Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީން ވަޒީފާގެ ފުރުސަތު ހުޅުވާލުން

އެމްޓީސީސީން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

3 މާރިޗު 2021 | ބުދަ 18:45

އެމްޓީސީސީން ވަނީ 254 ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފައި

އަތޫފް އާތިފް
އަތޫފް އާތިފް | 3 މާރިޗު 2021 | ބުދަ 18:45
އެމްޓީސީސީ އިމާރާތް، އެކުންފުނީގެ އަމާޒަކީ ވީހާވެސް ގިނަ ދިވެހީންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުން

އެމްޓީސީސީ އިމާރާތް، އެކުންފުނީގެ އަމާޒަކީ ވީހާވެސް ގިނަ ދިވެހީންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީ އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް ވިދާޅުވީ އެކުންފުނިން ދިވެހިންނަށް އިތުރު ވަޒީފާތަކެއްގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނަ އަދަދަކަށް ޕްރޮޖެކްޓުތައް ހިންގަމުން އަންނަ އެއް ކުންފުނި ކަމަށާއި، ކުންފުނީގެ ވިސްނުމަކީ ދިވެހިންނަށް ވީހާވެސް ގިނަ ވަޒީފާގެ ފުރުސަތު ދިނުން ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ އެ ކުންފުނިން 254 ވަޒީފާ ހުޅުވާލައިފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ ޓެކްނިކަލް ވަޒީފާތައް ކަމަށެވެ. އޭގެ ތެރޭގައި ވެލްޑަރުން، ކާޕެންޓަރުން، މެކޭނިކްސް އަދި އިންޖިނިއަރުން ހިމެނޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ހުޅުވާލާފައިވާ ވަޒީފާތަކަކީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާތަކެއްކަމަށް ވިދާޅުވަމުން އާޒިމް ވިދާޅުވީ އެކުންފުނިން ހުޅުވާލާފައިވާ ވަޒީފާތަކަކީ 10،000 – 25،000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ވަޒީފާތަކެއް ކަމަށެވެ. އަދި އުންމީދަކީ ވީހާވެސް ގިނަ ދިވެހީން މި ފުރުސަތުގެ ބޭނުންހިފައި އެމްޓީސީސީގެ ޓީމާ ގުޅުން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މިދިޔަ ދެއަހަރު ދުވަސް ތެރޭގައި އެމްޓީސީސީން ވަނީ 312 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީފައި ކަމަށެވެ. އެހެންނަމަވެސް އެއީ އުންމީދުކުރާ އަދަދު ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ދިވެހީންނަށް ވަޒީފާގެ ފުރުސަތުތަކަށް ހުޅުވާލި ނަމަވެސް އެންމެ އެދެވޭ ތަރުހީބު ލިބެމުން ނުދާ ކަމަށާއި، އެހެންކަމުން އެ ވަޒީފާ ބޭރު މީހުންނަށް ދޭން ޖެހޭ ކަމަށެވެ.

އެމްޓީސީސީގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީނު ކުރުމަށް ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ވަޒީފާތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް 4 މާރޗުން ފެށިގެން 11 މާރޗުގެ ނިޔަލަށް ހުޅުމާލޭ ފެރީ ޓާމިނަލްގައި ވޯކިންގް އިންޓަރވިއުތަކެއް ކުރިޔަށް ދާނެއެވެ. އަދި މި ވޯކިންގ އިންޓަރވިއުތަކުން ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވަގުތުން ވަޒީފާ ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މިގޮތަށް ވަޒީފާ ދިނުމުގެ ބޭނުމަކީ ވީހާވެސް އަވަހަށް މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަޒީފާ ދިނުން ކަމަށާއި، އަދި މިވަޒީފާތަކުގެ ސަބަބުން އެކުންފުނިން ހިންގަމުން އަންނަ ޕްރޮޖެކްޓްތައް އަވަސްވެގެންދާނެ ކަމަށެވެ.  

އެމްޓީސީސީއާދަމް ޢާޒިމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް