Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެންޓިލޭޓަރު މައްސަލަ

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

އާބިޓްރޭޝަން އަށް މައްސަލަ ހުށަހެޅީ މިދިޔަ ސަރުކާރުން، އާބިޓްރޭޝަނުން ވެސް ބުނެފައިވަނީ ފައިސާ އަނބުރާ ދޭން ޖެހޭނެ ކަމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2025 | ބުދަ 10:41
ފުރާނަ ސަލާމަތް ކުރުމަށް ވެންޓިލޭޓަރަކީ ހޮސްޕިޓަލުތަކުގައި ބޭނުން ކުރާ މުހިންމު އާލާތެއް

ފުރާނަ ސަލާމަތް ކުރުމަށް ވެންޓިލޭޓަރަކީ ހޮސްޕިޓަލުތަކުގައި ބޭނުން ކުރާ މުހިންމު އާލާތެއް

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އަންގާރަ ދުވަހު އަމުރުކޮށްފި އެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ބުދަ ދުވަހު ވިދާޅުވީ، ދިވެހި ސަރުކާރަށް 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައްކަން އެގްޒެކިއުޓާސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދުބާއީގެ ކޯޓަކުން އަންގާރަ ދުވަހު އަމުރެއް ނެރެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ފެށުމަކީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ހެލްތު މިނިސްޓްރީ މެދުވެރިކޮށް އެގްޒެކިއުޓާސްއާ އެކު ވެފައިވާ އެއްބަސްވުމެކެވެ. ނަމަވެސް އެ ކުންފުނިން އެއްބަސްވުމާ ހިލާފުވުމާ ގުޅިގެން، މިދިޔަ އަހަރުގެ މާޗު މަހު މި މައްސަލަ ދުބާއީގެ ކޯޓަށް ހުށަހެޅުނެވެ.

ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން، މިދިޔަ ސަރުކާރުން، 2023 ވަަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ އެ ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައެވެ.

ދުބާއީގައި ހިންގާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ އާ ދެކޮޅަށް ކުރީ ސަރުކާރުން ފުރަތަމަ މައްސަލަ ހުށަހެޅީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށެވެ.

މިދިޔަ ސަރުކާރުގެ އެޓަރނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި އޭރު ބުނެފައި ވަނީ، 2020 ވަނަ އަހަރުގެ ފެބްރުއަރީ 2 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ އާ ދެމެދު ވެފައިވާ އެއްބަސްވުމާ އެ ކުންފުނިން ޚިލާފުވެފައިވާ ކަމަށެވެ. މި މައްސަލަ 2023 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އާބިޓްރޭޝަނަށް ފޮނުވިފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އާބިޓްރޭޝަނުން ވަނީ ބަދަލާއި އާބިޓްރޭޝަނަށް ދައްކަންޖެހޭ ފައިސާއާ އެކު 32 މިލިއަން ރުފިޔާ ދެއްކުމަށް އަމުރުކޮށްފައެވެ. އެހެންނަމަވެސް އެ އަމުރަށް ތަބާނުވުމާ ގުޅިގެން، ޖޫރިމަނާ ހިމަނައިގެން ދެވަނަ ފަހަރަށް އަމުރު ނެރެ، މިހާރު އެ އަދަދު ވަނީ 37 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ކޮވިޑު ގެ އާލަމީ ވަބާގެ ދުވަސްވަރު ޖުމްލަ 75 ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ދިނެވެ. އެއްބަސްވިގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތައް ފޯރުކޮށްނުދިނެވެ.

އާބިޓްރޭޝަނުން ނިންމުމުން ވެސް އެ ފައިސާ ދިވެހި ސަރުކާރަށް އަނބުރާ ދީފައި ނުވާތީ އެ މައްސަލަ ދުބާއީގެ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.

ވެންޓިލޭޓަރުތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ބައެއް ރާއްޖެއަށް ގެނެވުނު ނަމަވެސް، އެ ތަކެތި ބޭނުންކުރެވޭ ފެންވަރުގައި ނެތުމާއި، ބާކީ ވެންޓިލޭޓަރުތައް ހަވާލު ނުކުރުމުން، ހެލްތު މިނިސްޓްރީން 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކުރުމަށް އެންގިއެވެ. ނަމަވެސް މިހާތަނަށްވެސް އެ ފައިސާ ލިބިފައިނުވެއެވެ.

ބަންޑާރަ ނައިބު އުޝާމް ފާހަގަ ކުރެއްވި ގޮތުގައި، އާބިޓްރޭޝަން ކުރިއަށްދިޔައިރު ވެސް އެގްޒެކިއުޓާސް ކުންފުނިން އެއްވެސް ބަޔާނެއް ހުށަހަޅާފައެއް ނުވެއެވެ. ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށްވާތީ، މައްސަލަ ކުރިއަށް ގެންދިޔައީ ދުބާއީގެ ކޯޓުގައެވެ.

ވެންޓިލޭޓަރު މައްސަލައެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގރާއްޖެ-ޔޫއޭއީހެލްތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު