލާ ގެޔަށް ވަނުމަށްފަހު ފުލުހުންބުނީ ސޮރީއޭ

30 ސެޕްޓެމްބަރު 2025
"އޮޅުމަކުން" ދޮރުވައްޓާލާ ގެޔަށް ވަނުމަށްފަހު ފުލުހުންބުނީ ސޮރީއޭ
30 ސެޕްޓެމްބަރު 2025

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އަކީ އެޑިޓެއް، ސައްޔާރާގެ ތީމް ލަވަ މޯދީވެސް ކިޔާފަ އެބައިން: ޝިއުނާ

30 ސެޕްޓެމްބަރު 2025
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އަކީ އެޑިޓެއް، ސައްޔާރާގެ ތީމް ލަވަ މޯދީވެސް ކިޔާފަ އެބައިން: ޝިއުނާ
22 ސެޕްޓެމްބަރު 2025

މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.

22 ސެޕްޓެމްބަރު 2025
މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.
19 ސެޕްޓެމްބަރު 2025

ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް

19 ސެޕްޓެމްބަރު 2025
ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް
17 ސެޕްޓެމްބަރު 2025

މަރުގެ އިންޒާރުދިން މައްސަލައިގައި، އާމިރު ފުލުހަށް ބަޔާންދީފީ

17 ސެޕްޓެމްބަރު 2025
މަރުގެ އިންޒާރުދިން މައްސަލައިގައި، އާމިރު ފުލުހަށް ބަޔާންދީފީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު