Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ހަރަދު

ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ބަނދަރުގެ މަޝްރޫޢުތަކަށް

3 މާރިޗު 2021 | ބުދަ 03:18

މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8,441.5 މިލިއަން ރުފިޔާ ވަނީ އެޕްރޫވްކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 މާރިޗު 2021 | ބުދަ 03:18
ރަކީދޫ ބަނދަރުގެ މަޝްރޫއުގެ މަސައްކަތް

ރަކީދޫ ބަނދަރުގެ މަޝްރޫއުގެ މަސައްކަތް

ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން އަހަރުގެ މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ބަނދަރުގެ އެކި މަޝްރޫޢުތަކަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް' ދައްކާގޮތުން ފެބްރުއަރީ މަހުގެ 25 ގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަނދަރުގެ ތަފާތު މަޝްރޫއުތައް ކުރިއަށް ގެންދަން ސަރުކާރުން ވަނީ ޕީއެސްއައިޕީ ބަޖެޓުން 92 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އެއަރޕޯޓްތައް ތަރައްގީކުރުމަށް 14.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ބްރިޖްގެ އެކި މަޝްރޫޢުތަކަށް 22.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Advertisement - newsAdvertisement

ދަތުރުފަތުރުގެ އެކި މަޝްރޫޢުތަކަށް އަހަރުގެ މިހާތަނަށް 25 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ތައުލީމީ އެކި މަޝްރޫއުތަކަށް ސަރުކާރުން ވަނީ 33.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ ފެނާއި ނަރުދަމާގެ އެކި މަޝްރޫއުތަކަށް 54.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި ތިމާވެށީގެ އެކި މަޝްރޫއުތަކަށް 37.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 36.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ބިންހިއްކުމާއި މަގު ހެދުމުގެ އެކި މަޝްރޫއުތަކަށް 34.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެ އިތުރުން ނެޝަނަލް އޯޑަރ އާއި ޕަބްލިކް ސެކިއުރިޓީގެ އެކި މަޝްރޫއުތަކަށް 4.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ސިއްހީ އަދި އިޖްތިމާޢީ މަޝްރޫއުތަކަށް 5.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޮފީސް އިމާރާތްތަކަށާއި ކައުންސިލްތަކަށް ޕީއެސްއައިޕީ ބަޖެޓުން 1.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިސްކިތްތައް އިމާރާތްކުރުމަށް 1.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އެކި މަޝްރޫއުތަަކަށް 1.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ޕީއެސްއައިޕީގެ މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުން 8,441.5 މިލިއަން ރުފިޔާ ފާސްކޮށްފައިވާއިރު، މިހާތަނަށް 366.7 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް