Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

ރާއްޖެއައި ފަތުރުވެރިންގެ އަދަދު ދެ ލައްކައިން މައްޗަށް

5 މާރިޗު 2021 | ހުކުރު 15:12

ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 މާރިޗު 2021 | ހުކުރު 15:12
ރާއްޖެ އައި ފަތުރުވެރިން

ރާއްޖެ އައި ފަތުރުވެރިން

އަހަރުގެ މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މަރޗް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 200,871 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. 2020 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 341,689 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޖެނުއަރީ މަހު ރާއްޖެއަށް 92,103 ފަތުރުވެރިން އައިސްފައިވާއިރު، ފެބްރުއަރީ މަހު އައިސްފައި ވަނީ 96,881 ފަތުރުވެރިންނެވެ. އަދި މަރޗް މަހުގެ ފުރަތަމަ ހަތަރު ދުވަހު 11,886 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މަރޗް ހަތަރެއްގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެގައުމުން 46,541 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ރަޝިއާއިން 42,417 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޔޫކްރެއިނުން ރާއްޖެ އައިސްފައި ވަނީ 13,350 ފަތުރުވެރިންނެވެ.

ހަތަރު ވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ގައުމެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ކަޒަކިސްތާނެވެ. އެގައުމުން 8,537 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަށް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ޖަރުމަނުން 7,870 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ރޫމޭނިއާއިން އައިސްފައި ވަނީ 7,440 ފަތުރުވެރިންނެވެ. އަދި ފްރާންސުން 5,523 ފަތުރުވެރިން، ޗެކްރިޕަބްލިކުން 5,362 ފަތުރުވެރިން، ސްވިޓްޒަލޭންޑުން 5,243 ފަތުރުންނާއި އިނގިރޭސިވިލާތުން 4,700 ފަތުރުވެރިން އައިސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މަރޗް ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 663 ޓޫރިސްޓު ފެސިލިޓީއެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 45,083 އެނދު ދަނީ މިހާރު އޮޕަރޭޓްކުރަމުންނެވެ.

އެގޮތުން މިހާތަނަށް 18 އަތޮޅެއްގައި 148 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 34,226 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 11 ހޮޓަލެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ހޮޓާތަކުގައި މިވަގުތު އޮޕަރޭޓްކުރަމުން ދަނީ 1,458 އެނދެވެ. އަދި 140 ސަފާރީއެއްގައި 2,723 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ 17 އަތޮޅެއްގެ 52 ރަށެއްގައި މިހާރު 364 ގެސްޓް ހައުސް ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ގެސްޓް ހައުސްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިވަގުތު އޮޕަރޭޓްކުރަމުންދަނީ 6,676 އެނދެވެ.

ފާއިތުވި އަހަރުގެ މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމުގެ ހުއްދަ ލިބިގެންދިޔައީ ހަމަ އެކަނި ރިސޯޓްތަކަށާއި ސަފާރީތަކަށެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ފުރުސަތު 2020ގެ އޮކްޓޫބަރ 15 ވަނަ ދުވަހު ދީފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާފައިވަނީ އެއަހަރުގެ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު ނަމަވެސް 2020 ވަނަ އަހަރު ވެގެން ގޮސްފައި ވަނީ ބައިނަލްއަގްވާމީ މަޝްރަހުގައި ރާއްޖޭގެ ކާމިޔާބު އަހަރަކަށެވެ. އެގޮތުން އަހަރު ނިމުނުއިރު ރާއްޖެއަށް 555,494 ފަތުރުވެރިން އައިސްފައިވާއިރު، ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމަށްވާ ވޯލްޑް ޓްރެވަލްސް އެވޯޑްގެ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އަހަރު ނިމުނުއިރު ރާއްޖޭގެ ފަތުރުވެރިކަމަށް އައު ގިނަ މާކެޓްތަކެއްވެސް ވަނީ ތައާރަފްވެފައެވެ.

ޓޫރިސްޓް އެނދުޓޫރިސްޓް ފެސިލިޓީފަތުރުވެނިން

އިތުރަށް ކިޔާލަން

13 މެއި 2024

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
06 މެއި 2024

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
29 ޑިސެމްބަރު 2023

ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު

29 ޑިސެމްބަރު 2023
ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު
05 ޑިސެމްބަރު 2023

ފަތުރުވެރިކަން: ޓާގެޓު ހާސިލްކުރުމަށް ބާކީ ބޭނުންވަނީ ދެ ލައްކަ ފަތުރުވެރިން

05 ޑިސެމްބަރު 2023
ފަތުރުވެރިކަން: ޓާގެޓު ހާސިލްކުރުމަށް ބާކީ ބޭނުންވަނީ ދެ ލައްކަ ފަތުރުވެރިން
02 ޑިސެމްބަރު 2023

އިގްތިސާދަށް ކުރިއެރުމެއް ނުލިބި، އިގްތިސާދީ ކުރިއެރުން 4 ޕަސެންޓަށް ސޮއްސާލައިފި

02 ޑިސެމްބަރު 2023
އިގްތިސާދަށް ކުރިއެރުމެއް ނުލިބި، އިގްތިސާދީ ކުރިއެރުން 4 ޕަސެންޓަށް ސޮއްސާލައިފި
30 ނޮވެމްބަރު 2023

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު %13 އިތުރުވެއްޖެ

30 ނޮވެމްބަރު 2023
ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު %13 އިތުރުވެއްޖެ
30 އޮކްޓޯބަރު 2023

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި

30 އޮކްޓޯބަރު 2023
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި
27 އޮކްޓޯބަރު 2023

ވާދަވެރި ދެ މާކެޓް، ދެ ހަފުތާއިން ޗައިނާ ވައްޓާލައި އިންޑިއާ ދެވަނަގައި!

27 އޮކްޓޯބަރު 2023
ވާދަވެރި ދެ މާކެޓް، ދެ ހަފުތާއިން ޗައިނާ ވައްޓާލައި އިންޑިއާ ދެވަނަގައި!
06 އޮކްޓޯބަރު 2023

ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!

06 އޮކްޓޯބަރު 2023
ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!
18 ޖުލައި 2023

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް