Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައިރީގައި ހުރި ރަށްތައް ގުޅާލައި ތަރައްގީކުރުން

ބިން ހިއްކުމުގެ ބަދަލުގައި ކައިރީގައި ހުރި ރަށްރަށާއި ގުޅާލައި ތަރައްގީކުރުމުގެ ވިސްނުން ގެންގުޅުއްވަން - ރައީސް ޞާލިހް

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޯށްދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 21 ފެބުރުއަރީ 2021 | އާދީއްތަ 04:58
ރަށްވެހިފަތިސް ކެމްޕެއިން ޖަލްސާގައި ރައީސް، އިބްރާހިމް މުހައްމަދު ޞާލިހް

ރަށްވެހިފަތިސް ކެމްޕެއިން ޖަލްސާގައި ރައީސް، އިބްރާހިމް މުހައްމަދު ޞާލިހް

ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށާއި، ރަށްރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް ބިން ހިއްކުމުގެ ބަދަލުގައި ކައިރީގައި އޮންނަ ފަޅުރަށްތަކާއި ގުޅާލައި ރަށްތައް ތަރައްގީކުރުމުގެ ވިސްނުން ގެންގުޅުންވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ރަށްރަށުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށާއި މިކަންކަން ހާސިލްކުުރުމަށް ރަށްރަށުގެ ބިން ހިއްކުމުގެ ބަދަލުގައި ކައިރީގައި ހުންނަ ފަޅުރަށްތަކާއި ގުޅާލައި، ރަށްތައް ތަރައްގީކުރުމަކީ ދިގު މުސްތަގުބަލުގައި ގައުމަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރަށްވެހިފަތިސް ކެމްޕެއިން ޕްރޮގްރާމްގެ ދަށުން ހއ. އަތޮޅުގެ ކެންޑިޑޭޓުންނާއި އެކު ބޭއްވި ޖަލްސާގައި ހއ. ތުރާކުނު ކައިރީ އޮތް ރަށް ތަރައްގީކޮށް އެރަށާއި ގުޅުވައިލުމަށް އެދުމުން، އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ރައީސް ވަނީ ތުރާކުނު ކައިރީގައި އޮންނަ ރަށަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެރަށުގެ އިހްތިސާސުން ބޭރުގައި އޮތް ރަށެއް ނަމަ އެކަން ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވަނީ ހއ. އަތޮޅުގެ ރަށްތަކުގެ ބިން ހިއްކުމުގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ހއ. ރަށްރަށަށް ދިމާވެފައިވާ ނަރުދަމާގެ މަައްސަލަތަކާއި ރަށްރަށުގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހއ. އަތޮޅުގެ ތައުލީމީ ނިޒާމު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތަކާއި، ޒުވާނުންގެ މަރުކަޒުތަކާއި ފުޓުބޯޅަ ދަނޑުތަކާއި ސިއްހީ ނިޒާމް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި އަތޮޅުގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ރަށްރަށުގައި ބިން ދޫކުރުމަށްފަހު ލުއި ލޯނުގެ ގޮތުގައި 500 މިލިއަން ރުފިޔާ ދޫކުރުމުގެ މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށްރަށުގައި ދޫކުރެވިފައިވާ ފްލެޓްތަކަށް ފައިސާދެއްކުމަށް ލުއިދީފައިވާއިރު، އެއުސޫލުގެ ތެރެއަށް ހއ. ދިއްދޫ ނުވަދެ އޮތް ސަބަބު ބަލައި ދިއްދޫގެ ރައްޔިތުންނަށް ވެސް މިލުއި ދިނުމުގެ މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަތޮޅުގެ ރަށްރަށުގެ ބަނދަރު ތަރައްގީކުރުމުގެ އިތުުރުން ރަށްރަށަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަުގެ ޔަގީންކަން ވެސް ރައީސް ވަނީ އަރުވާފައެވެ.

ރައީސް ޞާލިހު ވަނީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވެފައެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 416 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަނުން 18 އެސްއެމްއީ އަށް 32 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ހިލޭ ޑިގްރީގެ ދަށުން ހއ. އަތޮޅުގެ 668 ދަރިވަރުން މިހާރު ކިޔަވަމުންދާއިރު، ކޮވިޑް-19 އާ ގުޅިގެން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް 885 ފަރާތަކަށް ދޫކޮށްފައިވާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު