Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލޮރެންޒޯ ރާއްޖެ އައުން

ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ލޮރެންޒޯ ރާއްޖެއަށް

1 މާރިޗު 2021 | ހޯމަ 08:07

އަދި ވަނީ 250ސީސީ ވޯލްޑް ޗެމްޕިއަންޝިޕް ދެ ފަހަރު ހޯދާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 1 މާރިޗު 2021 | ހޯމަ 08:07
ޖޯޖް ލޮރެންޒޯއާއެކު ފަތުރުވެރިކަމާ ބެހޭ ވަޒީރާއި ކުޅިވަރާއި ބެހޭ ވަޒީރު

ޖޯޖް ލޮރެންޒޯއާއެކު ފަތުރުވެރިކަމާ ބެހޭ ވަޒީރާއި ކުޅިވަރާއި ބެހޭ ވަޒީރު

މޮޓޯޖީޕީ ވޯލްޑް ޗެމްޕިއަންޝިޕް ތިން ފަހަރު ހޯދާފައިވާ މަޝްހޫރު މޮޓޯސައިކަލް ރޭސް ޖެހުންތެރިޔާ ޖޯޖް ލޮރެންޒޯ ރާއްޖެ އަތުވެއްޖެއެވެ.

ހޯމަ ދުވަހުގެ ހެނދުނު ލޮރެންޒޯ ރާއްޖެ އައިސްފައިވާއިރު، ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމާއި، ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައެވެ. އަދި ރާއްޖޭގެ ރޭސް ޖެހުންތެރިންވެސް ވަނީ ލޮރެންޒޯއަށް މަރުހަބާ ކިޔާފައެވެ.

މިއީ ލޮރެންޒޯ ރާއްޖެ އައި ދެވަނަ ފަހަރެވެ. ރާއްޖެ އައުމަށްފަހު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ލޮރެންޒޯ ބުނީ ދެވަނަ ފަހަރަށް ރާއްޖެ އާދެވުމުން އެކަމާ އުފަލުން ހުރި ކަމަށާއި، ރާއްޖެއަކީ ހިތްގައިމު ގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ ރޭސް ޖެހުންތެރިންނާ ބައްދަލުވުމުން އެކަމާ އުފާވާ ކަމަށްވެސް ލޮރެންޒޯ ބުންޏެވެ. މީގެ އިތުރުން ލޮރެންޒޯ ބުނީ ރޭސް ޖެހުންތެރިންނަށް އެންމެ މުހިންމު ކަމަކީ ފެންވަރު ރަނގަޅު ޓްރެކަކާއި ރަނގަޅު ވަސީލަތްތަކެއް ލިބުން ކަމަށެވެ.

އެއާޕޯޓުގައި ހުރެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ މިއީ ރާއްޖޭގެ ރޭސް ޖެހުންތެރިންނަށް ލިބުނު ކާމިޔާބީއެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރޭސް ޖެހުންތެރިން އެދޭ ބަދަލެއް ގުޅީފަޅު ތަރައްގީވުމުން ފެނިގެންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖެ ސްޕޯޓްސް ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓުކުރުން ކަމަށާއި، އެގޮތުން މުސްތަގުބޮލުގައި ރާއްޖޭގައި އެކިކަހަލަ މުބާރާތްތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ސްޕެއިނަށް އުފަން އުމުރުން 33 އަހަރުގެ ލޮރެންޒޯ ވަނީ މޮޓޯޖީޕީ ވޯލްޑް ޗެމްޕިއަންޝިޕް މީގެ ކުރިން ތިން އަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2010، 2012 އަދި 2015 ވަނަ އަހަރުއެވެ. އަދި އޭނާ ވަނީ 250ސީސީ ވޯލްޑް ޗެމްޕިއަންޝިޕް 2006 ވަނަ އަހަރާއި 2007 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. ރޭސް ޖެހުމުން އޭނާ ރިޓަޔާކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް