Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހުން

15ގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލިނަމަވެސް ވަކި އުމުރުފުރައިގެ މީހުންނަށް ވެކްސިން ދޭނެ

ބަލި ހަލުވިކަމާއެކު ފެތުރެމުންދާއިރު ބަލިން ފުރިހަމަ ރައްކާތެރިކަން ލިބޭނީ ވެކްސިންގެ ދެ ޑޯޒުވެސް ފުރިހަމަކޮށްގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 11 މާރިޗު 2021 | ބުރާސްފަތި 10:39
ކޮވިޑް-19 ވެކްސިން ޖެހުން

ކޮވިޑް-19 ވެކްސިން ޖެހުން

މާލެ ސަރަޙައްދުގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން އަންނަ ހަފްތާގެ ހޯމަ ދުވަހާ ހަމައަށް (15 މާރޗް 2021) ކުރިއަށް ގެންދާގޮތަށް ނިންމާފައިވީ ނަމަވެސް މިތާރީހުގެ ފަހުން ވެސް ވަކި އުމުރުފުރައިގެ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ކުރިއަށްދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ އެމީހުންގެ ތެރޭގައި ހިމެނެނީ ބަލިން ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދޭ ފަރާތްތަކާއި (އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން)، ޕޮސިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުންނާއި (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)، ކޮންޓެކްޓްވެ ކަރަންޓީންގައި ތިބި މީހުންނަށެވެ. އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި، ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުންގެ އިތުރުން ބައްޔެއްގެ ސަބަބުން، ޞިއްޙީ ޙާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުންނަށް ކަމަށެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ މިދިޔަ މަހު އެކެއްގައި ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭން ފަށައިގެން ކުރިއަށްދާއިރު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ކޮންމެވެސް އެއް ހިސާބަކުން ދެވަނަ ޑޯޒު ޖަހަން ފަށަން ޖެހޭނެކަން ފަހަގަކުރައްވައި ވިދާޅުވީ ބަލި ހަލުވިކަމާއެކު ފެތުރެމުންދާއިރު ބަލިން ފުރިހަމަ ރައްކާތެރިކަން ލިބޭނީ ވެކްސިންގެ ދެ ޑޯޒުވެސް ފުރިހަމަކޮށްގެން ކަމަށެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ ދުވާލެއްގެ މައްޗަށް 10،000 ޑޯޒު ވެކްސިން ޖެހުމުގެ ގާބިލްކަން ރާއްޖޭގައި އެބަހުރި ކަމަށާއި މި މުއްދަތުގެ ތެރޭގައި މާލޭގައި 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމާލެވޭނެ ކަމަށެވެ.

ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ނިންމާފައި ވަނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުންނެވެ. މިދިޔަ މަހު އެކެއްގައި ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަން ފެށިއިރު އެ އުސޫލުން ބަލާ ނަމަ ދެވަނަ ޑޯޒު ޖަހަން ފަށަން ޖެހޭނީ މޭ މަހުގެ ތެރޭގައެވެ. ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒު މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް އިންޑިއާއިން ގެނެސްފައިވާއިރު އެ ޑޯޒުތައް ހުސްވަންދެން ވެކްސިން ޖަހާނެ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ. އަދި އޭގެ ފަހުންވެސް އިންޑިއާއިން ވަނީ ކޮވިޝީލްޑްގެ އިތުރު އެއް ލައްކަ ޑޯޒު ރާއްޖެއަށް ގެނެސްފައެވެ.

ޗައިނާގެ ސިނޮފާމް ވެކްސިން ވެސް ހެޔޮ އެދޭ ފަރާތްތަކުން ރާއްޖެއަށް ހަދިޔާކޮށްފައިވީ ނަމަވެސް އެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައެއް ނުވެއެވެ.

ރާއްޖޭގައި މިހާތަނަށް 175,000ށް ވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާއިރު އޭގެ ތެރެއިން 99،821 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 75,635 މީހުންނެވެ. މާލެ ސަރަހައްދުގައި ހުކުރު ނޫން އެހެން ހުރިހާ ދުވަހެއްގައި ވެސް ވެކްސިން ޖެހުމުގެ ހިދުމަތް ލިބޭނެއެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2022

ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

21 ނޮވެމްބަރު 2022
ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި
07 ނޮވެމްބަރު 2022

1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

07 ނޮވެމްބަރު 2022
1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
24 އޮކްޓޯބަރު 2022

1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

24 އޮކްޓޯބަރު 2022
1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
10 އޮކްޓޯބަރު 2022

1345 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

10 އޮކްޓޯބަރު 2022
1345 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
26 ސެޕްޓެމްބަރު 2022

1338 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ފުރިހަމަކޮށްފި

26 ސެޕްޓެމްބަރު 2022
1338 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ފުރިހަމަކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު