Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަޖިސްޓްރީ ބާތިލްކުރުން

ސައްހަ ނޫން ލިޔެކިއުންތައް ހުށަހަޅައިގެން ރަޖިސްޓްރީކޮށްފައިވާ ގިނަ ވެހިކަލްތަކެއްގެ ރަޖިސްޓަރީ ބާތިލްކޮށްފި

4 މާރިޗު 2021 | ބުރާސްފަތި 16:45

15 ވެހިކަލްއެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 4 މާރިޗު 2021 | ބުރާސްފަތި 16:45
ޕާކުކޮށްފައިހުރި ސައިކަލުތަކެއް،

ޕާކުކޮށްފައިހުރި ސައިކަލުތަކެއް،

ސައްހަ ނޫން ލިޔެކިއުންތައް ހުށަހަޅައިގެން ރަޖިސްޓްރީކޮށްފައިވާ ގިނަ ވެހިކަލްތަކެއްގެ ރަޖިސްޓަރީ ބާތިލްކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ވެހިކަލްތައް ރަޖިސްޓަރީ ކޮށްފައިވަނީ ސައްހަ ނޫން ލިޔެކިއުންތައް ހުށަހަޅައިގެން ކަމުގައިވާތީ، ބައެއް ވެހިކަލްތަކުގެ ރަޖިސްޓަރީތައް ވަނީ ބާތިލްކޮށްފައި ކަމަށެވެ. އެގޮތުން 15 ވެހިކަލްއެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާ ކަމަށް އެއޮތޯރިޓީން ބުނެއެވެ.

Advertisement - newsAdvertisement

ސައްހަ ނޫން ލިޔެކިއުންތައް ހުށަހަޅައިގެން ރަޖިސްޓްރީކޮށްފައިވާ ގިނަ ވެހިކަލްތަކެއްގެ ރަޖިސްޓަރީ ބާލިތްކޮށްފައިވާއިރު، ރާއްޖޭގައި ލައިސަންސް ދޫކުރުމާއި ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކަންކަމުގައި ވަރަށް ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ފާހަގަކުރެވިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

އޭސީސީގެ ކޮންސަލްޓެންޓް ޑރ. ސިމާދު ސައީދު ވިދާޅުވީ ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލުމާ ގުޅޭ ގޮތުން ވަރަށް ގިނަ ފަރާތްތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެހެން މުއައްސާސާތަކުން އެއްކޮށްފައި ހުރި މައުލޫމާތުތަކަށް ބަލާއިރު އެންމެ ބޮޑަށް ކޮރަޕްޝަން އެކުލެވޭ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ލައިސަންސް ދިނުމުގެ އުސޫލުކަމަށް ޑރ ސިމާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކަންކަމުގެ އިތުރުން ޕްރޮޕަޓީ ރެޖިސްޓްރޭޝަން އަދި ވިސާ ދޫކުރުމުގެ ކަންކަމުގައި ކޮރަޕްޝަނުގެ އަމަލުތައް ގިނަ ކަމަށެވެ.

ޑރ ސިމާދު ވިދާޅުވީ މިހާރު ޓްރާންސްޕޯޓް އޮތޯރިޓީގައި ބޭނުން ކުރާ ސިސްޓަމަކީ ރަނގަޅު ސިސްޓަމެއް ނޫން ކަމަށާއި، ސިސްޓަމްގެ ތެރެއިން ގިނަ ބަޔަކަށް މައުލޫމާތު އޮޅުވާލުމުގެ ފުރުސަތު ލިބޭ ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުމުގެ ގޮތުން ޑިސެންޓްރަލައިޒް ކޮށްގެން ވެސް އެޚިދުމަތް ދިނުމަކީ ކޮރަޕްޝަން ހުއްޓުވޭނެ އެއްގޮތް ކަމަށެވެ.

ލައިސަންސް ދޫކުރުމާއި ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ބޮޑު ކޮރަޕްޝަނެއް އެކުލެވޭކަން އޭސީސީން ހާމަކޮށްފައިވާއިރު، ޓެސްޓު ނުހަދާ ލައިސަންސް ނެގުމާއި، އޮޅުވާލައިގެން ރަޖިސްޓްރީކުރާ މައްސަލައަކީ ޒަމާނުއްސުރެ ދައްކަމުންދާ ވާހަކަތަކަކެވެ. މިހާތަނަށް އެއްވެސް ސަރުކާރެއްގައި މި މައްސަލަތަކަށް ހައްލު ގެނައުމަށް އަމަލީ ސިފައެއްގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.

ރާއްޖޭގައި 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ 76،363 އުޅަނދުގެ ތެރެއިން 68،207 އުޅަނދަކީ ހަމައެކަނި ސައިކަލެވެ.

ޓްރާންސްޕޯޓުން ބުނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ވެހިކަލްތައް ޕާކް ކުރުމަށް މިހާރުވެސް ތިން ހެކްޓަރުގެ ޕާކިންގ ސްޕޭސް ބޭނުންވެއެވެ. ނަމަވެސް މިއަދާ ހިސާބަށް އައިއިރު ޕާކިންގ ސްޕޭސްގެ ގޮތުގައި އޮތީ 18 ޕާކިން ސްޕޭސް ކަމަށާއި، މިއީ ބޭނުންވާ އަދަދުގެ 15 އިންސައްތަ ކަމަށް އެއޮތޯރިޓީން ބުނެއެވެ.

ވެހިކަލްޓްރާންސްޕޯޓް މިނިސްޓްރީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
10 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
18 އޯގަސްޓު 2025

އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ

18 އޯގަސްޓު 2025
އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ
07 ޖުލައި 2025

ޖުލައި 13 ން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅނަދު ފިޔަވާ ހުރިހާ އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގަން ޖެހޭނެ: ޓްރާންސްޕޯޓް

07 ޖުލައި 2025
ޖުލައި 13 ން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅނަދު ފިޔަވާ ހުރިހާ އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގަން ޖެހޭނެ: ޓްރާންސްޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް