Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރުން

ފުވައްމުލައް ސިޓީއިން އިތުރު ކްލަސްޓަރއެއް!

އައު ކްލަސްޓަރގެ ކޭސްއާ ގުޅުން ހުރި އިތުރު ހަ މީހަކު އާދިއްތަ ދުވަހު ޕޮޒިޓިވްވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 22 ފެބުރުއަރީ 2021 | ހޯމަ 04:03
ފުވައްމުލަކު ސިޓީގެ މަގެއް، ކޮވިޑް-19އާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ

ފުވައްމުލަކު ސިޓީގެ މަގެއް، ކޮވިޑް-19އާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ

ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާ ފުވައްމުލައް ސިޓީއިން އިތުރު ކްލަސްޓަރއެއް ފެނިއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފުވައްމުލައް ސިޓީއިން ކުރިން ޕޮޒިޓިވް ކޭސްތައް ފެނުނު ކްލަސްޓާއާ ގުޅުމެއް ނެތް އައު ކްލަސްޓާއެއް ފެނިފައިވާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކުރީގެ ކޭސްތަކާ ލިންކުނުވާ އިތުރު ކޭސްއެއް ފެނިފައިވާއިރު، އެކޭސްއާ ގުޅުން ހުރި އިތުރު ހަ މީހަކު އާދިއްތަ ދުވަހު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑު ފެތުރޭކަން އެނގުނީ މި މަހުގެ ހަތްވަނަ ދުވަހު އެރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމުންނެވެ. އެކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކޮށް ނެގި ސާމްޕަލްގެ ތެރެއިން އިތުރު 8 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ފުވައްމުލައް ސިޓީން ކޮވިޑްގެ ކޭސްތައް ފެންނަމުންދާތީ ރައްކާތެރިވުމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން މެނުވީ ބޭރަށް ނުކުމެ ނޫޅުމަށް އަންގާފައިވާއިރު، ހުރިހާ ކުޅިވަރު ޙަރަކާތްތަކާއި ކަސްރަތުގެ ޙަރަކާތްތައް ވަނީ ހުއްޓުވާފައެވެ. އަދި ފިހާރަތަކާއި ޓެކްސީތަކުން ޚިދުމަތްދޭއިރު، އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރަން ވެސް ވަނީ އަންގާފައެވެ.

ފުވައްމުލަކު ސިޓީގެ ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، ސުކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުން ވެސް ވަނީ މެދުކަނޑައިލާފައެވެ. ހަމައެއާއެކު، ހޮޓާ ކެފޭ ރެސްޓޯރަންޓުތަކުން ވެސް ޚިދުމަތް ދިނުން ހުއްޓުވާފައިވާއިރު، އިސްތިސްނާ ވަނީ ޑެލިވަރީގެ ޚިދުމަތްތަކެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު