Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ

ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހުގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

މަލީހު ވަނީ ކުރާ ތުހުމަތުތަކަކީ އަސާސެއްނެތް ތުހުމަތުތަކެއްކަމަށް ވިދާޅުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މާރިޗު 2021 | ހޯމަ 08:52
މިނިސްޓަރ އޮފް ކޮމިޔުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ހޯމަ ދުވަހުގެ ޖަލްސާގައި

މިނިސްޓަރ އޮފް ކޮމިޔުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ހޯމަ ދުވަހުގެ ޖަލްސާގައި

މިނިސްޓަރ އޮފް ކޮމިޔުނިކޭޝަންސް, ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހުގެ ޖަމާލުގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަލީހުގެ އިތުބާރުނެތްކަމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ ވޯޓުންނެވެ. މަލީހަށް އިތުބާތުއޮތްކަމަށް ވޯޓު ދެއްވީ 1 މެމްބަރެކެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ 4 މެމްބަރުން ތިއްބެވިއެވެ.

Advertisement - newsAdvertisement

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނެވި މަލީހުގެ އިތުބާރުނެތްކަމަށް ނެގުނު ވޯޓުގައި އިތުބާރުނެތްކަމަށް ނުފެންނަކަމަށް ވޯޓު ދެއްވި މެމްބަރަކީ ތިމަރަފުށި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރ އަބްދުﷲ ރިޔާޒެވެ. ރިޔާޒަކީ ބަހުސް މަރުހަލާގައި ވެސް ޖޭޕީގެ މެމްބަރުންގެ ތެރެއިން ވާހަކަދެއްކެވި ހަމައެކަނި މެމްބަރެވެ. ރިޔާޒު ވަނީ މަލީހަށް އިތުބާރު އޮތްކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގެންނަވާ އެހެން މެމްބަރުންނަށް ބަލާލާއިރު ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރ އަލީ ހުސައިން ފްލޯރގައި އިންނެވިނަމަވެސް ވޯޓުގައި ބައިވެރިވެ ވަޑައިގަންނަވާފައެއްނުވެއެވެ. އިސްދޫ ދާއިރާގެ ޖޭޕީ މެމްބަރ އަލީ ހަމީދު ވޯޓު ދެއްވީ މަލީހުގެ އިތުބާރުނެތްކަމަށެވެ.

މީގެއިތުރުން މަޖިލީހުގެ ޖަލްސާތަކުގައި ސަލާމުގައި އަހަރެއްވަންދެން ހުންނެވި ޖޭޕީގެ ލީޑަރ އަދި ސަރުކާރު ކޯލިޝަންގެ ވެސް އެއް ބައިވެރިޔާ މާމިނގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމް ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާފައެއްނުވެއެވެ.

މަލީހަކީ މިސަރުކާރުގެ ވަޒީރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން އިތުބާރުނެތްކަމަށް ފާސްކުރި ފުރަތަމަ ވަޒީރެވެ.

މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ވެރިކަންކުރާ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ އެ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމްއެވެ. އެމައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. މީގެކުރިން މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 10 މެންބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް ނަސީމް ވަނީ ހުށަހަޅުއްވާފައެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިޔަށްގެންދާއިރު އެމައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް ނަސީމެވެ. މިމައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުސްތަގިއްލު މުއައްސަސާތަކާއި ޤާނޫނަކުން އުފައްދާ މުސްތަގިއްލު އެހެން މުއައްސަސާތައް ފިޔަވައި ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ގާއިމުކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާއި މަސްއޫލުވާނެ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކުމެ އެމެމްބަރަކާއި ހަވާލުކުރެވޭ ކޮންމެ އިދާރާއެއްގެ ނުވަތަ މުއައްސަސާއެއްގެ ހިންގުމަށް ޒިންމާއުފުލާ ޖަވާބުދާރީ ވާންވާނެކަމަށް ބަޔާންކޮށްފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ.

މީގެއިތުރުން 2015 ވަނަ އަހަރު ފާސްކޮށްފައިވާ ކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑވްސް ގެ ޤާނޫނުގައި ބުނެފައިވަނީ މިއޮތޯރިޓީ އާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންވަނީ މިނިސްޓަރު ކަމަށް މީކާއީލް ވިދާޅުވިއެވެ. ކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއެއް އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ ޓެލެކޮމިޔުނިކޭޝަން އޮތޯރިޓީ ރެގިޔުލޭޓްކޮށް ޓެލެކޮމިޔުނުކޭޝަންސްގެ ޚިދުމަތުގެ ކޮލިޓީ ރަނގަޅަށް ބަލަހައްޓާ އެއިންޑަސްޓްރީގައި ވާދަވެރިކަން ކަށަވަރުކޮށް އަދި ރައްޔިތުންނަށް އެދެވޭ ހިދުމަތަކީ އެރައްޔިތުން އެދޭ އަގާއި އެއްވަރުގެ ޚިދުމަތެއްތޯ ކަށަވަރުކުރުން ކަމަށް މީކާއިލް ވިދާޅުވިއެވެ. އެހެންނަމަވެސް ކޮމިޔުނިކޭޝަން އޮތޯރިޓީއަށްވެސް މިކަންކަން ކުރެވެން އޮންނަނީ މި ޤާނޫނުގެ ދަށުން ހަދަންޖެހޭ މުހިންމު ގަވާއިދުތައް ހަދައިގެންކަމަށް މީކާއިލް ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕަށް މިނިސްޓަރ މަލީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމާއި ހަމައަށްވެސް މި ޤާނޫނުގެ ދަށުން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ހަދާފައިނުވާކަމަށް މީކާއިލް ވިދާޅުވިއެވެ. އެގަވާއިދުތައް ހަދާފައިވަނީ އެމައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕަށް މައްސަލަ ހުށަހެޅި ފަހުންނެވެ.

އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަލީހު ވަނީ ތަކުރާރުކޮށް މިއީ އަސާސެއް ނެތް ކަމެއްކަމަށް ވިދާޅުވެފައެވެ. މައްސަލާގައި ބުނެފައިވާ ގަވާއިދުތައް ހަދާފައިވާކަމަށް މަލީހު ވިދާޅުވިއެވެ.

އަދި މިކަމަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބާރު ކަނޑުވާލުމަށް މަޖިލީހުގެ މަދު މެމްބަރުންތަކެއް ކުރާ ކަމެއްކަމަށް މަލީހު ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ތަކުރާރުކޮށް މިކަމުގައި މަޖިލީހުން އަމަލުކުރަމުންދަނީ ހުދުމުޚުތާރު ކޮށްކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު