Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިލަފުށީގައި ކުނީގެ މައްސަލަ ހައްލު ކުރުން

ތިލަފުށީގެ ގޮނޑުން ދުންއެރުން މިއަހަރުގެ ނިޔަލަށް ހުއްޓުވޭނެ ކަމަށް ގަބޫލު ކުރެވޭ- އެންވަޔަރަމަންޓް މިނިސްޓަރ

3 މާރިޗު 2021 | ބުދަ 07:09

މިނިސްޓަރ ވިދާޅުވީ މިކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތަކީ ނިސްބަތުން ބޮޑު ހަރަދު ވެސް ބޮޑު މަސައްކަތެއް ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 މާރިޗު 2021 | ބުދަ 07:09
އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން މަޖިލީހުގައި ވާހަކަ ދައްކަވަނީ

އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން މަޖިލީހުގައި ވާހަކަ ދައްކަވަނީ

ތިލަފުށީގެ ގޮނޑުން ދުންއެރުން މިއަހަރުގެ ނިޔަލަށް ހުއްޓުވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ތިލަފުށީގައި ކުނީގެ މައްސަލަ ބޮަޑުވެ، މެހި އާލާވެ، ދުންއެރުމުގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ތިލަފުށީގައި މެހި އާލާވެ ދުންއެރުމުގެ މައްސަލަ ހައްލު ނުވެގެން އުޅޭ އެންމެބޮޑު ސަބަބަކީ މިކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތަކީ ނިސްބަތުން ހަރަދު ވެސް ބޮޑު މަސައްކަތަކަށް ވުމާއެކު މި މައްސަލަ ހައްލުކުރުމަށް ކުރިންފެށިގެން ރާވައިގެން އިންވެސްޓްމަންޓުތަކެއް ނެތުން ކަމަށެވެ.

Advertisement - newsAdvertisement

އަދި ތިލަފުއްޓަކީ 1997 ވަނަ އަހަރުން ފެށިގެން ކުނި ގެންގޮސް ޖަމާކޮށް ހާމަޔަށް ކުނި އަންދަމުންދާ އެންމެ ބޮޑު ކުނިގޮނޑަށް ވީހިނދު މި ކުނިގޮނޑަކީ އޭގެ އަމިއްލަ ޒާތުގައި ވެސް ހުޅުރޯވެ، އަނދަމުން ދާ ތަނެއްކަމަށް ވުމުން މިކަމަށް ހާއްސަ މެޝިނަރީ ނެތި އޭގެ އެހީއާ ނުލައި އެތަނުގެ އަލިފާން މިހާރު ނިއްވާ ނުލެވޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެއީ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ މިތަނަކީ ބަޔޯޑިގްރޭޑަބަލް ކުނި ޖަމާކުރަމުން ދާ ތަނެއް ކަމަށެވެ. އެހެން ކަމުން މިފަދަ ތަކެތި ކުނިވެ ފަނާވެ އުފެދޭ ފުޅައިގެ ސަބަބުން މެހި އާލާވުމަށް މެދުވެރިވާ ކަމަށެވެ.

އަދި އަށަގަންނަ ބެކްޓީރިއާގެ ސަބަބުން މި ގޮނޑުގެ އެކި ދިމަދިމާލުގައި މީތޭން ގޭސް އުފެދުމާއި އޭގެ ސަބަބުން އަލިފާން ރޯވަމުން ދާކަން ވަނީ ފާހަގަކުރެވިފައި ކަމަށް މިނިސްޓާރ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި އެތަނަށް ސީދާ ފެންއަޅައިގެން އަލިފާން ނިއްވަން އުޅުމަކީ އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމެއްކަމަށް ކަމާބެހޭ މާހިރުން ވިދާޅުވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތިލަފުށީގެ ގޮނޑުގައި މެހި އާލާވުން ހުއްޓުވުމާއި ދުން އެރުން ހުއްޓުވުމަށް 2020 ވަނަ އަހަރު މިނިސްޓްރީން ޕްލޭންކޮށްފައި ވީނަމަވެސް އެކަން ނުކުރެވުނީ ކޮވިޑް-19ގެ ގްލޯބަލް ޕެންޑެމިކްގެ ސަބަބުން ގައުމުތައް ބަންދުކޮށް މިކަމަށް ކަނޑައެޅި މެޝިނަރީތައް ހަދާ ކާރުހާނާތައް ހުއްޓުމަކަށް އައުމާ ގުޅިގެން ބޭނުންވާ މެޝިނަރީތައް ނުލިބުމުން ކަމަށެވެ.

އަދި މެޝިނަރީ ގެނައުމަށް 2020 ވަނަ އަހަރު ބޭރުގެ އެކި ފަރާތްތަކާއެކު ކޮންޓްރެކްޓް ކުރެވުނު ކަމަށާއި ގިނަ މެޝިނަރީ މިހާރު ވަނީ ތިލަފުއްޓަށް ގެނެވިފައި ކަމަށް ވެސް މިނިސްޓަރ ހާމަކުރެއްވިއެވެ. މީގެ އިތުރުން ކަމަށް ބޭނުންވާ ހުރިހާ މެޝިނަރީތައް ގެނެސް ނިމޭނެ ކަމަށް ކޮންޓްރެކްޓަރުން ބުނެފައިވަނީ މިއަހަރުގެ މެއި މަހުގެ ނިޔަަލަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި މެޝިނަރީ ބޭނުންކުރުމަށް ތަމްރީނު ދިނުމަށް ބޭނުންވާ މީހުން ނުގެނެވުމުގެ ސަބަބުން މި މަސައްކަތް ޕްލޭން ކޮށްފައިވާ ވަރަށްވުރެ ލަސްވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތިލަފުށީގެ ފަޅުން 15 ހެކްޓަރުގެ ބިން ހިއްކާ ކުރިންސުރެ އޮތް ކުނިގޮނޑު ހިމެނޭ ސަރަހައްދާ އެކު ޖުމްލަ 25 ހެކްޓަރު ބިމުގައި ޒޯން 2 ގެ ކުނި މެނޭޖްކުރާ ސަރަހައްދީ ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

މިއަހަރުގެ ގައުމީ އިނާމަށް 66 ފަރާތުން، ހާއްސަ އިނާމަށް 54 ފަރާތަކުން ކުރިމަތިލައިފި

23 އޯގަސްޓު 2017
މިއަހަރުގެ ގައުމީ އިނާމަށް 66 ފަރާތުން، ހާއްސަ އިނާމަށް 54 ފަރާތަކުން ކުރިމަތިލައިފި
16 އޯގަސްޓު 2017

25 ބުރީގެ އިމަރާތުގެ ކޮންކްރިޓް މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ: އައިޖީއެމްއެޗް

16 އޯގަސްޓު 2017
25 ބުރީގެ އިމަރާތުގެ ކޮންކްރިޓް މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ: އައިޖީއެމްއެޗް
01 އޯގަސްޓު 2017

މިއަހަރުގެ އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު

01 އޯގަސްޓު 2017
މިއަހަރުގެ އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު
31 ޖުލައި 2017

މިއަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި 426 މައްސަލަ އޭސީސީގައި ރަޖިސްޓްރީ ކޮށްފި

31 ޖުލައި 2017
މިއަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި 426 މައްސަލަ އޭސީސީގައި ރަޖިސްޓްރީ ކޮށްފި
18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
24 އެޕްރީލު 2017

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް