Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިޤްތިސާދު

ކޮވިޑްގެ ހާލަތު އައުމުގެ ކުރިން ޖީޑީޕީ ހުރި މިންވަރަށް ދެވޭނީ 2022 ވަނަ އަހަރު ފެށޭ ހިސާބުގައި: ފިނޭންސް މިނިސްޓަރ

އަންދާޒާ ކުރިވަރަށް ވުރެން ރަނގަޅަށް އިޤްތިސާދު ހިނގައިގަތް ކަމަށް ޤަބޫލު ކުރެވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 8 މާރިޗު 2021 | ހޯމަ 08:26
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ދެއްވި އިންޓަވިއުގެ ތެރެއިން

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ދެއްވި އިންޓަވިއުގެ ތެރެއިން

ކޮވިޑްގެ ހާލަތު އައުމުގެ ކުރިން ޖީޑީޕީ ހުރި މިންވަރަށް ދެވޭނީ 2022 ވަނަ އަހަރު ފެށޭ ހިސާބުގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އޮޑިޓް ލައިސަންސް ދޫކުރުމަށް އޮޑިޓަރ ޖެނެރަލް އޮފީހުގައި ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖޭގެ އިޤްތިސާދީ ދުވެލި ހުރި ވަރާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އަމީރު ވިދާޅުވީ 2020 ވަނަ އަހަރު އަންދާޒާ ކުރަމުން އައި 29.5 އިންސައްތައަށް އިޤްތިސާދު ދަށަށް ދާނެ ކަމަށެވެ. އެހެންނަމަވެސް އޮކްޓޯބަރ، ނޮވެމްބަރ އަދި ޑިސެމްބަރުގައި އެންމެ ވޯސްޓް ކޭސް ސިނާރިއޯ، އެންމެ ބެސްޓް ކޭސް ސިނާރިއޯއަށް ވުރެން ވެސް ފަތުރުވެރިން ރާއްޖެ އައި މިންވަރު އިތުރުވެގެންދިޔަތަން ކަމަށެވެ.

އަދި އޭރު އަންދާޒާ ކުރިވަރަށް ވުރެ ރަނގަޅަށް އިޤްތިސާދު ހިނގައިގަތް ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި މިއަހަރު ފަތުރުވެރިން ރާއްޖެ އަންނާނެ މިންވަރު އަންދާޒާކުރި އެންމެ ރަނގަޅު މިންވަރަށް ވުރެ ވެސް ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިއަހަރުގެ އިޤްތިސާދުގެ ޖީޑީޕީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ވަނީ ޖީޑީޕީގެ ނިސްބަތުން 27.5 އިންސައްތަ ދަށްވެފައެވެ.

ޑިސެމްބަރ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 14.7 ބިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 23.2 ބިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 8.5 ބިލިއަން ރުފިޔާ ދަށް އަދަދަކެވެ.

2020 ވަނަ އަހަރު ނިމުނު އިރު ދައުލަތުން ވަނީ 30.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ 15.9 ބިލިއަން ރުފިޔާ އިތުރަށް ދައުލަތުން ހަރަދުކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއެވެ. އެހެން ކަމުން 2020 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ އާމްދަނީ ހުރީ ޑެފިސިޓްގައެވެ.

މީގެ އިތުރުން ފާއިތުވި އަހަރު ނިމުނު އިރު ރާއްޖޭގެ ރިއަލް ޖީޑީޕީ ގްރޯތު ވަނީ 29.3 އިންސައްތަ ދަށްވެފައި ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކައެވެ. 2019 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ހުރީ 7 އިންސައްތައިގައެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރު ނިމުނު އިރު ނޮމިނަލް ޖީޑީޕީ 57.9 ބިލިއަން ރުފިޔާގައި ހުރި އިރު، 2019 ވަނަ އަހަރު މި އަދަދު ހުރީ 86.8 ބިލިއަން ރުފިޔާގައިއެވެ. އަދި 2019 ވަނަ އަހަރު ނޮމިނަލް ޖީޑީޕީގެ ގޮތުގައި 5.6 ބިލިއަން ޑޮލަރު ހުރި އިރު، 2020 ވަނަ އަހަރު ނިމުނު އިރު ނޮމިނަލް ޖީޑީޕީގެ ގޮތުގައި ހުރި ޑޮލަރުގެ އަދަދަކީ 3.8 ބިލިއަން ރުފިޔާއެވެ.

2020 ވަނަ އަހަރު ދިވެހި ދައުލަތުގެ އާމްދަނީއަށް ބޮޑު އަސަރެއް ކޮށްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި ލޮޅުމުގެ ސަބަބުންނެވެ. އެގޮތު ރާއްޖެއަށް އާމްދަނީ ލިބޭ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުން ދައުލަތައް ލިބޭ އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެފައިއެވެ.

ފިނޭންސް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު