Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގައްދޫއިން މަރުވި ދެމަފިރިން

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ދެމަފިރިން އިނދެގެން 70 އަހަރަށްވުރެން ގިނަ ދުވަސްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2021 | ހޯމަ 10:53
މަރުވި ދެމަފިރިން: ކަނާތް ފަރާތުގައި އަލީ އިބްރާހީމް (ދަނޑުއަލިޔާ)، ވާތް ފަރާތުގައި ގުމްރިއްޔާ (ސަންފާދިޔެ)

މަރުވި ދެމަފިރިން: ކަނާތް ފަރާތުގައި އަލީ އިބްރާހީމް (ދަނޑުއަލިޔާ)، ވާތް ފަރާތުގައި ގުމްރިއްޔާ (ސަންފާދިޔެ)

"ސަންފާ ދިޔޭ، ސަންފާ ދިޔޭ އަހަރެން މި މަރުވަނީޔޭ، އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ" މިއީ ދާދިފަހުން ގދ. ގައްދޫ އިން މަރުވި އުމުރުން 101 އަހަރުގެ އަލީ އިބްރާހީމް (ދަނޑުއަލިޔާ) އޭނާގެ އަންހެނުން އުމުރުން 89 އަހަރުގެ ގުމްރިއްޔާ ނުވަތަ ސަންފާދިޔެ ކައިރީގައި މަރުވުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ބުނި ފަހު ބަހެވެ.

މި ދެމަފިރިން އިނދެގެން 70 އަހަރަށްވުރެން ގިނަ ދުވަސްވީއިރު އެ ކައިވެންޏަށް ޖުމްލަ 8 ދަރިން ވަނީ ލިބިފައެވެ. މި ދެމަފަރިންނަކީ ވެސް ދީނީ ކަންތައްތަކަށް ލޯބި ކުރާ އިސްލާމީ ރިވެތި އުސޫލްތައް ގެންގުޅޭ، އަދި ކުދިން ވެސް ރިވެތި އަހްލާޤެއްގެ މަތީގައި ބަލައި ބޮޑުކޮށްފައިވާ ދެމަފިރިންނެވެ.

ދަނޑުއަލިޔާ މި ދުނިޔެ ދޫކުރީ ހުކުރު ދުވަހުގެ ހެނދުނު ސްޓްރޯކެއް ޖެހި ބަލިއެނދުގައި އޮންނަތާ 13 އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. ދަނޑުއަލިޔާ މަރުވި ދުވަސްނޫން އަނެއް ދުވަހުގެ (ހޮނިހިރު ދުވަހު) ހަވީރު އޭނާގެ އަންހެނުން ސަންފާދިޔެ ވެސް ވަނީ ސްޓްރޯކެއްގެ ސަބަބުން 9 އަހަރު ބަލިއެނދުގައި އޮވެމެ މި ދުނިޔެ ދޫކޮށްފައެވެ. ސަންފާދިޔެއަށް ތިން ފަހަރު ސްޓްރޯކް ޖެހުމުގެ ސަބަބުން ހުރިހާ ގުނަވަންތަކެއް ވަނީ ފެއިލްވިއެވެ. އިހުސާސްތައް ބުނެ ނުދެވުނު ނަމަވެސް އެ ބަލިތަންމަތީގައި އޮވެ ކަޅި ހަރަކާތް ކުރަމުންދާ ކަމަށް މަންމަ އާއި ބައްޕަ ބަލަމުންދިޔަ އެންމެ ހަގު އަންހެން ދަރިފުޅު ވަސީމާ ބުންޏެވެ. ބައްޕަ މަރުވުމުގެ ކުރިން ދުލުން ބޭރު ކުރި ފަހު ބަހަކަށް ވެސް ގޮވާލީ މަންމަ "ސަންފާދިޔެ" އަށް ކަމަށް ވަސީމާ ބުންޏެވެ.

މަޖާ މިޖާޒެއް ހުންނަ ދަނޑުއަލިޔާއަކީ ރަށުގެ ރައްޔިތުންގެ އިހްތިރާމާއި ޤަދަރު ލިބިފައިވާ މީހެކެވެ. ދަނޑުވެރިކަން ކުރުމާއި މަސްވެރިކަން ކުރުމުގެ އިތުރުން ތަފާތު އެކި ކަންތައް ކުރުމަށް އޭނާ ވަނީ މުޅި ރަށަށް މަޝްހޫރުވެފައެވެ. އެގޮތުން ގދ. ތިނަދޫގައި ބޭއްވި މުބާރާތެއްގައި ތިނަދޫއިން ފަތާފައި ގައްދޫއަށް އައިސްގެން އޭނާއަށް ވަނީ މެޑަލެއް ވެސް ލިބިފައެވެ. އެ މުބާރާތުގައި ޖުމްލަ 7 ރަށަކުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އޭނާ ވަނީ 4 ފޫޓު 4 ފޫޓުގެ މޭޒެއް އަތް ބޭނުންނުކޮށް ދަތްޕިލައިން ވެސް އުފުއްލާފައެވެ.

މި ދެމަފިރިންނަކީ ވެސް ރަށުގެ ރައްޔިތުންނަށް އެހާމެ އޯގާތެރި ހިތްހެޔޮ ބަޔެކެވެ. ދަނޑުއަލިޔާ މިފަދަ ތަފާތު އެކި ހުނަރުތަކަށް މަޝްހޫރުވެފައިވާއިރު ސަންފާދިޔެ މަޝްހޫރުވެގެންދަނީ ކެއްކުމުގެ ކުޅަނދާނަ ހުނަރަށެވެ. ރަށުގައި ސަޤާފީކަމެއް ފާހަގަކުރިޔަސް ބޮޑު ހަރަކާތެއް ހިންގިޔަސް އެތަނެއްގައި ސަންފާދިޔެގެ ކެއްކުމުގެ ރަހަ ނުލިބި ނުހުންނާނެއެވެ. މީރުކޮށް ހެދިކާ ހަދާ، ކުކުޅު ރިހަ ވެސް މީރުކޮށް ކެއްކުމުގައި ސަންފާދިޔެ ވަނީ އާންމުންގެ ލޯބި ހޯދާފައެވެ. ގޭ ދޮރުމަތިން ހަވީރުގަޑީގައި މީހަކު ދާކަމަށްވާނަމަވެސް އެ މީހަކަށް ގޮވައިލާ ގެއިން ސައިތައްޓެއް މި ދެމަފިރިން ދިއްކޮށްނުލާ ފަހަރެއް މަދުވާނެއެވެ.

މި ދެމަފިރިން ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް އެކީގައި ކުރާއިރު ވަސީމާ ސިފަކޮށްފައިވަނީ މަންމައާއި ބައްޕަ އަކީ ނުލާހިކު ލޯބިން އުޅުނު ދެމީހުންގެ ގޮތުގައެވެ.  

ބަލިއެނދުމަތީގައި އޮންނަން ޖެހުމުގެ ކުރިން މަންމަ އާއި ބައްޕައެކުގައި ގަމަށް ދަނޑު ހައްދަންދާ ކަމަށާއި ދީނީކަންތައްތަކަށް ވެސް އެ ދެމަފިރިން ނުހަނު އިސްކަމެއް ދޭ ކަމަށް ވަސީމާ ބުންޏެވެ. ވަސީމާ ބުނީ ބައްޕަ މަހަށް ގޮސް އައިސް ދުވާލަކަސް، ނޫނީ ކިތަންމެ ދަންވަރަކަށް ވިޔަސް މަސްބާނައިގެން އައިސް މަސްކަނޑާނީ އަމިއްލައަށް ކަމަށެވެ. އަދި ދުވަހަކުވެސް މަންމަ ލައްވާ މަސްކަނޑާފައި ނުވާކަމަށެވެ. ބައްޕަ މަސްކަނޑާފައި ފެންވަރަން ދިއުމުން ބައްޕަ ނިމެންވާއިރު މަންމަ ހުންނާނީ ކައްކާފައި ކަމަށާއި، ދެން ކާނީ ވެސް ދެމީހުން އެކުގައި ކަމަށް ވަސީމާ ބުންޏެވެ.

ފަނާވަނިވި މިދުނިޔޭގައި މިދެމަފަރިން ހޭދަކޮށްފައިވާ މަދު ދުވަސްކޮޅުގައި މި ދުނިޔެއާ ވަކިވެގެން އެ ދިޔައީ އެންމެންގެ ހިތްތައް ރޮއްވާލާފައެވެ. އެ ދެމަފަރިންގެ އެތަކެއް ހަނދާންތަކެއް މި ދުނިޔެއަށް ދޫކޮށް، އެކުގައި ދިރިއުޅުން ވޭތުކުރިއިރު އިނދެގެން ލޯބިން އަރާރުން ނުވެ އެކުގައި އުޅެވިދާނެކަމުގެ ލާމަސީލު މިސާލުން ނަމާނޫ ދައްކަމުންނެވެ. ހިތާހިތުގެ ގުޅުމަކުން މިދެމަފިރިން ގުޅިފައިވާއިރު މަރުވެގެން އެ ދިޔައީވެސް މަދު ދުވަސްކޮޅެއްގެ ތަފާތަކުންނެވެ. އެކު އެކީގައި ކަހަލަ ގޮތަކަށެވެ. މަރުވުމަށްފަހު ވެސް އެކުއެކީގައި ދެމަފިރިންގެ މަހާނަ ޖެހި ޖެހިގެން ހުރިއިރު އަޅުގަނޑުގެ ދުޢާ އަކީ މާތްﷲ މި ދެމަފިރިންނަށް ރަހުމަތްލައްވައި، ފާފަފުއްސަވައި، ޖަންތުގައި ވެސް އެކުގައި ލެއްވުމެވެ.   

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

25 އެޕްރީލު 2018
ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

24 އެޕްރީލު 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

11 އެޕްރީލު 2018
ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

18 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު