Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރު ޒަހާ އިތުބާރުނެތްކަމުގެ މައްސަލަ

މިނިސްޓަރު ޒަހާގެ ދިފާއުގައި ރައީސް މައުމޫނު ނުކުމެވަޑައިގެންފި

ޒަހާ އަކީ އެމްއާރްއެމްގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނަވާ ބޭފުޅެއް

އަމްނާ އިމާދު
އަމްނާ އިމާދު | 11 މާރިޗު 2021 | ބުރާސްފަތި 01:57
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، މީގެކުރިން ވެރިކަން ކުރާ މައި ޕާޓީކަމުގައިވާ އެމްޑީޕީން ވަނީ ޒަހާގެ އިތުބާރުނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައި

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، މީގެކުރިން ވެރިކަން ކުރާ މައި ޕާޓީކަމުގައިވާ އެމްޑީޕީން ވަނީ ޒަހާގެ އިތުބާރުނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައި

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އިދިކޮޅު 10 މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަފައިވަނިކޮށް، އެކަމަނާގެ ދިފާއުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ނުކުމެވަޑައިގެންފިއެވެ.

ޒަހާ އަކީ މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނަވާ ބޭފުޅެކެވެ.

Advertisement - newsAdvertisement

މިނިސްޓަރު ޒަހާ ދިފާއުކުރައްވައި ރައީސް މައުމޫނު ވިދާޅުވީ ޒަހާއަށް އެމްއާރްއެމްގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އިތުރުން ގައުމަށް ކޮށްދެއްވަނީ ފާހަގަކޮށްލެވޭ ވަރުގެ ޚިދުމަތެއް ކަމަށެވެ.

މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމަށް ބުނެ ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ވަނީ މިމައްސަލަ ހުށަހަޅަނީ މަސްވެރިކަމާގުޅޭ ސަރުކާރުގެ ވައުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުވުމުގެ ޒިންމާ ފިޝަރީޒް މިނިސްޓަރަށް އަދާނުކުރެވޭތީއާއި ޒަހާ އެމަގާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތައް އިތުރަށް ނިކަމެތި ވެގެންދާނެ ކަމެއްކަމަށްވާތީ ކަމަށެވެ.

މީގެއިތުރުން ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވި މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދެވޭކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދީ މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތެއް ނުހަދައި ދިވެހި އިގްތިޞާދުގެ ރޫފަހެޔޮ ނުކުރެވި މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރިންނަށް ހޯދައިނުދެވޭކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ރަށްތަކާ ދުރަށް ދުއްވައިގެން އާންމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކުގައި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ގާއިމުނުކުރުމާއި ތެލާއި އައިސް ފަދަ ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވަންޖެހޭތީ މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ ދަށުން މިމައްސަލަ ހުށަހަޅާކަމަށް ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓަރމިނިސްޓަރު ޒަހާރައީސް މައުމޫން އަބްދުލް ގައްޔޫމް

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2025

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ
03 ނޮވެމްބަރު 2024

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން
03 ނޮވެމްބަރު 2024

ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

03 ނޮވެމްބަރު 2024
ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"
03 ނޮވެމްބަރު 2024

ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

03 ނޮވެމްބަރު 2024
ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު
25 ޑިސެމްބަރު 2023

ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

25 ޑިސެމްބަރު 2023
ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު