Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ. އުނގޫފާރު ހޮސްޕިޓަލް

ރ. އުނގޫފާރުގައި ރީޖަނަލް ހޮސްޕިޓަލް އެކްސްޓެކްޝަން އިމާރާތުގެ ބިންގާ އަޅައިފި

އުނގޫފާރު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތަކީ 72 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 8 މާރިޗު 2021 | ހޯމަ 13:07
ރ. އުނގޫފާރު ހޮސްޕިޓަލުގެ އެކްސްޓެކްޝަން އިމާރާތުގެ ބިންގާ އެޅުން

ރ. އުނގޫފާރު ހޮސްޕިޓަލުގެ އެކްސްޓެކްޝަން އިމާރާތުގެ ބިންގާ އެޅުން

ރ. އުނގޫފާރުގައި ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އުނގޫފާރުގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އެ އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމެވެ. އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 72 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓު ނިމުމުން އެ އިމާރާތުން ވަރަށް ގިނަ ހިދުމަތްތައް ލިބެން ހުންނާނެއެވެ. އެގޮތުން ހޮސްޕިޓަލުގެ ފުރަތަމަ ފްލޯގައި 10 އެނދުގެ އެމަޖެންސީ ރޫމެއް، އަދި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. އެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުން ސީޓީ ސްކޭން ހެދުމާއި، ދެ އެކްސްރޭ ރޫމް އަދި މެމޮގްރަފީގެ އިތުރަށް އަލްޓްރާ ސައުންޑް ސްކޭނިން އާއި، އެމްއާރްއައިގެ ހިދުމަތްވެސް ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރަށް ފުރަތަމަ ފްލޯގައި އައު ލެބޯޓްރީއެއްގެ އިތުރަށް ދެ ކޮޓަރީގެ އޮޕަރޭޝަން ތިއޭޓަރެއް ހަދަން ނިންމާފައިވާއިރު އޭގެ ތެރެއިން އެއް ކޮޓަރި ހާއްސަ ކުރާނީ ހަމައެކަނި ކަށީގެ އޮޕަރޭޝަންތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ދެވަނަ ފްލޯގައި، ފިޒިއޮތެރަޕީ ރޫމްއަކާއި ނުވަ ޕްރައިވެޓް ކޮޓަރި އަޅަން ވަނީ ނިންމާފައެވެ. އަދި މީގެ އިތުރަށް ހޮސްޕިޓަލް މެދުވެރިކޮށް އެ އަތޮޅުގެ އެހެން ރަށްރަށަށް މޯބައިލް ލެބޯޓްރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އުނގޫފާރުގައި ހޮސްޕިޓަލް އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅައި ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ކުރިއަށް އޮތް ހަތް މަސް ދުވަސް ތެރޭގައި އުނގޫފާރު ހޮސްޕިޓަލުން ޓާޝަރީ ހޮސްޕިޓަލް ފެންވަރުގެ ހިދުމަތް ދެވޭވަރު ކޮށްދެއްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވެފައިވެއެވެ. އެގޮތުން، ހޮސްޕިޓަލަށް ބޭނުންވާ ސްޕެޝަލިސްޓުން 17ން 26ށް އިތުރުކޮށް، އެހެނިހެން މުވައްޒަފުންގެ ޢަދަދު 183ން 220ށް އިތުރުކޮށްފައިވާކަން ފާހަގަކުރައްވައި އަދިވެސް އިތުރު ހިދުމަތްތަކަށް ތައްޔާރުވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
07 އޯގަސްޓު 2025

ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް

07 އޯގަސްޓު 2025
ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް
07 އޯގަސްޓު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

07 އޯގަސްޓު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ

17 އެޕްރީލު 2025
ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު