Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބަނގުރޫޓުވުން

އަލިޓާލިއާ ބަނގުރޫޓު ވެއްޖެ

އަލިޓާލިއާ އާއި ދިވެހި ސަރުކާރުންވަނީ ޔޫރަޕުން އިތުރު ޓޫރިސްޓުން ގެނައުމަށް ހުސްވި މަހު މަޝްވަރާ ކޮށްފައި

ރާއްޖެ އެމްވީ | 2 މެއި 2017 | އަންގާރަ 22:44
އަލިޓާލިއާ ކުންފުނީގެ މަތިންދާ ބޯޓެއް - ކުންފުންޏަށް ބޮޑެތި މާލީ ދަތިތައް ވަނީ ކުރިމަތިވެފައި

އަލިޓާލިއާ ކުންފުނީގެ މަތިންދާ ބޯޓެއް - ކުންފުންޏަށް ބޮޑެތި މާލީ ދަތިތައް ވަނީ ކުރިމަތިވެފައި

ފައިސާގެ މައްސަލަ ކުރިމަތިވެފައިވާ އިޓަލީގެ މަޝްހޫރު އެއާލައިން އަލިޓާލިއާ ބަނގުރޫޓުވެ ޚިދުމަތްތައް ހުއްޓާލުމަށް ފުރިހަމަ ކުރަންޖެހޭ ރަސްމީ މަސައްކަތްތައް ފަށަން ނިންމައިފި ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ހާމަ ކޮށްފިއެވެ.

އަލިޓާލިއާ ކުންފުނިން ބުނެފައިވަނީ ކުންފުނި ހުއްޓާލަންދެން އުދުހުންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ފާއިތުވި ދިހަ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލީ ދަތިތައް ފޫބެއްދުމަށް އިޓަލީ ސަރުކާރުން އަލިޓާލިއާ އަށް ހަތް ބިލިއަން ޔޫރޯގެ އެހީ ދީފައިވެއެވެ.

އިތުރު އެހީ ނުލިބިއްޖެނަމަ ބޯޓުތަކުގެ އުދުހުންތައް މުޅިން ހުއްޓުމަކަށް އަންނާނެ ކަމަށް ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކުންފުނީގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައީ، ކުންފުނީގެ ޚަރަދުތައް ކުޑަކޮށް، ހިންގުމަށް އިސްލާހު ގެނައުމަށް، ވަޒީފާތައް މަދުކޮށް މުސާރަ ކުޑަ ކުރުމަށް ހުސްވި ހަފްތާގައި ހުށަހެޅި ޕްލޭނަށް މުވައްޒަފުން އެއްބަސް ނުވެ ދެކޮޅު ހެދުމުންނެވެ.

އަލިޓާލިއާ އިން ބުނެފައިވަނީ ކުންފުނީ އިޓަލީގެ ޝެއަރހޯލްޑަރުންނާއި، އިއްތިހާދު އެއަރލައިން އިން ކުންފުނި ނަގާ ކޮޅަށް ޖެހުމަށް ދެ ބިލިއަން ޔޫރޯ ޕަމްޕް ކުރަން ތައްޔާރަށް ތިބި ނަމަވެސް، އިސްލާހީ ޕްލޭނަށް މުވައްޒަފުން ތާއީދު ނުކުރުމުން އެކަން ކާމިޔާބު ނުވީ ކަމަށެވެ.

ބެންކްރަޕްސީގެ ރަސްމީ މަސައްކަތްތައް ފުރިހަމަ ކުރުމުގެ މަރުހަލާގައި ކުންފުނި ހިންގުމަށް ލޯނެއްގެ ގޮތުގައި އިޓަލީ ސަރުކާރުން 400 މިލިއަން ޔޫރޯ ވަނީ އަލިޓާލިއާ އަށް ހަމަޖައްސައި ދީފައެވެ.

އިޓަލީގެ އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުސްވި ހަފްތާގައި ނެގި ވޯޓެއްގައި ގިނަ މީހުން ބުނެފައިވަނީ، އެކުންފުނި ބަނގުރޫޓު ވުމުން ސަލާމަތް ކުރަން އިތުރަށް މަސައްކަތް ކުރަން ނުފެންނަ ކަމަށެވެ.

ކުންފުނި ހުއްޓާލުމާ ގާތައް ގޮސްފައިވާއިރު، ޚަބަރުތައް ބުނާ ގޮތުގައި، އަންނަ އަހަރު އިންތިޚާބު ބޯމަތިވެފައިވަނިކޮށް، ކުންފުނީގެ މަސައްކަތް ކުރާ ބާރަހާސް ފަސްސަތޭކަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދާކަން ސިޔާސީ ވެރިން ބޭނުމެއް ނުވާނެއެވެ.

ހުސްވި އޭޕްރީލް މަހުގެ ފަހުކޮޅު، ޑުބާއީގައި އޮތް އަރަބިއަން ޓްރެވެލް މާކެޓްގައި ބައިވެރިވެ ދިވެހި ސަރުކާރުން ބައިވެރި ވަފުދުގެ ބޭފުޅުން އަލިޓާލިއާގެ މަންދޫބުންނާ ބައްދަލުކުރައްވާ އިޓަލީން ރާއްޖެއަށް އިތުރު ޓޫރިސްޓުން ގެނައުމާ ބެހޭ ގޮތުން އޮތީ މަޝްވަރާވެސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

10 އެޕްރީލު 2017
ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު