Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތް މިނިސްޓަރ

މާލެ މިއޮތީ ލޮކްޑައުން ކުރަންޖެހޭ ހާލަތުގައި: ހެލްތް މިނިސްޓަރ

25 ފެބުރުއަރީ 2021 | ބުރާސްފަތި 09:38

މަސައްކަތް ކުރަމުން މިދަނީ ލޮކްޑައުންއަކަށް ނުގޮސްވޭތޯ ކަމަށް މިނިސްޓަރ ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 ފެބުރުއަރީ 2021 | ބުރާސްފަތި 09:38
ހެލްތް މިނިސްޓަރ އަހުމަދު ނަސީމް: ލޮކްޑައުންއަކަށް ނުގޮސްވޭތޯ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް: ލޮކްޑައުންއަކަށް ނުގޮސްވޭތޯ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުކަމުން، މާލެ އޮތީ ފުލް ލޮކްޑައުންއަކަށް ދާން ޖެހޭ ހާލަތުގައި ކަމަށާއި ނަމަވެސް ވީހާވެސް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ ލޮކްޑައުންއަކަށް ނުގޮސްވޭތޯ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާތީ، ކަމާ ބެހޭ ފަރާތްތަކާއެކު މަޖިލީހުގެ އިދާރާގައި ބުރާސްފަތި ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު ނަސީމު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި އޮންނަނީ ޓޫރިޒަމްއަށް ކަމަށާއި އަދި ބޭރު ފައިސާގެ 84 ޕަސެންޓަކީ ޓޫރިޒަމްގެ ދާއިރާއިން ވަންނަ އާމްދަނީ ކަމަށެވެ. އެހެންކަމުން ރާއްޖެ ލޮކްޑައުންކޮށް، އިޤްތިޞާދަށް އަސަރުކުރާ ކަމެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ނަސީމް ވިދާޅުވީ، ކޮވިޑްގެ ހާލަތު ގޯސްވެގެން އުޅެނީ މާލެ ސަރަހައްދުގައި އެކަނި ކަމަށެވެ. ރާއްޖޭގެ ރަށްތަކުގައި އަދި ރިސޯޓްތަކުގައި ވެސް ކޮވިޑްގެ ހާލަތު އެހާބޮޑަށް ގޯސްނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، މިބަލީ ނުރައްކާތެރިކަން ވެސް އާންމުންނަށް އަންގައި ދިނުމުގެ ގޮތުން އިތުރު ޕްރޮގްރާމްތަކެއް ހިންގަން ޖެހޭ ކަމަށާއި އަދި މަޖިލީހުން ވެސް އެކަމަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ކުރިޔަށް އޮތް ތަނުގައި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ޓީވީތައް މެދުވެރިކޮށް މިހާރަށްވުރެ ބޮޑަށް މައުލޫމާތު ފެތުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ނަސީމް ވަނީ ކޮވިޑްއިން ރައްކާތެރިވުމަށް އެކަށައަޅަފައިވާ ގައިޑް ލައިންތަކާ ގުޅޭގޮތުން، ނުވަތަ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާމެދު ބައެއް ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލުތަފާވެފައިވާތީއާ، އަދި ބައެއް ދީނީ އިލްމުވެރިން އެޗްޕީއޭއިން އަންގާ އެންގުންތަކަށް އަމަލުކުރުމަށް ދެކޮޅު ހަދަމުންދާތީ އެކަމާމެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންގޮސް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 100އަށްވުރެ ގިނަ މީހުން އެބައްޔަށް ޕޮޒިޓިވްވެއެވެ. އެހެންކަމުން ކުރިން އަޅާފައިވާ ފިޔަވަޅުތައް، ފަހުން ވަނީ ހަރުކަށިކޮށްފައެވެ.

އެޗްޕީއޭއިން ބުދަ ދުވަހު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ބުދަ ދުވަހުވެސް 124 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މިހާތަނަށް ރާއްޖޭގައި 19،162 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މި ފެބްރުއަރީ މަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖެހުން ކުރިއަށްދާއިރު، މިހާތަނަށް 90،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް