Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތައް

ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 44,829 އެނދު އޮޕަރޭޓްކުރޭ

28 ފެބުރުއަރީ 2021 | އާދީއްތަ 19:26

ގެސްޓް ހައުސްތަކުގައި އޮޕަރޭޓްކުރަމުން ދަނީ 6,572 އެނދު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 28 ފެބުރުއަރީ 2021 | އާދީއްތަ 19:26
ހުޅުމާލެ ގެސްޓްހައުސް

ހުޅުމާލެ ގެސްޓްހައުސް

ރާއްޖެއަންނަ ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 44،000ށް ވުރެ ގިނަ އެނދު މިހާރު އޮޕަރޭޓްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ޑެއިލީ އަޕްޑޭޓްސް ދައްކާގޮތުން ފެބްރުއަރީ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 656 ޓޫރިސްޓު ފެސިލިޓީއެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 44,829 އެނދު ދަނީ މިހާރު އޮޕަރޭޓްކުރަމުންނެވެ.

އެގޮތުން މިހާތަނަށް 18 އަތޮޅެއްގައި 147 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 34,076 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 11 ހޮޓަލެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ހޮޓާ ތަކުގައި މިވަގުތު އޮޕަރޭޓްކުރަމުން ދަނީ 1,458 އެނދެވެ. އަދި 140 ސަފާރީއެއްގައި 2,723 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ 17 އަތޮޅެއްގެ 52 ރަށެއްގައި މިހާރު 358 ގެސްޓް ހައުސް ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ގެސްޓް ހައުސްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިވަގުތު އޮޕަރޭޓްކުރަމުންދަނީ 6,572 އެނދެވެ.

ފާއިތުވި އަހަރުގެ މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމުގެ ހުއްދަ ލިބިގެންދިޔައީ ހަމަ އެކަނި ރިސޯޓްތަކަށާއި ސަފާރީތަކަށެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ފުރުސަތު 2020ގެ އޮކްޓޫބަރ 15 ވަނަ ދުވަހު ދީފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާފައިވަނީ އެއަހަރުގެ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 184,436 ފަތުރުވެރިން އައިސްފައިވާއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ އެވްރެޖްކޮށް ނުވަ ދުވަހެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2020

ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 36،000 އަށް ވުރެ ގިނަ އެނދު ދަނީ އޮޕަރޭޓްކުރަމުން

05 ޑިސެމްބަރު 2020
ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 36،000 އަށް ވުރެ ގިނަ އެނދު ދަނީ އޮޕަރޭޓްކުރަމުން
11 ނޮވެމްބަރު 2020

ފަތުރުވެރިންނަށް ހާއްސަކޮށްގެން އެއަރޕޯޓުގައި ހެލްޕް ޑެސްކެއް ގާއިމްކޮށްފި

11 ނޮވެމްބަރު 2020
ފަތުރުވެރިންނަށް ހާއްސަކޮށްގެން އެއަރޕޯޓުގައި ހެލްޕް ޑެސްކެއް ގާއިމްކޮށްފި
09 އޮކްޓޯބަރު 2020

ބޯޑަރު ހުޅުވާލިފަހުން 24،000 ޓުއަރިސްޓް އެނދު އޮޕަރޭޓް ކުރަން ފަށައިފި

09 އޮކްޓޯބަރު 2020
ބޯޑަރު ހުޅުވާލިފަހުން 24،000 ޓުއަރިސްޓް އެނދު އޮޕަރޭޓް ކުރަން ފަށައިފި
27 ސެޕްޓެމްބަރު 2020

އުރީދޫއިން އެއަރޕޯޓުގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތް ދޭން ފަށައިފި

27 ސެޕްޓެމްބަރު 2020
އުރީދޫއިން އެއަރޕޯޓުގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތް ދޭން ފަށައިފި
01 އޯގަސްޓު 2020

އެޓްކެން ސްޕެންސްގެ ހުރިހާ ރިސޯޓަކުން ސެޕްޓެމްބަރ 1ން ފެށިގެން ފަތުރުވެރިންނަށް ޚިދުމަތް ދޭނެ

01 އޯގަސްޓު 2020
އެޓްކެން ސްޕެންސްގެ ހުރިހާ ރިސޯޓަކުން ސެޕްޓެމްބަރ 1ން ފެށިގެން ފަތުރުވެރިންނަށް ޚިދުމަތް ދޭނެ
09 ޖޫން 2020

ފަތުރުވެރިންނަށް އަލުން މަރުހަބާ ކިޔުމަށް ދައްކާލި ވީޑިއޯ 1.2 މިލިއަން މީހުން ބެލި

09 ޖޫން 2020
ފަތުރުވެރިންނަށް އަލުން މަރުހަބާ ކިޔުމަށް ދައްކާލި ވީޑިއޯ 1.2 މިލިއަން މީހުން ބެލި
29 ސެޕްޓެމްބަރު 2019

އައްޑޫސިޓީގައި 4000 އެނދު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

29 ސެޕްޓެމްބަރު 2019
އައްޑޫސިޓީގައި 4000 އެނދު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
24 ސެޕްޓެމްބަރު 2019

ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެއައި ފަތުރުވެރިންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް ހަދައިދޭނަން

24 ސެޕްޓެމްބަރު 2019
ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެއައި ފަތުރުވެރިންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް ހަދައިދޭނަން
02 ނޮވެމްބަރު 2018

ފަތުރުވެރިކަމުގެ ސިނާއަތުގެ އެނދުތައް އިތުރުވެއްޖެ

02 ނޮވެމްބަރު 2018
ފަތުރުވެރިކަމުގެ ސިނާއަތުގެ އެނދުތައް އިތުރުވެއްޖެ
23 ނޮވެމްބަރު 2017

ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި

23 ނޮވެމްބަރު 2017
ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް